Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓީޗަރު ލައިސަންސް

ޓީޗަރު ލައިސަންސް، މުދައްރިސުންނަށް ދިނުމަކީ އެ އެމީހުންނަށް ލިބިގެންދާނެ ޝަރަފެއް: އެޑިއުކޭޝަން މިނިސްޓަރު

7 އޯގަސްޓު 2023 | ހޯމަ 13:11

މުދައްރިސުން ރަޖިސްޓްރީކޮށް، ލައިސަންސް ދިނުމުގެ ގަވާއިދު ވަނީ އާންމުކޮށްފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 7 އޯގަސްޓު 2023 | ހޯމަ 13:11
އެޑިއުކޭޝަން މިނިސްޓަރު، ޑރ. އާއިޝަތު އަލީ

އެޑިއުކޭޝަން މިނިސްޓަރު، ޑރ. އާއިޝަތު އަލީ

ޓީޗަރު ލައިސަންސް, މުދައްރިސުންނަށް ދިނުމަކީ އެމީހުންނަށް ލިބިގެންދާނެ ޝަރަފެއް ކަމަށް، އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ދިރާސީ އައު އަހަރު ފެށުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ވަނީ އާދިއްތަ ދުވަހު ޚިތާބެއް ދެއްވާފައެވެ. މިނިސްޓަރު ވަނީ ތައުލީމީ ގާނޫނުގައި ކަނޑައަޅާފައިވާ ޒިންމާތަކާ މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލުކަމާއި ހުނަރާއި މަސައްކަތުގެ އަޚުލާގު ލިބިފައިވާ ބައެއްކަން ކަށަވަރު ކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް ވިދާޅުވެފައެވެ.

Advertisement - newsAdvertisement

މުދައްރިސުންގެ ކަންތައްތައް، މުސާރަ ބޮޑުކުރުމަށްފަހު ނިންމާލުމަށް ސަރުކާރުން ނޭދޭކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، މަންހަޖު ރަނގަޅަށް ސްކޫލުތަކުގައި ތަންފީޒު ކުރެވޭނީ މުދައްރިސުންނަށް އުފާވެރި މަސައްކަތުގެ މާހައުލެއް ފޯރުކޮށްދެވިގެން ކަމަށެވެ. އެމަގަށް މިނިސްޓްރީން މަސައްކަތްކުރަމުން ދާކަމަށްވެސް ވިދާޅުވިއެވެ.

މުދައްރިސުން ރަޖިސްޓްރީކޮށް، ލައިސަންސް ދިނުމުގެ ގަވާއިދު އާންމުކޮށްފައިވާއިރު، މި ގަވާއިދަކީ ރާއްޖޭގައި ހިންގާ ސްކޫލްތަކާއި، އަދި ކިޔަވައިދޭ އެހެނިހެން ތަންތަނުގައި މަސައްކަތްކުރާ މުދައްރިސުން ރަޖިސްޓްރީކުރުމާއި، މުދައްރިސުންނަށް ލައިސަންސް ދިނުމާއި، އަދި އެއާގުޅޭ ކަންކަން ބަޔާންކުރުމަށްޓަކައި އޮގަސްޓު 2021ގައި އަމަލުކުރަން ފެށި ތައުލީމުގެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދެކެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާގޮތުގައި މި ގަވާއިދުގެ މަގުސަދަކީ، ރާއްޖޭގައި ކިޔަވައިދިނުމަށް އުޅޭ މުދައްރިސުންނަކީ ގާބިލު، އެކަށީގެންވާ ބައެއްކަން ކަށަވަރުކުރުމާއި، މުދައްރިސުންނަށް ލައިސަންސް ދިނުމަށް ކަނޑައަޅާފައިވާ އުސޫލުތަކަށް ފެތޭ ބައެއްކަން ކަށަވަރުކުރުމެވެ.

މިނިސްޓަރު ވަނީ، ކުރިން މުދައްރިސުންނާއި ލޯތްބާއި އިހްތިރާމާއި ގަދަރު ލިބިގެންވިީ ބައެއް ކަމަށާއި، ނަމަވެސް ފާއިތުވި އަހަރުތަކުގައި އެދުރުންގެ މުހިންމުކަމާމެދު ނޭނގި ނަމަވެސް އިހުމާލުވި ކަމަށް ވިދާޅުވެފައެވެ. އެކަމުގެ ސަބަބުން މުދައްރިސުންގެ މަގާމާއި ހައިބަތު ނެގެހުއްޓުމަށް މުޖުތަމައުގައި އިތުރު މަސައްކަތްތަކެއް ކުރަން ޖެހުނު ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. މުދައްރިސުންނަށް، އެމީހުންގެ ހައްގު މަގާމާއި ގަދަރު މުޖުތަމައުގައި ނުލިބޭހޭ ހިނދަކު، އިޖުތިމާއީ ފޭރާމުގައި ވީދި ކަފާސް ވެފައި ހުރި ބާގަނޑުތައް ބެއްދޭނެ ގޮތެއް ނޯންނާނެ ކަމަށް ރައީސް ސާލިހު ވިދާޅުވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެއާއެކު މުދައްރިސުންނަށް އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެފަދަ އުޖޫރައެއް ދެއްވުމަށް އެމަނިކުފާނު ނިންމެވި ކަމަށް ވިދާޅުވިއެވެ.

ހުރިހާ އެންމެން ވެސް މުދައްރިސުންނަށް ހައްގުވެގެންވާ އިހްތިރާމާ ލޯބި ދިނުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ.

ޓީޗަރުންގެ ލައިސަންސް މިނިސްޓްރީ އޮފް އެޑިއުކޭޝަން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

29 ސެޕްޓެމްބަރު 2025

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

29 ސެޕްޓެމްބަރު 2025
ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް
10 ޖުލައި 2025

ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

10 ޖުލައި 2025
ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ
30 ޖޫން 2025

ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

30 ޖޫން 2025
ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި
30 ޖޫން 2025

އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން

30 ޖޫން 2025
އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން
06 މެއި 2025

ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

06 މެއި 2025
ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
05 މެއި 2025

ފޭސް ދޭއްގައި ބިންގާ އެޅި ސްކޫލް ނޮވެމްބަރަށް ނިންމައި، އިތުރު ދެ ސްކޫލެއްގެ މަސައްކަތް މި އަހަރު ފަށަނީ

05 މެއި 2025
ފޭސް ދޭއްގައި ބިންގާ އެޅި ސްކޫލް ނޮވެމްބަރަށް ނިންމައި، އިތުރު ދެ ސްކޫލެއްގެ މަސައްކަތް މި އަހަރު ފަށަނީ
04 ޑިސެމްބަރު 2024

އެޑިއުކޭޝަން މިނިސްޓްރީ އަށް ނޭގި މައުލޫމާތު ނުދޭން ސްކޫލުތަކަށް އަންގައިފި

04 ޑިސެމްބަރު 2024
އެޑިއުކޭޝަން މިނިސްޓްރީ އަށް ނޭގި މައުލޫމާތު ނުދޭން ސްކޫލުތަކަށް އަންގައިފި
24 ނޮވެމްބަރު 2024

މިއަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާގައި ހިންގުމަށް ނިންމާފައިވާ އެއްވެސް މަޝްރޫއެއް ހިންގާފައިނުވޭ: ނައުޝާދު

24 ނޮވެމްބަރު 2024
މިއަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާގައި ހިންގުމަށް ނިންމާފައިވާ އެއްވެސް މަޝްރޫއެއް ހިންގާފައިނުވޭ: ނައުޝާދު
01 އޮކްޓޯބަރު 2024

250 ބައިވެރިންނާއެކު 7 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ފަށައިފި

01 އޮކްޓޯބަރު 2024
250 ބައިވެރިންނާއެކު 7 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ފަށައިފި
20 ސެޕްޓެމްބަރު 2024

މި ސަރުކާރުން މާދުރުނޫން މުސްތަގުބަލެއްގައި ދިރާސީ ކަލަންޑަރަށް އަނެއްކާ ވެސް ބަދަލުތައް ގެންނާނެ: އިހުސާން

20 ސެޕްޓެމްބަރު 2024
މި ސަރުކާރުން މާދުރުނޫން މުސްތަގުބަލެއްގައި ދިރާސީ ކަލަންޑަރަށް އަނެއްކާ ވެސް ބަދަލުތައް ގެންނާނެ: އިހުސާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް