Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދިރާސީ އައު އަހަރުގެ ކިޔެވުން

ދިރާސީ އައު އަހަރުގެ ކިޔެވުން ފަށައިފި

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށީ 84200 އެއްހާ ދަރިވަރުންނާއެކު

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 6 އޯގަސްޓު 2023 | އާދީއްތަ 03:59
ކަލާފާނު ސްކޫލް

ކަލާފާނު ސްކޫލް

ދިރާސީ އައު އަހަރުގެ ކިޔެވުން ފަށައިފިއެވެ.

މިއަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން 84200 އެއްހާ ދަރިވަރުންނާއެކު ފަށާފައިވާއިރު އެއީ ސަރުކާރު ސްކޫލްތަކުގައި ކިޔަވާ 73078 ދަރިވަރުންނާއި އަދި އަމިއްލަ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނާ އެކުގައެވެ. މީގެތެރެއިން 24000ށްވުރެ ގިނަ ދަރިވަރުން ކިޔަވަނީ މާލެ ސަރަޙައްދުގައެވެ.

Advertisement - newsAdvertisement

ދިރާސީ އައު އަހަރުގެ ކިޔެވުން ސަރުކާރުގެ 216 ސްކޫލެއްގައި ފަށާފައިވާއިރު މީގެތެރެއިން 156 ސްކޫލެއްގައި އެއްދަންފަޅިއަށް ކިޔަވައިދޭނެއެވެ. އަދި އޮގަސްޓް 5ގެ ނިޔަލަށް މާލެ ސަރަހައްދުގެ ސަރުކާރު ސްކޫލްތަކުގެ ގްރޭޑް 1ށް 2491 ދަރިވަރުން ވަނީ އެންރޯލް ކުރެވިފައެވެ.

މީގެއިތުރުން ސެޓްލައިޓް ސްކޫލްގެ ނިޒާމަށް 6 ސްކޫލެއްގައި ކިޔަވައިދޭއިރު އެއީ ވ، ތިނަދޫ ސްކޫލާއި ރަކީދޫ ސްކޫލާއި ފެހެންދޫ ސްކޫލާއި ފުޅަދޫ ސްކޫލުގެ އިތުރުން ކޮނޑޭ އަދި ދިއްދޫ ސްކޫލު ކަމަށް މިނިސްޓްރީން ބުނެއެވެ.

ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ސްކޫލްތަކަށް ފޮނުވުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި ދިރާސީ އަހަރަށް ސްކޫލްތަކަށް ބޭނުންވާ މުދައްރިސުން ވެސް ހަމަވެފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ. މި އަހަރު ސްކޫލްތަކުގައި ދިވެހި 6516 މުދައްރިސުންނާއި 1843 ބިދޭސީ މުވައްޒަފުން މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މާލެ ސަރަޙައްދުގައި އަލަށް ދެން ކިޔަވައިދޭން ފަށަނީ ދަރުމަވަންތަ ސްކޫލްގެ އައު ޢިމާރާތާއި ސީއެޗްއެސްސީގެ އައު އިމާރާތާއި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ސްކޫލްތަކުގައެވެ. މި 3 ސްކޫލްގައިވެސް ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ އެއްދަންފަޅިއަށެވެ. މި 3 ސްކޫލާއެކު މާލެ ސަރަޙައްދުގައި 4 ސްކޫލެއްގައި އެއް ދަންފަޅިއަށް ކިޔަވައިދޭނެއެވެ.

މިދިޔަ 5 އަހަރު ދުވަސްތެރޭގައި ރާއްޖޭގައި އެކި ކަންކޮޅުތަކުގައި ކްލާސްރޫމާއި ހޯލް އަދި އެހެނިހެން ވަސީލަތްތައް ހިމެނޭހެން ޖުމްލަ 63 މަޝްރޫއެއްގެ މަސައްކަތް ނިމި ބޭނުންކުރަން ފެށިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ. އެގޮތުން 265 ކްލާސްރޫމާއި 20 މަލްޓިޕަރޕަސް ހޯލާއި 72 އެހެނިހެން ވަސީލަތްތައް ހިމެނެއެވެ.

މިނިސްޓްރީން ބުނީ ރާއްޖޭގެ އެކި ސްކޫލުތަކުގައި މިހާރު ވެސް 800 ކްލާސްރޫމާއި 47 މަލްޓިޕަރޕަސް ހޯލް އަދި 192 އެހެނިހެން ވަސީލަތްތައް ހިމެނޭހެން ޖުމްލަ 109 މަޝްރޫއު ކުރިއަށްދާ ކަމަށެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

29 ސެޕްޓެމްބަރު 2025
ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

10 ޖުލައި 2025
ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

30 ޖޫން 2025
އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން

އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން

30 ޖޫން 2025
ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

06 މެއި 2025

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު