Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެމިރޭޓްސް ކުލަބް

އުމުރުން 39 އަހަރުގައި އިނިއެސްޓާ އެމިރޭޓްސް ކުލަބަށް ސޮއި ކުރަނީ

އެމިރޭޓްސް ކުލަބާއެކު އިނިއެސްޓާ ސޮއި ކުރާނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 8 އޯގަސްޓު 2023 | އަންގާރަ 05:38
ސްޕެއިންގެ އަންދްރެސް އިނިއެސްޓާ

ސްޕެއިންގެ އަންދްރެސް އިނިއެސްޓާ

ސްޕެއިންގެ ތަޖުރިބާކާރު މިޑްފީލްޑަރު އަންދްރެސް އިނިއެސްޓާ ޔުނައިޓެޑު އަރަބް އެމިރޭޓްސްގެ ރަސް އަލް ޚައިމާ އަށް ނިސްބަތްވާ އެމިރޭޓްސް ކުލަބަށް ސޮއި ކުރަން ނިންމައިފި އެވެ.

އިނިއެސްޓާ އެންމެ ފަހުން ކުޅުނީ ޖަޕާނުގެ ވިސެލް ކޯބޭ އަށެވެ. އެ ކުލަބަށް އޭނާ ބަދަލުވީ 2018 ވަނަ އަހަރު އެވެ. އެންމެ ފުރަތަމަ އެ ކުލަބާއެކު އޭނާ ސޮއި ކުރީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އޭގެ ފަހުން 2021 ވަނަ އަހަރު އިނިއެސްޓާ ވަނީ އެ ކުލަބުގެ އެއްބަސްވުން އިތުރު ދެ އަހަރަށް އައު ކޮށްފަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު މިއަހަރަށް ހަމަވުމާއެކު އޭނާ ނިންމީ އެ ކުލަބު ދޫކޮށްލުމަށެވެ. އެ ކުލަބު ދޫކޮށްލުމަށްފަހު އުމުރުން 39 އަހަރުގެ ކުޅުންތެރިޔާ މިހާރު ވަނީ އެމިރޭޓްސް ކުލަބަށް ބަދަލުވާން ނިންމައިފަ އެވެ.

އެމިރޭޓްސް ކުލަބާއެކު އިނިއެސްޓާ ސޮއި ކުރާނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު 2024 ވަނަ އަހަރު ހަމަވުމުން، އިތުރު އެއް އަހަރަށް އެއްބަސްވުން އައު ކުރުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ. އެމިރޭޓްސް ކުލަބަށް އިނިއެސްޓާ ރަސްމީކޮށް ސޮއި ކުރާނީ އަންގާރަ ދުވަހުގެ ވަގުތެއްގަ އެވެ. އެކަމަށްޓަކައި އޭނާ ވަނީ ހޯމަ ދުވަހުގެ ރޭ ދުބާއީ އަށް ގޮސްފަ އެވެ.

ސްޕެއިންގެ ބާސެލޯނާ އިން ސީނިއާ ކެރިއަރު ފެށި އިނިއެސްޓާ ވަނީ އެ ކުލަބުގައި މޮޅު ކުޅުމެއް ވެސް ދައްކައި، ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. ބާސެލޯނާގައި ހޭދަ ކުރި ކާމިޔާބު 16 ސީޒަންގެ ތެރޭގައި އޭނާ ވަނީ އެ ކުލަބަށް 674 މެޗު ކުޅެދީ 57 ލަނޑު ޖަހައިފަ އެވެ. ބާސެލޯނާއާއެކު އިނިއެސްޓާ ވަނީ 30 ތައްޓެއް ކާމިޔާބުކޮށްފަ އެވެ. އިނިއެސްޓާ ވަނީ 13 އަހަރު ވަންދެން ސްޕެއިން ޤައުމީ ޓީމަށް ވެސް ކުޅެފަ އެވެ. ޤައުމީ ޓީމަށް ކުޅެދިން 131 މެޗުގައި އޭނާ ވަނީ 13 ލަނޑު ޖަހައިފަ އެވެ. މީގެ އިތުރުން ސްޕެެއިންނާ އެކު އޭނާ ވަނީ ތިން ތައްޓެއް ކާމިޔާބުކޮށްފަ އެވެ.

އަންދްރެސް އިނިއެސްޓާއެމިރޭޓްސް ކުލަބް

ކޮމެންޓް

އިތުރަށް ކިޔާލަން

އިނިއެސްޓާ އަކީ އެންމެ ޖާދުވީ އެއް ކުޅުންތެރިޔާ: މެސީ

އިނިއެސްޓާ އަކީ އެންމެ ޖާދުވީ އެއް ކުޅުންތެރިޔާ: މެސީ

09 އޮކްޓޯބަރު 2024
ފުޓުބޯޅަ އިން ރިޓަޔާވާން އިނިއެސްޓާ ނިންމައިފި

ފުޓުބޯޅަ އިން ރިޓަޔާވާން އިނިއެސްޓާ ނިންމައިފި

09 އޮކްޓޯބަރު 2024
ވިސެލް ކޯބޭ ދޫކޮށްލަން އިނިއެސްޓާ ނިންމައިފި

ވިސެލް ކޯބޭ ދޫކޮށްލަން އިނިއެސްޓާ ނިންމައިފި

25 މެއި 2023
ވިސެލް ކޯބޭގެ އެއްބަސްވުން އިނިއެސްޓާ އާކޮށްފި

ވިސެލް ކޯބޭގެ އެއްބަސްވުން އިނިއެސްޓާ އާކޮށްފި

11 މެއި 2021
ބާސެލޯނާއާއެކު ހަދާފައިވާ އެއްބަސްވުން އަލެއް ނުކުރަން: އިނިއެސްޓާ

ބާސެލޯނާއާއެކު ހަދާފައިވާ އެއްބަސްވުން އަލެއް ނުކުރަން: އިނިއެސްޓާ

07 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު