Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލެއަށް އުދައެރުން

އުދައަރަމުންދާތީ ބްރިޖުން ޒަރޫރީ ދަތުރުތައް މެނުވީ ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފި

5 އޯގަސްޓު 2023 | ހޮނިހިރު 13:38

ބްރިޖަށް ރާޅު އަރައި، 6 މީހުންނަށް އަނިޔާވި

އަމްނާ އިމާދު
އަމްނާ އިމާދު | 5 އޯގަސްޓު 2023 | ހޮނިހިރު 13:38
ސިނަމާލެ ބްރިޖަށް ރާޅު އަރާފައި

ސިނަމާލެ ބްރިޖަށް ރާޅު އަރާފައި

މާލޭގެ ބައެއް ސަރަހައްދުތަކަށް ވަރަށް ބޮޑަށް އުދައަރަމުންދާތީ ސިނަމާލެ ބްރިޖުން ޒަރޫރީ ދަތުރުތައް މެނުވީ ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ބުނީ މާލެ އެކި ސަރަހައްދުތަކަށް އުދަ އަރަމުން ދާތީ ސަމާލުވާން ޖެހޭ ކަމަށެވެ. ހާއްސަކޮށް، މާލެ އާއި ހުޅުމާލެ އާ ދެމެދު އުދައެރުން ހުއްޓެންދެން، ޒަރޫރީ ދަތުރުތައް މެނުވީ ނުކުރުމަށް އެދޭ ކަމަށް ފުލުހުން ބުނެއެވެ. އަދި ޒަރޫރީ ދަތުރުތައް ކުރުމަށްވެސް ހަތަރު ފުރޮޅުލީ އުޅަނދު ބޭނުން ކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement - newsAdvertisement

ފުލުހުން އާއްމުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގައި އެއްބާރުލުން ބޭނުންވާ ކަމަށާ އަދި ފުލުހުން ދެމުންދާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ޒަރޫރީ ދަތުރެއް މެނުވީ ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފައިވާއިރު، ހޮނިހިރު ދުވަހު ބްރިޖަށް އުދައިގެ ވަރުގަދަ ރާޅެއް އެރުމާއެކު، ދަތުރުކުރަމުން ދިޔަ ގިނަ އަދަދެއްގެ ސައިކަލުތަކުގައި ތިބި މީހުން ރާޅާއެކު ކަހާލައިގެން ބިންމައްޗަށް ވެއްޓެއެވެ. ސޯޝަލް މީޑިއާގައި މިވީޑިއޯ ދަނީ ދައުރުވަމުންނެވެ. މިހާދިސާގައި 6 މީހަކަށް އަނިޔާވެ، ސެނެހިޔާގައި ފަރުވާ ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި ވެލި ހުރުމުގެ ސަބަބުން ވެސް ސައިކަލު ކަހާލައި ބައެއް އެކްސިސެންޓްތައް ހިނގަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

މިހާދިސާއާ ގުޅިގެން ގިނަ އަދަދެއްގެ ފުލުހުން ދަނީ ބްރިޖު ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

ހުކުރު ދުވަހުން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކަށް ދަނީ އުދައަރަމުންނެވެ. ހޮނިހިރު ދުވަހު މާލެއަށް ވަނީ ވަރަށް ބޮޑަށް އުދައަރާފައެވެ.

އެގޮތުން މާލެއާއި ހުޅުމާލޭއަށް ދަތުރުކުރަން އޮންނަ ހައިވޭއަށް ވެސް ރާޅު ދަނީ އަރަމުންނެވެ. މާލޭގެ ރާޅުގަނޑު ސަރަހައްދާއި، އާޓިފިޝަލް ބީޗު، ކާނިވާ ސަރަހައްދާ ދިމާލުން ބޮޑުތަކުރުފާނު މަގަށް ވެސް ވަނީ ވަރަށް ބޮޑަށް ރާޅުއަރާފައެވެ. އެ މަގު އެއްކޮށް ފެންބޮޑުވެފައިވާއިރު، ގަލާވެލި ވަރަށް ބޮޑަށް މަގަށް ވަނީ އަރާފައެވެ. އަދި ހިނގާބިގާވެ އުޅުމަށާއި، ވެހިކަލް ދުއްވުމަށް ވެސް ދަތިތައް ކުރިމަތިވެފައިވާއިރު، މާލެސިޓީ ކައުންސިލުން ދަނީ މަގުތަކަށް އަރާފައިވާ ވެލިތައް ނެގުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްމެޓް އޮފީސްމޫސުންއުދައެރުން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި

13 ޑިސެމްބަރު 2025
މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
27 ނޮވެމްބަރު 2025

މުޅި ރާއްޖޭގެ މޫސުން ގޯސް، ބުދަ ދުވަހު އެންމެ ބޯކޮށް ވާރޭ ވެހުނީ މާލެ އަށް

27 ނޮވެމްބަރު 2025
މުޅި ރާއްޖޭގެ މޫސުން ގޯސް، ބުދަ ދުވަހު އެންމެ ބޯކޮށް ވާރޭ ވެހުނީ މާލެ އަށް
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
19 ނޮވެމްބަރު 2025

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި
14 ނޮވެމްބަރު 2025

ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ

14 ނޮވެމްބަރު 2025
ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ
13 ނޮވެމްބަރު 2025

މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި

13 ނޮވެމްބަރު 2025
މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި
11 ނޮވެމްބަރު 2025

ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި

11 ނޮވެމްބަރު 2025
ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް