Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހޯރަފުށީ އެއަރޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުން

ހޯރަފުށީ އެއަރޕޯޓަށް ރޭގަނޑު ދަތުރުތައް ފަށައިފި

ހުކުރު ދުވަހުގެ ރޭ ފުރަތަމަ ފްލައިޓު ޖައްސަނީ 8:35 ގައި

އަމްނާ އިމާދު
އަމްނާ އިމާދު | 4 އޯގަސްޓު 2023 | ހުކުރު 18:00
ހޯރަފުށީ އެއަރޕޯޓަށް ރޭގަނޑު ފްލައިޓް ޖެއްސުން

ހޯރަފުށީ އެއަރޕޯޓަށް ރޭގަނޑު ފްލައިޓް ޖެއްސުން

ހއ.ހޯރަފުށީ އެއަރޕޯޓަށް ރޭގަނޑު ދަތުރުތައް ފަށައިފިއެވެ.

ހުކުރު ދުވަހުގެ ރޭ ފުރަތަމަ ފްލައިޓު ޖައްސަނީ 8:35 ގައެވެ.

މިކަމާއި ގުޅިގެން ހޯރަފުށީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ހޯރަފުށީ އެއާޕޯޓުގެ ރޭގަނޑުގެ ދަތުރުތައް ރަސްމީކޮށް އިފްތިތާހްކޮށްދެއްވީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ އެވެ. މި ރަސްމިއްޔާތަށް ގިނަ އަދަދެއްގެ އާއްމު ރައްޔިތުން އެެއަރޕޯޓު ސަރަހައްދަށް ޖަމާވެފައިވެއެވެ.

މި ރަސްމިއްޔާތަށްފަހު ވަނީ ހަވާ ވެސް އަރުވާފައެވެ.

ރޭގަނޑު ދަތުރުތައް ފެށުމާއި ގުޅޭގޮތުން ކައުންސިލުން ބުނީ މިއީ ރަށަށް އަދި މި ސަރަހައްދަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. މިހާރު ވެސް ކޮންމެ ދުވަހަކު ތިން ފްލައިޓް ޖައްސާ ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ. މި އެއާޕޯޓާ އެކު މި ސަރަހައްދުގެ ޓޫރިޒަމް ކުރިއަރައި ވަޒީފާގެ ގިނަ ފުރުސަތުތަކެއް ފަހިވަމުންދާ ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ. އަދި ކައުންސިލުން ބުނީ ތަރައްގީގެ މަޝްރޫއުތަކަށް ދޮރު ހުޅުވިގެންދާއިރު، ދަތުރުފަތުރަށް ވަރަށް ބޮޑުލުއި ފަސޭހަކަމެއް ލިބިފައިވާ ކަމަށެވެ.

ހޯރަފުށީ އެއަރޕޯޓު ރަސްމީކޮށް ހުޅުއްވައިދެއްވީ 19 ނޮވެންބަރު 2020 ގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދުޞާލިހާއި، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެވެ.

އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާ ހުޅުވި މި އެއަރޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 އަކަމީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއް ވަނީ ތަރައްގީކޮށްފަ އެވެ. މީގެ އިތުރުން ޓާމިނަލް ކުރިމަތީގެ މަގުތައް ތަރައްގީ ކުރުމާއި 9473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި، 1718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސެއް ވަނީ ހަދައިފަ އެވެ.

ހޯރަފުށީ ފަޅުން ބިން ހިއްކައިގެން އެމްޓީސީސީން ތަރައްގީކުރި އެއާޕޯޓަށް 198 މިލިއަން ރުފިޔާ، ސަރުކާރުން ހޭދަކުރި އެވެ.

ހޯރަފުށީ އެއަރޕޯޓްހއ. ހޯރަފުށި

އިތުރަށް ކިޔާލަން

31 އޮކްޓޯބަރު 2025

ކުރީގެ ރައީސް ޞާލިހް ހއ. ހޯރަފުއްޓަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް މާލެ ވަޑައިގަންނަވައިފި

31 އޮކްޓޯބަރު 2025
ކުރީގެ ރައީސް ޞާލިހް ހއ. ހޯރަފުއްޓަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް މާލެ ވަޑައިގަންނަވައިފި
30 އޮކްޓޯބަރު 2025

ހޯރަފުށީ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފްވެރި ކޮށްދެއްވުމަށް، ރައީސް ޞާލިހް ހއ. ހޯރަފުއްޓަށް ފުރާވަޑައިގެންފި

30 އޮކްޓޯބަރު 2025
ހޯރަފުށީ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފްވެރި ކޮށްދެއްވުމަށް، ރައީސް ޞާލިހް ހއ. ހޯރަފުއްޓަށް ފުރާވަޑައިގެންފި
02 ސެޕްޓެމްބަރު 2025

5 އަހަރުގެ ކުޑަކުއްޖެއްގެ ފުރާނައަށް ނުރައްކާވީ ހޯރަފުށީ ސިއްހީ މަރުކަޒުގެ އިހުމާލުން، އާދޭސް ކުރީމަ ވެސް އާސަންދަ ވެސް ސީއެމްބިއުލާންސް ވެސް ހަމަނުޖެއްސި

02 ސެޕްޓެމްބަރު 2025
5 އަހަރުގެ ކުޑަކުއްޖެއްގެ ފުރާނައަށް ނުރައްކާވީ ހޯރަފުށީ ސިއްހީ މަރުކަޒުގެ އިހުމާލުން، އާދޭސް ކުރީމަ ވެސް އާސަންދަ ވެސް ސީއެމްބިއުލާންސް ވެސް ހަމަނުޖެއްސި
17 ފެބުރުއަރީ 2025

ހޯރަފުށި ދާއިރާގެ މެންބަރަށް މަޖިލީހުގައި މެންބަރުން ވާހަކަދައްކަވަމުން ދިޔަ މައުޟޫއު އޮޅިވަޑައިގެންފި

17 ފެބުރުއަރީ 2025
ހޯރަފުށި ދާއިރާގެ މެންބަރަށް މަޖިލީހުގައި މެންބަރުން ވާހަކަދައްކަވަމުން ދިޔަ މައުޟޫއު އޮޅިވަޑައިގެންފި
30 ޖެނުއަރީ 2025

ހޯރަފުށީ ރައްޔިތުންގެ އުންމީދުތަކުގައި އަމަލީ ސިފައެއްގައި ހަގީގީ ކުލަ މިއަހަރު ޖައްސައިދޭނަން: ރައީސް މުއިއްޒު

30 ޖެނުއަރީ 2025
ހޯރަފުށީ ރައްޔިތުންގެ އުންމީދުތަކުގައި އަމަލީ ސިފައެއްގައި ހަގީގީ ކުލަ މިއަހަރު ޖައްސައިދޭނަން: ރައީސް މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު