Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާސެނަލް

އާސެނަލް އަށް ކުޅޭ އެމެރިކާގެ ކީޕަރު މެޓް ޓާނާ ނޮޓިންހަމް ފޮރެސްޓަށް

ކުޅުންތެރިޔާ އާއެކު ފޮރެސްޓަށް އަނގަބަހުން އެއްބަސްވުމަކަށް އާދެވިފައިވާތީ، އާސެނަލުން ވެސް އޭނާ ދޫކޮށްލުން ގާތް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 އޯގަސްޓު 2023 | އާދީއްތަ 03:22
އާސެނަލަށް ކުޅެމުން އަންނަ އެމެރިކާގެ މެޓް ޓާނާ

އާސެނަލަށް ކުޅެމުން އަންނަ އެމެރިކާގެ މެޓް ޓާނާ

އާސެނަލަށް ކުޅެމުން އަންނަ އެމެރިކާގެ ގޯލް ކީޕަރު މެޓް ޓާނާ ހޯދުމުގެ ޝައުޤުވެރިކަން ނޮޓިންހަމް ފޮރެސްޓުން ފާޅުކޮށްފި އެވެ.

ނިއު އިންގްލެންޑު ރިވޮލިއުޝަން ދޫކޮށް ޓާނާ އާސެނަލަށް ބަދަލުވީ 2022 ވަނަ އަހަރުގެ ޖޫން މަހު އެވެ. އެފަހަރު އޭނާ އާސެނަލަށް ސޮއި ކުރީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު 2025 ވަނަ އަހަރު ހަމަވާއިރު، އާސެނަލުން ބޭނުންވާނަމަ އިތުރު އެއް އަހަރަށް އެއްބަސްވުން އައު ކުރުމުގެ ފުރުސަތު ވެސް އޮވެ އެވެ. އާސެނަލަށް ބަދަލުވި ފަހުން އޭނާ އެ ޓީމަށް ކުޅެފައި ވަނީ އެންމެ ހަތް މެޗެވެ. ޓާނާ ހޯދުމުގެ ޝައުޤުވެރިކަން ނޮޓިންހަމް ފޮރެސްޓުން ފާޅުކޮށްފައިވާއިރު، އާސެނަލުން ވަނީ ބްރެންޓްފޯޑަށް ކުޅެމުން އަންނަ ސްޕެއިންގެ ގޯލްކީޕަރު ޑޭވިޑް ރަޔާ ގެންނަން ނިންމާފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެހެންކަމުން އާސެނަލްގައި ކުޅުމުގެ ފުރުސަތު ޓާނާ އަށް މަދުން ލިބޭނެތީ، އޭނާ ބޭނުންވަނީ ފޮރެސްޓަށް ބަދަލުވާން ކަމަށް ވަނީ ބުނެފަ އެވެ.

ބޭރުގެ މީޑިއާތަކުގައި ބުނެފައިވާ ގޮތުން ފޮރެސްޓުން އަންނަނީ އެކަމުގެ މަޝްވަރާތައް އާސެނަލާ ކުރަމުންނެވެ. ކުޅުންތެރިޔާ އާއެކު ފޮރެސްޓަށް އަނގަބަހުން އެއްބަސްވުމަކަށް އާދެވިފައިވާތީ، އާސެނަލުން ވެސް އޭނާ ދޫކޮށްލުން ގާތް ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި ދެ ކުލަބުގެ މެދުގައި ކުރިއަށް ދާނީ ޓާނާ ދޫކޮށްލާނެ އަގެއް ކަނޑައެޅުމުގެ މަޝްވަރާތައް ކަމަށް ވެސް ވަނީ ބުނެފަ އެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ފޮރެސްޓުން ޓާނާ ހޯދަން ބޭނުންވަނީ ތިނެެއް ނުވަތަ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް އެކަން މުޅިން ފައިނަލް ވާނީ އާސެނަލާއެކު ކުރިއަށްދާ މަޝްވަރާތަކަށް ފަހު ކަމަށް މީޑިއާތަކުން ބުނެ އެވެ.

އުމުރުން 29 އަހަރުގެ ޓާނާ އަންނަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާ ޤައުމީ ޓީމުގައި ހިމެނިގެން ކުޅެމުންނެވެ. މިހާތަނަށް ޤައުމީ ޓީމަށް އޭނާ ވަނީ 32 މެޗު ކުޅެދީފަ އެވެ.

އާސެނަލްމެޓް ޓާނާނޮޓިންހަމް ފޮރެސްޓް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

04 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
05 ނޮވެމްބަރު 2025

އާސެނަލްގެ މޮޅުވުމުގެ ރެކޯޑު ކުރިއަށް

05 ނޮވެމްބަރު 2025
އާސެނަލްގެ މޮޅުވުމުގެ ރެކޯޑު ކުރިއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު