Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރީ-ރަޖިސްޓްރީ ކުރުން

ރީ-ރަޖިސްޓްރޭޝަންގެ މުއްދަތު މިރޭ 10:00ށް އިތުރުކޮށްފި

ވޯޓުލާން ބޭނުންވާ ތަނަކަށް އަވަހަށް ރީ-ރަޖިސްޓްރީ ކުރުމަށް ވަނީ އިލްތިމާސްކުރައްވާފައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 5 އޯގަސްޓު 2023 | ހޮނިހިރު 13:58
އިލެކްޝަންސް ކޮމިޝަން

އިލެކްޝަންސް ކޮމިޝަން

އަންނަ މަހު ބާއްވަ ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތަކަށް ރީ ރަޖިސްޓްރީވުމުގެ ފުރުސަތު މިރޭ 10:00ށް އިތުރުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީގެ ނާއިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ މިއަދަކީ ރީ-ރަޖިސްޓަރީ ކުރުމުގެ އެންމެ ފަހު ދުވަސް ކަމަށާއި، މިރޭ 10 ޖަހަންދެން ރީ-ރަޖިސްޓަރީ ކުރުމުގެ މަސައްކަތް ހިނގަމުންދާނެ ކަމަށެވެ. އަދި ވޯޓުލުމުގެ ހައްގު ލިބިފައިވާ ކޮންމެ މީހަކުވެސް 1414 އަށް ގުޅައިގެން ނުވަތަ VR space ID ޖެހުމަށްފަހު 1414 އަށް މެސެޖުކޮށްގެން އެ މީހަކު މިހާރު ރަޖިސްޓަރީވެފައިވާ ތަން ޗެކުކުރުމަށް އޭނާ އެދިވަޑައިގެންނެވިއެވެ. ހަބީބު ވަނީ މިހާރު ރަޖިސްޓަރީ ވެފައިވަނީ، ވޯޓުލާ ދުވަހު ހުންނަ ރަށުގައި ނޫންކަމަށްވާނަމަ، ވޯޓުލާން ބޭނުންވާ ތަނަކަށް، އަވަހަށް ރީ-ރަޖިސްޓްރީ ކުރުމަށް އިލްތިމާސްކުރައްވާފައެވެ.

Advertisement - newsAdvertisement

އީސީން ބުނީ ރީ-ރަޖިސްޓްރީވުމުގެ ވަގުތު އިތުރުކުރީ ވީހާވެސް ގިނަ ބަޔަކަށް ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. ކުރިން އޮތީ ރީ ރަޖިސްޓްރީ ކުރުމަށް އީސީން ހުޅުވާލި މުއްދަތު ހޮނިހިރު ދުވަހުގެ ހަވީރު 4:00 އަށް ހަމަވާ ގޮތަށެވެ. ރިޔާސީ އިންތިޚާބަށް މިހާރު ރީ-ރަޖިސްޓްރީ ކުރެވޭނީ ފޯމު މެދުވެރިކޮށެވެ. އޮންލައިންކޮށް ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު 02 އޯގަސްޓްވީ ބުދަ ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ.

ރީ ރަޖިސްޓްރޭޝަންގެ ފުރުސަތު މިރޭ 10:00ގެ ނިޔަލަށް ހަމަވާއިރު މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރި އެހެން ރަށްތަކުގެ މީހުން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރަޖިސްޓްރީވެފައި އޮންނާނީ މާލޭގައެވެ. އެހެންކަމުން މި އިންތިޚާބުގައި ވެސް މާލެއަށް ވޯޓުލާ ފަރާތްތަކުން އަލުން ރަޖިސްޓްރީ ކުރާކަށް ނުޖެހޭނެއެވެ. ނަމަވެސް މާލެ ނޫން އެހެން ރަށަކަށް މިފަހަރު ވޯޓުލާނަމަ އެ ފަރާތްތަކުން ވެސް އަލުން ރަޖިސްޓްރީވާން ޖެހޭނެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ ނޫން އެހެން ރަށްތަކުގައި ރަޖިސްޓްރީވެފައިވާ މީހުން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރަޖިސްޓްރީވެފައި އޮންނާނީ އެ މީހެއްގެ ދާއިމީ އެޑްރެހުގައެވެ.

ރީ ރަޖިސްޓްރޭޝަން ފޯމުތައް މާލޭ ފިޔަވައި މީހުން ދިރިއުޅޭ އެހެން ރަށްތަކުން ބަލައިގަންނާނީ އެރަށެއްގެ ކައުންސިލް އިދާރާއަށް އަދި އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއަށެވެ. މާލޭގައިނަމަ، އިންތިޚާބާ ބެހޭ މަރުކަޒު ކަމަށްވާ ދަރުބާރުގެ އިން ފޯމުތައް ބަލައިގަންނާނެއެވެ. ރީ ރަޖިސްޓަރީވުމަށް އެދޭ ފޯމު އީސީގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެއެވެ.

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިން ރީ ރަޖިސްޓްރީ ކުރުމަށް ފޯމު ހުށަހަޅަން ޖެހޭނީ އެ ޤައުމުތަކުގައި ހުންނަ ދިވެހި އެމްބަސީ އާއި ހައިކޮމިޝަން އަދި ކޮންސުލޭޓް މެދުވެރިކޮށެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 282،672 މީހަކަށް ލިބޭއިރު މިހާތަނަށް ރީ- ރަޖިސްޓްރީ ކުރުމަށް އެދިފައިވަނީ 29،951 މީހެއް ކަމަށް އީސީން ވަނީ ބުނެފައެވެ.

ރީ-ރަޖިސްޓްރޭޝަންއިލެކްޝަންސް ކޮމިޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު