Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މުއިއްޒުގެ ކެންޑިޑެސީ ބަލައިގަތުން

މުއިއްޒުގެ ކެންޑިޑެސީ އީސީން ބަލައިގެންފި

އީސީއަށް މުއިއްޒުގެ ކެންޑިޑެސީ ފޯމު ހުށަހަޅުއްވާފައިވަނީ ހޯމަ ދުވަހު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 7 އޯގަސްޓު 2023 | ހޯމަ 12:27
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކެންޑިޑެސީ ފޯމު ހުށަހަޅުއްވަނީ

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކެންޑިޑެސީ ފޯމު ހުށަހަޅުއްވަނީ

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން، ރިޔާސީ އިންތިޚާބަށް ކުރިމަތި ލެއްވި ޑރ. މުހައްމަދު މުއިއްޒުގެ ކެންޑިޑެސީ، އިލެކްޝަންސް ކޮމިޝަން (އީސީ)ން ބަލައިގަނެފިއެވެ.

އީސީއަށް މުއިއްޒުގެ ކެންޑިޑެސީ ފޯމު ހުށަހަޅުއްވާފައިވަނީ ހޯމަ ދުވަހުއެވެ. އެކަމާ ގުޅޭގޮތުން އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ, މުއިއްޒުގެ ފޯމުގައިވާ މައުލޫމާތާއި ތަކެތި، އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ބަލައި ޗެކްކުރިއިރު، ގާނޫނުގައިވާ ގޮތުގެ މަތީން، ޑރ. މުހައްމަދު މުއިއްޒު، ރިޔާސީ އިންތިޚާބަށް ޝަރުތު ހަމަވާ ބޭފުޅެއްކަމުގައި ބަލައި، ހުށަހެޅުއްވި ހުށަހެޅުއްވުން އިލެކްޝަންސް ކޮމިޝަނުން ގަބޫލުކޮށްފައި ވާކަމަށެވެ.

Advertisement - newsAdvertisement

މުއިއްޒުގެ ރަނިންމޭޓަކީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފެވެ.

ޕީއެންސީން ވަކި ކެންޑިޑޭޓެއް ނެރުމަށް އެ ޕާޓީގެ ސެނެޓުން މިމަހުގެ 3 ވީ މިދިޔަ ބުރާސްފަތި ދުވަހު ފާސްކުރީ، ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓުކަން ހަވާލުކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންތިޚާބުގައި ވާދަނުކުރެވޭ ހާލަތެއްގައި ބެކްއަޕް ކެންޑިޑޭޓެއް ނެރުމަށެވެ. އެއީ އެންމެފަހުގެ ޗޮއިސް ކަމަށް އޭރު ޕީޕީއެމުން ވަނީ ބުނެފައެވެ. އަދި ވަގުތު އޮވެއްޖެނަމަ ޕީޕީއެމުން ކެންޑިޑޭޓެއް ނެރޭނެކަމަށް އެ ޕާޓީގެ ލީޑަރޝިޕުން މައުލޫމާތު ދީފައިވެއެވެ.

ނަމަވެސް ޔާމީންގެ ކެންޑިޑޭސީ ބަލައިނުގަތުމަށް އިލެކްޝަން ކޮމިޝަން (އީސީ)ން ނިންމީ ރަނގަޅަށް ކަމަށް ސުޕްރީމްކޯޓުން ހުކުމް ކުރުމާއެކު، ޔާމީން ވަނީ އިންތިޚާބު ބޮއިކޮޓު ކުރުމަށް އެދި އިދިކޮޅު ލީޑަރުންނަށް ނޯޓު ދީފައެވެ. އެނޯޓާ ގުޅިގެން ޕީޕީއެމް/ޕީއެންސީ ސެނެޓު ބައްދަލުވުމެއް އާދިއްތަ ދުވަހުގެ މެންދުރުފަހު ވަނީ ބާއްވާފައެވެ. މި ބައްދަލުވުމުގައި ނިންމީ އިންތިޚާބު ބޮއިކޮޓު ނުކުރުމުގެ ލަފާ ޔާމީނަށް އެރުވުމަށެވެ. ނަމަވެސް އާދިއްތަ ދުވަހުގެ ރޭ ޔާމީންގެ އަނބިކަބަލުން މެދުވެރިކޮށް ޔާމީން ވަނީ ސެނެޓުގެ ނިންމުން ބަލައިނުގަންނާނެ ކަމަށް އަންގަވާފައެވެ. އެއާއެކު އާދިއްތަ ދުވަހުގެ ރޭވެސް އިސް ބޭފުޅުންގެ ބައްލުވުމުގެ ކުރިއަށް ދިޔައެވެ. އެބައްދަލުވުމަށްފަހު އިދިކޮޅު ބައެއް ބޭފުޅުން ވަނީ މުއިއްޒަށް ތައީދު ކުރުމަށްވެސް ނިންމާފައެވެ.

އޭގެފަހުން ހޯމަ ދުވަހު މުއިއްޒުގެ ކެންޑިޑެސީ ފޯމު އީސީއަށް ހުށަހަޅުއްވާފައިވާއިރު، ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް މީޑީއާތަކަށް ފޮނުއްވި މެސެޖްގައި ވިދާޅުވެފައިވަނީ ޕްރޮގެސިވް ކޮންގްރެސް ކޯލިޝަނަށް އަދި ދިވެހި ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތަކީ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސެނެޓާއި އާންމު މެމްބަރުންނާއި، ލައްކައަކަށްވުރެ ގިނަ ދިވެހި ރައްޔިތުންގެ އެދުމާ އެއްގޮތަށް ކޯލިޝަންގެ ފަރާތުން ކެންޑިޑޭޓަކު އިންތިޚާބުގައި ވާދަކުރެއްވުންކަމާއި، ސެނެޓްގެ ވިސްނުމާ އެއްގޮތަށް ޔާމީން، އެމަނިކުފާނުގެ ވިސްނުންފުޅު ބަދަލު ކުރައްވާފައި ވާކަމަށެވެ. އަދި ޕީއެންސީއިން ނެރޭ ރިޔާސީ ކެންޑިޑޭޓަށް ތާއީދުކުރެއްވުމަށް ނިންމަވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ޔާމީނުގެ އިސް ވަކީލު އަދި އެމަނިކުފާނުގެ ރަނިންމޭޓެއް ގޮތަށް ހަމަޖެއްސެވި، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ޕްރޮގެސިވް ކޮންގްރެސް ކޯލިޝަނަށް އަދި ދިވެހި ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތަކީ، ޕްރޮގްރެސިވް ކޮންގްރެސްގެ ސެނެޓާއި އާއްމު މެމްބަރުންނާއި، ލައްކައަކަށްވުރެ ގިނަ ދިވެހި ރައްޔިތުންގެ އެދުމާ އެއްގޮތަށް ކޯލިޝަންގެ ފަރާތުން ކެންޑިޑޭޓަކު އިންތިޚާބުގައި ވާދަކުރެއްވުން ކަމަށެވެ. 

އިލެކްޝަންސް ކޮމިޝަންޕީޕީއެމް-ޕީއެންސީރިޔާސީ އިންތިޚާބު 2023

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ވަޒީފާއެއް ލިބުމުގެ ޝަރުތު: ދެކޮޅަށް ބަސް ބުނަމުންދާ ތަރިއަކަށްވުން

ވަޒީފާއެއް ލިބުމުގެ ޝަރުތު: ދެކޮޅަށް ބަސް ބުނަމުންދާ ތަރިއަކަށްވުން

23 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު