Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެލްސީ

ފްރާންސްގެ ޑިސާސީ ޗެލްސީއަށް

4 އޯގަސްޓު 2023 | ހުކުރު 11:02

އޭނާ ޗެލްސީއަށް ބަދަލުވީ ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 4 އޯގަސްޓު 2023 | ހުކުރު 11:02
އެކްސެލް ޑިސާސީ

އެކްސެލް ޑިސާސީ

ފްރާންސްގެ އިންޓަނޭޝަނަލް ޑިފެންޑަރު އެކްސެލް ޑިސާސީ ޗެލްސީއާއެކު ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މޮނާކޯ އިން ޗެލްސީއަށް އޭނާ ބަދަލުވީ 45 މިލިއަން ޔޫރޯ އަށެވެ. ޗެލްސީން 25 އަހަރުގެ ޑިސާސީ ގެނައީ ޑިފެންސަށް ދިމާވާ ދަތިތައް ފޫބެއްދުމަށެވެ. އެ ޓީމުގެ ފަހަތަށް ކުޅޭ ވެސްލީ ފޮފާނާގެ ކަކުލަށް ވަނީ ސީރިއަސް އަނިޔާއެއް ލިބިފައެވެ.

މިދިޔަ ސީޒަނުގައި ޑިސާސީ ވަނީ ލީގުގައި މޮނާކޯގެ ހުރިހާ މެޗެއް ކުޅެފައެވެ. އޭނާ ބުނީ ޗެލްސީއާ ގުޅުމަކީ ވަރަށް ފަޚުރުވެރިވާ ކަމެއް ކަމަށެވެ. އަދި އޭނާގެ އުންމީދަކީ ޗެލްސީއާއެކު މުބާރާތްތައް ކާމިޔާބު ކުރުން ކަމަށާ، އޭނާއަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެކަމަށެވެ.

މިދިޔަ އަހަރުގެ ވޯލްޑް ކަޕު ފައިނަލުގައި ޑިސާސީ ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އާޖެންޓީނާ އާއި ދެކޮޅަށް ކުޅެން ނިކުމެފައެވެ. މި މެޗު ހިމެނޭހެން އޭނާ ވަނީ ފްރާންސަށް ހަތަރު މެޗު ކުޅެދީފައެވެ. 2020 ވަނަ އަހަރު މޮނާކޯއާ ގުޅުމަށްފަހު އޭނާ ވަނީ އެ ޓީމަށް 129 މެޗު ކުޅެދީފައެވެ.

ޑިސާސީ އަކީ މި ހޫނު މޫސުމުގައި ޗެލްސީއަށް ސޮއިކުރި ހަވަނަ ކުޅުންތެރިޔާއެވެ. މީގެ ކުރިން އެ ޓީމުން ވަނީ ކްރިސްޓޯފާ އެންކުންކޫ، ނިކޮލަސް ޖެކްސަން، ލެސްލީ އުގޮޗުކްވޫ، އެންޖެލޯ ގެބްރިއެލް އަދި ޑިއޭގޯ މޮރޭރާ ސޮއިކޮށްފައެވެ. އައު ކޯޗު، މައުރީސިއޯ ޕޮޗެޓީނޯ ދަނީ ޓީމަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ. އެގޮތުން، އޭނާ ހަވާލުވުމަށްފަހު މިހާތަނަށް 12 ކުޅުންތެރިޔަކު ދުކޮށްލާފައިވެއެވެ.

ޗެލްސީން ޕޮޗެޓީނޯ ގެނައީ މިދިޔަ ސީޒަނުގެ ދަށް ނަތީޖާގެ ސަބަބުންނެވެ. މިދިޔަ ސީޒަން އެ ޓީމުން ނިންމާލަން ޖެހުނީ ތާވަލުގެ 12 ވަނައިގައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2017

ޗެމްޕިއަންސް ލީގު: ގްރޫޕް ސީގެ އެއްވަނަ ރޯމާ އަށް ދެވަނަ ޗެލްސީއަށް

06 ޑިސެމްބަރު 2017
ޗެމްޕިއަންސް ލީގު: ގްރޫޕް ސީގެ އެއްވަނަ ރޯމާ އަށް ދެވަނަ ޗެލްސީއަށް
18 އޮކްޓޯބަރު 2017

ފްރާންސްގެ ޕީއެސްޖީ އާގުޅެން އުޅޭ ކަމަށް ދެކެވޭ ވާހަކަ މޮރީނިއޯ ދޮގުކޮށްފި

18 އޮކްޓޯބަރު 2017
ފްރާންސްގެ ޕީއެސްޖީ އާގުޅެން އުޅޭ ކަމަށް ދެކެވޭ ވާހަކަ މޮރީނިއޯ ދޮގުކޮށްފި
02 އޯގަސްޓު 2017

ދިވެހި ޕްރިމިއާ ލީގު ހުޅުވާ މެޗަށް ފްރާންސްގެ ލެޖެންޑް ޑެސައިލީ ރާއްޖެ އަންނަނީ!

02 އޯގަސްޓު 2017
ދިވެހި ޕްރިމިއާ ލީގު ހުޅުވާ މެޗަށް ފްރާންސްގެ ލެޖެންޑް ޑެސައިލީ ރާއްޖެ އަންނަނީ!
21 ޖުލައި 2017

ރެއާލް ދޫކޮށްލުމަށްފަހު މޮރާޓާ ޗެލްސީއަށް ސޮއިކޮށްފި

21 ޖުލައި 2017
ރެއާލް ދޫކޮށްލުމަށްފަހު މޮރާޓާ ޗެލްސީއަށް ސޮއިކޮށްފި
16 ޖުލައި 2017

ޗެލްސީއަށް ބަދަލުވުމާ ގާތަށް ޑެނީލޯ ޖެހިލައިފި

16 ޖުލައި 2017
ޗެލްސީއަށް ބަދަލުވުމާ ގާތަށް ޑެނީލޯ ޖެހިލައިފި
17 އެޕްރީލު 2017

ޔުނައިޓެޑް އަތުން ބަލިވެ ޗެލްސީއަށް އިތުރު ހާސްކަމެއް

17 އެޕްރީލު 2017
ޔުނައިޓެޑް އަތުން ބަލިވެ ޗެލްސީއަށް އިތުރު ހާސްކަމެއް
29 މާރިޗު 2017

އިންޓަރނޭޝަނަލް ފްރެންޑްލީ: ފްރާންސްގެ މައްޗަށް ސްޕެއިން ކުރިހޯދުން

29 މާރިޗު 2017
އިންޓަރނޭޝަނަލް ފްރެންޑްލީ: ފްރާންސްގެ މައްޗަށް ސްޕެއިން ކުރިހޯދުން
19 މާރިޗު 2017

ޗެލްސީއަށް 13 ޕޮއިންޓުގެ ލީޑެއް، 11 މަހަށް ފަހު ރަށުން ބޭރުގައި ލެސްޓާއަށް މޮޅެއް

19 މާރިޗު 2017
ޗެލްސީއަށް 13 ޕޮއިންޓުގެ ލީޑެއް، 11 މަހަށް ފަހު ރަށުން ބޭރުގައި ލެސްޓާއަށް މޮޅެއް
07 މާރިޗު 2017

ޕްރިމިއާ ލީގު: ވެސްޓްހަމް ބަލިކޮށް ޗެލްސީއަށް 10 ޕޮއިންޓްގެ ލީޑެއް ނަގައިފި

07 މާރިޗު 2017
ޕްރިމިއާ ލީގު: ވެސްޓްހަމް ބަލިކޮށް ޗެލްސީއަށް 10 ޕޮއިންޓްގެ ލީޑެއް ނަގައިފި
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް