Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއުދައެރުން

ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް އުދަ އަރާނެ، ސަމާލުވޭ

5 އޯގަސްޓު 2023 | ހޮނިހިރު 13:16

ބޮޑަށް އުދައިގެ އަސަރުކުރާނީ މެދުރާއްޖެތެރެއާއި، ދެކުނަށް

އަމްނާ އިމާދު
އަމްނާ އިމާދު | 5 އޯގަސްޓު 2023 | ހޮނިހިރު 13:16
ރާޅުގަނޑު ސަރަހައްދަށް ރާޅު އަރާފައި

ރާޅުގަނޑު ސަރަހައްދަށް ރާޅު އަރާފައި

ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް އުދަ އަރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

ޖޫން/ޖުލައި ވިއްސާރައަށް ފަހު، މޫސުން އަލިކޮށްލި ފަހުން މިމަހުގެ 4 ވީ ހުކުރު ދުވަހުން ފެށިގެން އެކިރަށްތަކަށް ދަނީ އުދައަރަމުންނެވެ. އެގޮތުން މާލެ ސަރަހައްދުގެ އެކި ހިސާބުތަކަށް ވަނީ ވަރަށް ބޮޑަށް އުދައާރާފައެވެ. މާލެ ކޮޅުން ބްރިޖަށް އަރާ ސަރަހައްދު، ބްރިޖްގެ ހުޅުލެ ލައިޓްކައިރިން ހައިވޭއަށް ވަރަށް ބޮޑަށް ރާޅު އަރާފައިވެއެވެ. އަދި ރާޅުގަނޑު ސަރަހައްދާއި، ކާނިވާ ސަރަހައްދާއި އާޓިިފިޝަލް ބީޗް ސަރަހައްދަށް ވެސް ވަރަށް ބޮޑަށް ރާޅުއަރާފައިވެއެވެ.

Advertisement - newsAdvertisement

މެޓު އޮފީހުގެ އެސިސްޓެންޓް މީޓިއޮރޮލޮޖިސްޓް ހުސެން ވަހީދު ރާއްޖެއެމްވީއަށް ވިދާޅުވީ ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ހުރިހާ ހިސާބަކަށް އުދައިގެ އަސަރުކުރާނެ ކަމަށާއި، ބޮޑަށް އުދައިގެ އަސަރުކުރާނީ މެދުރާއްޖެތެރެއާއި، ދެކުނަށް ކަމަށެވެ. މިއީ ވައިމަޑުވެ ކަނޑުގައި ބާނީ ބޮޑުވުމުގެ ސަބަބުން އަރަމުންދާ އުދައެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކަނޑުމަތީގެ ބާނީގެ އުސްމިން ހުރީ 2 މީޓަރާއި، 2.5 މީޓަރާ ދެމެދުގައި ކަމަށެވެ. އަދި ވަހީދު ވިދާޅުވީ މިއަދަކީ ކަނޑުމަޑު އަދި ވައިމަޑު ދުވަހެއް ކަމަށެވެ.

މީގެ އިތުރުން ވަހީދު ވިދާޅުވީ އުދައިގެ އަސަރު އެންމެ ބޮޑަށް ކުރާނީ މެންދުރުފަހުން 15:00ން 17:30 ކަމަށެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އުދައަރާނެ ކަމަށް ލަފާކޮށް ކ.އަތޮޅުން އައްޑޫ ސިޓީއަށް ވައިޓް އެލާޓް ނެރިފައެވެ. މިއެލާޓް ނެރިފައިވަނީ 15:30ން 18:30 ށެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް އުދައަރަމުންދާތީ ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

އުދައެރުން މޫސުމާބެހޭ ޤައުމީ އިދާރާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

21 ޖުލައި 2024

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައެރުން އެކަށީގެންވޭ، ސިނަމާލެ ބްރިޖުން ދަތުރުކުރާއިރު ސަމާލުވޭ

21 ޖުލައި 2024
ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައެރުން އެކަށީގެންވޭ، ސިނަމާލެ ބްރިޖުން ދަތުރުކުރާއިރު ސަމާލުވޭ
06 އޯގަސްޓު 2023

މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑީ ދިވެހިންނަށް

06 އޯގަސްޓު 2023
މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑީ ދިވެހިންނަށް
06 އޯގަސްޓު 2023

ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބްރިޖާއި ހައިވޭގައި، ޒަރުރީ ދަތުރުތައް މެނުވީ ނުކުރޭ: ފުލުހުން

06 އޯގަސްޓު 2023
ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބްރިޖާއި ހައިވޭގައި، ޒަރުރީ ދަތުރުތައް މެނުވީ ނުކުރޭ: ފުލުހުން
06 އޯގަސްޓު 2023

ރާޅުބާނީގެ އުސްމިން 6 ފޫޓާ 8 ފޫޓާ ދެމެދަށް އުފުލޭ: މޫސުމާ ބެހޭ ގައުމީ އިދާރާ

06 އޯގަސްޓު 2023
ރާޅުބާނީގެ އުސްމިން 6 ފޫޓާ 8 ފޫޓާ ދެމެދަށް އުފުލޭ: މޫސުމާ ބެހޭ ގައުމީ އިދާރާ
05 އޯގަސްޓު 2023

އުދައަރަމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި

05 އޯގަސްޓު 2023
އުދައަރަމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި
05 އޯގަސްޓު 2023

އުދައަރަމުންދާތީ ބްރިޖުން ޒަރޫރީ ދަތުރުތައް މެނުވީ ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފި

05 އޯގަސްޓު 2023
އުދައަރަމުންދާތީ ބްރިޖުން ޒަރޫރީ ދަތުރުތައް މެނުވީ ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފި
14 އޮކްޓޯބަރު 2022

އިއްޔެ ހަވީރު ނެރުނު ވައިޓް އެލާޓުގެ މުއްދަތު 4 ވަނަ ފަހަރަށް އިތުރުކޮށްފި

14 އޮކްޓޯބަރު 2022
އިއްޔެ ހަވީރު ނެރުނު ވައިޓް އެލާޓުގެ މުއްދަތު 4 ވަނަ ފަހަރަށް އިތުރުކޮށްފި
30 ސެޕްޓެމްބަރު 2022

ކުރިއަތް އޮތް ފަސް ދުވަހު ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެ: މޫސުމާއި ބެހޭ ޤައުމީ އިދާރާ

30 ސެޕްޓެމްބަރު 2022
ކުރިއަތް އޮތް ފަސް ދުވަހު ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެ: މޫސުމާއި ބެހޭ ޤައުމީ އިދާރާ
17 ޖުލައި 2022

މުޅި ރާއްޖެއަށް ވައިޓް އެލަރޓް ނެރެފި

17 ޖުލައި 2022
މުޅި ރާއްޖެއަށް ވައިޓް އެލަރޓް ނެރެފި
25 މެއި 2021

އައްޑޫއާއި ފުވައްމުލައް ސިޓީއަށް ނެރުނު އެލަރޓްގެ މުއްދަތު އިތުރުކޮށްފި

25 މެއި 2021
އައްޑޫއާއި ފުވައްމުލައް ސިޓީއަށް ނެރުނު އެލަރޓްގެ މުއްދަތު އިތުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް