Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއުދައެރުން

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައެރުން އެކަށީގެންވޭ، ސިނަމާލެ ބްރިޖުން ދަތުރުކުރާއިރު ސަމާލުވޭ

ގެދޮރުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 21 ޖުލައި 2024 | އާދީއްތަ 12:25
ހައިވޭ އަށް އުދަ އަރާފައި

ހައިވޭ އަށް އުދަ އަރާފައި

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައެރުން އެކަށީގެންވާތީ ސިނަމާލެ ބްރިޖާއި ހައިވޭގައި ދަތުރުކުރާ މީހުން ސާމަލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ބުނީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީގެ ރަށްރަށަށް އުދަ އެރުމުގެ ފުރުސަތު އޮތްކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާ ކަމަށެވެ. އަދި ސިނަމާލެ ބްރިޖާއި ހައިވޭގައި ދަތުރުކުރާ ފަރާތްތަކުން ސަމާލުވާންޖެހޭ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ރަށްރަށުގައި ވެސް ގޮނޑުދޮށާ ކައިރި ހިސާބުތަކުގައި ދިރިއުޅޭ ފަރާތްތަކުން މުދަލާއި ގެދޮރުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށެވެ.

އާދިއްތަ ދުވަހުގެ މެންދުރުފަހު ބްރިޖާއި އެއާޕޯޓަށްދާ ޓްރެފިކް ލައިޓް ސަރަހައްދު އަދި ހައިވޭއަށް ވަނީ ވަރަށް ބޮޑަށް އުދަ އަރާފައެވެ. އެސަރަހައްދުން ވެހިކަލްތައް ދުއްވުމަށް ދަތިވެ ވަރަށް ބޮޑަށް ޓްރެފިކް ވެގެންދިޔައެވެ.

މީގެ އިތުރުން ނެޝެނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރެޓީ (އެންޑީއެމްއޭ)އިން ބުނީ އުދައެރުމުން ލިބޭ ގެއްލުންތަކުން ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅަންޖެހޭ ކަމަށެވެ.

އެގޮތުން ގެއަށް ފެން ނުވަންނާނެހެން ރައްކާތެރި ފިޔަވަޅު އެޅުމާއި، މިގޮތުން ކުރިމަތީ ވެލިބަސްތާ ފަދަ ތަކެތި ޖެއްސުމާއި، ގޭތެރޭގައި ފެންބޮޑުވެއްޖެ ހިނދެއްގައި ގެއްލުންވާނެ މުދާ ފެން ނުޖެހޭ ފަދަ އުސްތަންތަނަށް ބަދަލުކުރުމާއި، އުސް ތަންތަނަށް ބަދަލު ނުކުރެވޭ ތަކެތި ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލުކުރުމާއި، ބަނދަރުގައި އަޅާފައިވާ އޮޑި ދޯނި ފަހަރުގެ ވައު ކަނޑައިގެން ނުދާނެ ފަދައަކުން އެއްސުމަށް އެދިފައިވެއެވެ.

ކުރިމަތިވެދާނޭ އާއްމު ސިއްހީ މައްސަލައަކުން ސަލާމަތްވުމަށް އުދައާއި އެކު ރަށުތެރެއަށް ފެތުރޭ ކުނިބުނި އަވަހަށް ސާފު ކުރުމަށް ސަމާލުވުމަށް ވެސް އެންޑީއެމްއޭއިން ވަނީ އެދިފައެވެ.

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައެރުން އެކަށީގެންވާ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފައިވާއިރު، ކުރިއަށް އޮތް 24 ގަޑީއިރު ބައެއް ރަށްތަކަށް ކެރީގެ އަސަރުކޮށް ގުގުރުން އެކަށީގެންވޭއެވެ. ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް އެ އިދާރާއިން ބުނެއެވެ.

ރާޅުގެ އުސްމިނުގައި 4 ނުވަތަ 2 ފޫޓު ހުންނާނެ އެވެ. އާދައިގެ ވަރަކަށް ކަނޑު މަޑުވި ނަމަވެސް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެއެވެ.

އުދައެރުން މޫސުން

އިތުރަށް ކިޔާލަން

27 ނޮވެމްބަރު 2025

މުޅި ރާއްޖޭގެ މޫސުން ގޯސް، ބުދަ ދުވަހު އެންމެ ބޯކޮށް ވާރޭ ވެހުނީ މާލެ އަށް

27 ނޮވެމްބަރު 2025
މުޅި ރާއްޖޭގެ މޫސުން ގޯސް، ބުދަ ދުވަހު އެންމެ ބޯކޮށް ވާރޭ ވެހުނީ މާލެ އަށް
23 އޮކްޓޯބަރު 2025

ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވަރަށް ވައިގަދަވާނެ، ރާޅުގެ އުސްމިން 8 ފޫޓަށް އުފުލޭނެ: މޫސުމާ ބެހޭ ގައުމީ އިދާރާ

23 އޮކްޓޯބަރު 2025
ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވަރަށް ވައިގަދަވާނެ، ރާޅުގެ އުސްމިން 8 ފޫޓަށް އުފުލޭނެ: މޫސުމާ ބެހޭ ގައުމީ އިދާރާ
17 އޮކްޓޯބަރު 2025

ހޯމަ ދުވަހާ ހަމައަށް މޫސުމް ވަރަށް ބޮޑަށް ގޯސްވާނެ، ސަމާލުވޭ

17 އޮކްޓޯބަރު 2025
ހޯމަ ދުވަހާ ހަމައަށް މޫސުމް ވަރަށް ބޮޑަށް ގޯސްވާނެ، ސަމާލުވޭ
15 އޮކްޓޯބަރު 2025

މުޅި ރާއްޖޭގެ މޫސުން ގޯސްވެ، ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފި

15 އޮކްޓޯބަރު 2025
މުޅި ރާއްޖޭގެ މޫސުން ގޯސްވެ، ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފި
20 އޯގަސްޓު 2025

ކުރިއަށް އޮތް 24 ގަޑިއިރު ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

20 އޯގަސްޓު 2025
ކުރިއަށް އޮތް 24 ގަޑިއިރު ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު