Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޕީޕީއެމް/ޕީއެންސީ ކޯލިޝަން

ފަހަތްޕުޅުން ބިންދާލަން އޮތް ރާޅަށް ނުބައްލަވައި މުއިއްޒު ކުރެއްވި އުންމީދު، ވާދަކުރެއްވުން ހުވަފެނީ ކަމަކަށް!

ސަރުކާރު ބަދަލު ކުރެއްވޭނެ ކެންޑިޑޭޓަކީ ވެސް މުއިއްޒު ކަމަށް ބުނިއިރު، ފަހަތުން ބިންދާލަން ތައްޔާރުވެފައި އޮތް ރާޅު ނުފެންނަ ކަހަލަ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 އޯގަސްޓު 2023 | ހޮނިހިރު 08:02
ޕީއެންސީގެ ރިޔާސީ ޓިކެޓު ކާމިޔާބުކުރެއްވި މުއިއްޒާއި ޓިކެޓަށް ވާދަކުރެއްވި އާދަމް ޝަރީފް

ޕީއެންސީގެ ރިޔާސީ ޓިކެޓު ކާމިޔާބުކުރެއްވި މުއިއްޒާއި ޓިކެޓަށް ވާދަކުރެއްވި އާދަމް ޝަރީފް

ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ބަންދުވުމަށް މިހާރު މި ވަނީ ވަގުތު ކުޑަތަންވެފައެވެ. މިވަގުތު، އެންމެންގެ ލޯތައް ހުއްޓިފައިވަނީ، އިދިކޮޅު މައި ޕާޓީ ކަމަށްވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އިން ނިންމާނެ ނިންމުމަކަށެވެ. އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުކަމަށް ބުނާ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ކެންޑިޑެންސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމުމާއެކު، ޕްލޭން ބީއެއްގެ ވާހަކަ ދެއްކިއެވެ. އީސީގެ ނިންމުން ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓު ކަމަށްވާ ސުޕްރީމް ކޯޓަށް ވެއްދުމަށްފަހު، ހަމަ އެ ނޭވާގައި ދެން އަވަސްވެގަތީ ބެކަޕް ކެންޑިޑޭޓަކު ދެއްކުމަށެވެ. ޕީޕީއެމްގެ ކޯލިޝަން ޕާޓީ ޕީއެންސީން ކެންޑިޑޭޓަކު ދެއްކުމަށް ސީދާ ރައީސް ޔާމީން އެންގެވިއެވެ. އެއާއެކު އެ ޕާޓީގެ ކުއްލި ސެނެޓު ބައްދަލުވެއް ބާއްވައި، އިންތިޚާބުގައި ވާދަކުރަން ނިންމިއެވެ. އެއާ ވިދިގެން "ފަޓާސް ބަރި"އެއް ހެން، ހަމަ އެ ދުވަހު ކެންޑިޑޭޓަކުވެސް ކަނޑައެޅިއެވެ. ދެވަނަ މީހެއް ނޫނެވެ. ރިޔާސީ ޓިކެޓު ބޭނުންފުޅުވާކަމަށް އެންމެންވެސް ބުނަމުންދިޔަ، މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ.

އެހާހިސާބުން އެންމެންވެސް ހީކޮށްގެން ތިބީ އެ ވިދާޅުވާ ބެކަޕް ކެންޑިޑޭޓަކީ މުއިއްޒު ކަމަށެވެ. ޚުދު ޕީޕީއެމް/ޕީއެންސީގެ ތެރޭގައިވެސް އެ އަޑު ގަދަވިއެވެ. މި ހާލަތުގައި މުއިއްޒު ކެންޑިޑޭޓަކަށް ވެވަޑައިގަތުން ރަނގަޅު ކަމަށް ވިދާޅުވަމުން ގެންދެވިއެވެ. ދެން ދެއްކެވީ މުއިއްޒުގެ މޮޅު ވާހަކައެވެ. ގާބިލްކަމުގެ ވާހަކައެވެ. މި ހާލަތުގައި ސަރުކާރު ބަދަލުކުރެއްވޭނެ ކެންޑިޑޭޓަކީވެސް މުއިއްޒުކަމަށް ވިދާޅުވިއިރު، ފަހަތްޕުޅުން ބިންދާލަން ތައްޔާރުވެފައި އޮތް ރާޅު ފެނިވަޑައިނުގަންނަވާ ކަހަލައެވެ. ޓިކެޓު ލިބިވަޑައިގަތުމާއެކު މުއިއްޒުގެ ވާހަކަފުޅުވެސް އާންމުވިއެވެ.

ޕީއެންސީގެ ޓިކެޓު ލިބިވަޑައިގަތުމާއެކު މުއިއްޒު ވިދާޅުވީ، ކުރިއަށް ވަޑައިގަންނަވާނީ ރައީސް ޔާމީންގެ އިރުޝާދުފުޅުގެ ދަށުން ކަމަށެވެ. ވެރިކަމުގައި އެންމެ އިސްކަމެއް ދެއްވާނީވެސް އެމަނިކުފާނު މިނިވަން ކުރެއްވުމަށް ކަމަށް ވިދާޅުވިއެވެ. އުންމީދުތައް މާ އުުހުގައި ގެންގުޅުއްވަނިކޮށް، އަސްލު ވާނުވާއެއް އެނގުނީ ސުޕްރީމް ކޯޓުގެ އަޑުއެހުން ފަށައިގެން ކުރިއަށް ދަނިކޮށެވެ. ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގަތީ، އެމަނިކުފާނަށް ވާދަނުކުރެއްވޭ ކަމަށް ނިންމައިފިނަމަ ޕީޕީއެމުން އެހެން ކެންޑިޑޭޓަކު ދެއްކުމަށް ފުރުސަތު ދެއްވުމަށެވެ. އެހެން ހުށަހެޅުއްވިއިރު، ކުރިން ވިދާޅުވި ބެކަަޕް ކެންޑިޑޭޓު އިންނެވީ ފަހަތުގައެވެ. ޝަރީއަތުގެ ތެރެއިން ފަނޑިޔާރު ސުވާލެއް އަމާޒު ކުރެއްވިއެވެ. އެއްސެވީ ޕީއެންސީން ކެންޑިޑޭޓަކުން އެބަހުންނެވި ނޫންތޯއެވެ. ޖަވާބުގައި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ، އެއީ ޕީއެންސީގެ ކެންޑިޓޭޓު ކަމަށެވެ. ދެން ވިދާޅުވީ "ޕީއެންސީއަކީ ޕީއެންސީއޭ، ޕީޕީއެމްއަކީ ޕީޕީއެމް" އޭއެވެ. އެހެންވިޔަސް، ޕީޕީއެމަށް ވާދަކުރުމުގެ ފުރުސަތު ދޭންޖެހޭ ވާހަކަ ކުރިއަށް ނެރުނުއިރު، މުއިއްޒު ހިތްޕުޅަށް އަރާނީ ކީކޭބާވައެވެ؟

ޝަރީއަތަށްފަހު ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ޔާމީންގެ އިސް ވަކީލު އަދި ރަނިންމޭޓު ޑރ. މުހައްމަދު ޖަމީލް އަހުމަދުވެސް ވިދާޅުވީ އެވާހަކައެވެ. ސުޕްރީމް ކޯޓުގެ ބޭރުގައި ހުންނަވައި، މީޑިއާތަކަށް ޝިޔާމް ވިދާޅުވީ ޕްލޭން ބީއަކީ މުއިއްޒު ނޫންކަމަށެވެ. ޕްލޭން ބީއަކީ ޕީޕީއެމްއިން އެހެން ކެންޑިޑޭޓަކު ދެއްކުންކަމަށާއި، މުއިއްޒަކީ ޕްލޭން ސީ ކަމަށްވެސް ވިދާޅުވީއެވެ. ބެކަޕް ކެންޑިޑޭޓުގެ ގޮތުގައި އިންތިޚާބުވެވަޑައިގަތް މުއިއްޒަށް ޖެހިވަޑައިގަންނަވާނީ ފަހަތަށް ޖެހިވަޑައިގަންނަވަން ބާވައެވެ؟ ޝިޔާމާ ވިދިގެން ޖަމީލްވެސް ވިދާޅުވީ ހަމަ އެވާހަކައެވެ. ޖަމީލް ވިދާޅުވާ ގޮތުގައި ޕީޕީއެމަކީ އެންމެ ބޮޑު ޕާޓީއެވެ. ސުޕްރީމް ކޯޓަށް ވައްދައިގެން އުޅެނީ ޕީޕީއެމް ކެންޑިޑޭޓުގެ މައްސަލައެވެ. ދެވަނަ ވިސްނުމެއް އަންނަން ޖެހުނު ކަމަށް ވަނީނަމަ، އެއީ ޕީޕީއެމުން ދައްކާނެ ކެންޑިޑޭޓަކަށް ވާނެކަމަށް ޖަމީލް ވިދާޅުވިއެވެ. އަވަސް އަރުވާލާފައި ނިންމަވާލައްވަމުން ވިދާޅުވީ "ޕީއެންސީއަކީ ވޯޒްޓް ކޭސް ސިނާރިއޯ" ކަމަށެވެ.

ކޮންމެ ގޮތެއް ވީނަމަވެސް، އިދިކޮޅުން މުއިއްޒަށް ބޮޑު އޮޅުވާލުމެއް އޮޅުވާލީއެވެ. ބެކަޕް ކެންޑިޑޭޓަކު ދައްކާނީ ޕީއެންސީން ކަމަށް ބުނުމާއެކު، އެ ޓިކެޓު ހޯއްދެވުމަށް މުއިއްޒު ޕީޕީއެމުންވެސް ވަކިވެވަޑައިގަތީއެވެ. ދެން އޮތް ހާލަތަކީ ސީދާ މުއިއްޒަށް ޓިކެޓު ނުދެއްވަން، ޕީޕީއެމްގެ އިސްވެރިން ނިންމެވި ނިންމެވުމެކެވެ. ޕީޕީއެމްގައި ހުންނަވަނިކޮށް، މުއިއްޒުލައްވައި ޕީއެންސީއަށް ސޮއިކުރުވީ އެ މަގުސަދުގައި ކަމަށް ބުނުމުގެ ފުރުސަތު ބޮޑެވެ. ޔާމީނަށް ވާދަނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފިނަމަ، ޕީޕީއެމުން ދައްކާނެ ކެންޑިޑޭޓަކަށް މިހާރު މުއިއްޒު ވެވަޑައިގަތުމުގެ ފުރުސަތު ކުޑައެވެ. އެހެންކަމުން، ރިޔާސީ ރޭހުގައި ވާދަކުރެއްވުމަށް މުއިއްޒަށް އޮތީ ހަނި ފުރުސަތެކެވެ. ހުވަފެނީ ފުރުސަތެކެވެ.

ޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަންޕީޕީއެމްޑރ. މުހައްމަދު މުއިއްޒުރިޔާސީ އިންތިޚާބު 2023

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ
10 ޑިސެމްބަރު 2025

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!
10 ޑިސެމްބަރު 2025

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް
07 ޑިސެމްބަރު 2025

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް
06 ޑިސެމްބަރު 2025

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު