Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެންޗެސްޓަރ ސިޓީ

ސިލްވާ ދޫނުކުރާނެ ކަމަށް ސިޓީން އަންގައިފި

ސިޓީން އަންނަނީ ސިލްވާ އަށް އައު އެއްބަސްވުމެއް ހުށަހެޅުމަށް ތައްޔާރުވަމުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 6 އޯގަސްޓު 2023 | އާދީއްތަ 03:16
މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ބެނާޑޯ ސިލްވާ

މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ބެނާޑޯ ސިލްވާ

މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ އެޓޭކިން މިޑްފީލްޑަރު ބެނާޑޯ ސިލްވާ ދޫނުކުރާނެ ކަމަށް ސިޓީން ކުލަބުތަކަށް އަންގައިފި އެވެ.

ބޭރުގެ މީޑިއާތަކުގައި ބުނެފައިވާ ގޮތުން ސިލްވާ ހޯދުމުގެ ޝައުޤުވެރިކަން ގެންގުޅެނީ ސްޕެއިންގެ ބާސެލޯނާ އާއި ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އެވެ. މީގެ ތެރެއިން ސިލްވާ ހޯދުމަށް ބާސެލޯނާ އިން އަންނަނީ ގަދަ އަޅާ މަސައްކަތް ކުރަމުން ކަމަށް މީޑިއާތަކުން ބުނެ އެވެ. މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން ބާސެލޯނާ އިން އެ މަސައްކަތް ކުރަމުން އަންނައިރު، ސިލްވާ ގެނައުމަށް އެންމެ ބޭނުންވަނީ ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް އެވެ. ނަމަވެސް ސިލްވާ އަކީ ސިޓީ އާއެކު އެއްބަސްވުމެއް ހަދާފައިވާ ކުޅުންތެރިޔަކަށް ވުމުން އެކަމުގެ ވާހަކަ ދެއްކުމަށް ޒަވީ ދެކޮޅު ހަދަ އެވެ.

މީޑިއާތަކުން ބުނެފައިވާ ގޮތުގައި ސިލްވާ ދޫކޮށްލަން ސިޓީން ބޭނުމެއް ނުވެ އެވެ. އެހެންވެ އޭނާ ހޯދުމަށް ބާސެލޯނާ އަދި ޕީއެސްޖީން ކުރަމުން އަންނަ މަސައްކަތުގައި، އޭގެ ތެރެއިން އެއްވެސް ކުލަބަކާއެކު މަޝްވަރާ ކުރަން ބޭނުންނުވާ ކަމަށްް ސިޓީން ވަނީ އަންގައިފަ އެވެ. މީގެ އިތުރުން ސިޓީން އަންނަނީ ސިލްވާ އަށް އައު އެއްބަސްވުމެއް ހުށަހެޅުމަށް ތައްޔާރުވަމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ސިޓީން އޭނާ އަށް އެއްބަސްވުން ދޭނެ އެވެ. ސިލްވާ ބެހެއްޓުމަށް ސިޓީން ބޭނުންވި ނަމަވެސް، ކުޅުންތެރިޔާގެ ފަރާތުން މިހާތަނަށް އެކަމުގައި ވަކި ގޮތެއް ނިންމާފައި ނުވާ ކަަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. އެހެންކަމުން، އެކަމުގައި ވަކި ގޮތެއް ސާފު ވާނީ ސިލްވާގެ ނިންމުމެއް ހާމަވުމުންނެވެ.

މޮނާކޯ ދޫކޮށް 2017 ވަނަ އަހަރު ސިޓީ އަށް ބަދަލުވި ސިލްވާ މިހާރު އެކުލަބާއެކު ސޮއިކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ސިޓީ އަށް ބަދަލުވެ މިހާތަނަށް އެ ކުލަބުގައި ހޭދަ ކުރި ހަ ސީޒަންގައި އޭނާ ވަނީ 306 މެޗު ކުޅެދީ 55 ލަނޑު ޖަހައިފަ އެވެ. ސިޓީ އާއެކު ސިލްވާ ވަނީ 14 ތައްޓެއް ކާމިޔާބުކޮށްފަ އެވެ. އުމުރުން 28 އަހަރުގެ ކުޅުންތެރިޔާ އަންނަނީ 2015 ވަނަ އަހަރުން ފެށިގެން ޕޯޗުގަލް ޤައުމީ ޓީމަށް ވެސް ކުޅެމުންނެވެ. މިހާތަނަށް އޭނާ ވަނީ ޤައުމީ ޓީމަށް 82 މެޗު ކުޅެދީ 11 ލަނޑު ޖަހައިފަ އެވެ. ޤައުމީ ޓީމާއެކު އޭނާ ވަނީ ޔުއެފާ ނޭޝަންސް ލީގު ކާމިޔާބުކޮށްފަ އެވެ.

މެންޗެސްޓަރ ސިޓީބެނާޑޯ ސިލްވާބާސެލޯނާޕީއެސްޖީ

ކޮމެންޓް

އިތުރަށް ކިޔާލަން

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

20 މެއި
ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި
20251 އަހަރު ކުރިން
ރާއްޖެ

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!
20242 އަހަރު ކުރިން
ރިޕޯޓު

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން
20233 އަހަރު ކުރިން
ރާއްޖެ

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ
20197 އަހަރު ކުރިން
ރާއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!
20188 އަހަރު ކުރިން
ރިޕޯޓު

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު