Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަންހެނުންގެ ވޯލްޑް ކަޕް

ވިމެންސް ވޯލްޑް ކަޕް: ޖަރުމަނު ކަޓުވާލާ، ދެވަނަ ބުރުގެ ފަހު ޖާގަތައް ކޮލަމްބިއާ އާއި މޮރޮކޯއަށް

ގުރޫޕުގެ އެއްވަނަ ކޮލަމްބިއާއަށް، ދެވަނަ މޮރޮކޯއަށް

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 4 އޯގަސްޓު 2023 | ހުކުރު 11:18
މޮރޮކޯ ކުޅުންތެރިން އުފާފާޅުކުރަނީ

މޮރޮކޯ ކުޅުންތެރިން އުފާފާޅުކުރަނީ

ދުނިޔޭގެ ޗެމްޕިއަންކަން ދެފަހަރު ހޯދާފައިވާ ޖަރުމަނު ކަޓުވާލުމަށްފަހު، އަންހެނުންގެ ވޯލްޑް ކަޕުގެ ދެވަނަ ބުރުގެ ފަހު ޖާގަތައް ކޮލަމްބިއާ އާއި މޮރޮކޯ ހޯދައިފިއެވެ.

ގުރޫޕު އެޗްގެ ފަހު މެޗުގައި ޖަރުމަނު ކުޅެން ނިކުތީ ދެކުނު ކޮރެއާ އާ ދެކޮޅަށެވެ. ދެކުނު ކޮރެއާ ވަނީ މުބާރާތުގައި ކުޅުނު ދެ މެޗުންވެސް ބަލިވެފައެވެ. މި ދެ ޓީމު ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެނެވެ. މެޗުގެ ހަވަނަ މިނެޓުގައި ކޮރެއާގެ ޗޯ ލަނޑެއް ޖަހާ ކުރިހޯދަދިނެވެ. ނަމަވެސް 42 ވަނަ މިނެތުގައި ޖަރުމަނުގެ ޕޮޕް ވަނީ ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މިއާއެކު ޖަރުމަނަށް ލިބުނީ ހަތަރު ޕޮއިންޓެވެ.

ފަހު މެޗުގައި ކޮލަމްބިއާ ނިކުތީ މޮރޮކޯ އާ ދެކޮޅަށެވެ. ކޮލަމްބިއާ ކުޅުނު ދެ މެޗުންވެސް މޮޅުވެފައިވާއިރު، މޮރޮކޯ ވަނީ އެއް މެޗުން މޮޅުވެފައެވެ. މި މެޗު އެއްވަރު ނުވަތަ، މޮރޮކޯ ބަލިވިނަމަ ޖަރުމަނަށް ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދެވޭނެއެވެ. ނަމަވެސް، ޖަރުމަނު ކައިރިން 6-0 ގެ ނަތީޖާއަކުން ބަލިވެފައިވާ މޮރޮކޯ އިން ވަނީ ގުރޫޕުގެ އެއްވަނައިގައިވާ ކޮލަމްބިއާގެ މައްޗަށް ކުރިހޯދާފައެވެ. މޮރޮކޯ އިން މެޗު ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފު ނިމެން ކައިރިވެފައިވަނިކޮށް ޖަހައިދިނީ އަނީސާ ލަހްމާރީއެވެ. މިއާއެކު ކޮލަމްބިއާ އާއި މޮރޮކޯއަށް ވަނީ ހަ ޕޮއިންޓު ލިބިފައެވެ. ފައިދާ ގޯލުން ކުރި ލިބެނީ ކޮލަމްބިއާ އަށެވެ.

ދެވަނަ ބުރުގައި ކޮލަމްބިއާ ނިކުންނާނީ ޖެމެއިކާ އާ ދެކޮޅަށެވެ. އަދި މޮރޮކޯ ނިކުންނާނީ ފްރާންސާ ދެކޮޅަށެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި

06 ފެބުރުއަރީ 2017
އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި
03 ފެބުރުއަރީ 2017

ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

03 ފެބުރުއަރީ 2017
ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން
31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
10 ޖެނުއަރީ 2017

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު