Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެމްޕިއަންސް ލީގު

ޗެމްޕިއަންސް ލީގު: ގްރޫޕް ސީގެ އެއްވަނަ ރޯމާ އަށް ދެވަނަ ޗެލްސީއަށް

6 ޑިސެމްބަރު 2017 | ބުދަ 12:12

ޗެލްސީ އަދި ރޯމާ އަށް ގްރޫޕް ޑީގައި ލިބުނީ 11 ޕޮއިންޓް

ލީވާން އަލީ
ލީވާން އަލީ | 6 ޑިސެމްބަރު 2017 | ބުދަ 12:12
މެޗަށް ފަހު ރޯމާ ކުޅުންތެރިން އުފާފާޅުކުރަނީ

މެޗަށް ފަހު ރޯމާ ކުޅުންތެރިން އުފާފާޅުކުރަނީ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ގްރޫޕް ސީގެ އެއްވަނަ ރޯމާ ހޯދިއިރު، ޗެލްސީ ދެވަނަ ހޯދައިފިއެވެ.

އަންގާރަ ދުވަހުގެ ރޭ ގްރޫޕް ސީގައި ކުޅުނު މެޗުން ޗެލްސީ އެއްވަރުވީ އެޓްލެޓިކޯ މެޑްރިޑާ ވާދަކޮށް 1-1 ގެ ނަތީޖާއަކުންނެވެ.

ޗެލްސީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ފުރަތަމަ ހާފްގައި ދެޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. އެހެންނަމަވެސް ފުރަތަމަ ހާފްގައި ޗެލްސީ އަށް ވަނީ ލަނޑު ޖެހުމަށް ގިނަ ހުސް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާ އިން ދެޓީމު އެއްވަރުވެގެންނެވެ.

އެހެން ނަމަވެސް ދެވަނަ ހާފް ފެށިގެން އެޓްލެޓިކޯ އިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު 56 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ނިގުއެޒްއެވެ. މި ލަނޑަށްފަހު ޗެލްސީން ވަނީ އެޓީމުގެ ކުޅުން އިތުރަށް ވަރުގަދަ ކޮށްފައެވެ. އެގޮތުން ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް އެޓީމަށް ވަނީ ލިބި ބޭކާރުވެފައެވެ.

ޗެލްސީން މެޗުގެ ނަތީޖާ ހަމަހަމަކުރީ 75 ވަނަ މިނެޓުގައެވެ. މި ލަނޑަކީ އެޓްލެޓިކޯގެ ސެވިކް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗުން ރޯމާ މޮޅުވީ ގަރަބަގްއާ ވާދަކޮށް 0-1 ގެ ނަތީޖާއަކުންނެވެ.

ރޯމާ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނީ އެޓީމުންނެވެ. އެގޮތުން އެޓީމުން ވަނީ ގަރަބަގްގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ.

ފުރަތަމަ ހާފްގައި ގަރަބަގްގެ ފަރާތުން މޮޅު ޑިފެންސެއް ފެނިގެންދިޔަ އިރު، އެޓީމަށް ލަނޑު ޖެހުމަށް ފުރުސަތުތަކެއް ހޯދިފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ރޯމާ އިން ވަނީ އެޓީމުގެ އެޓޭކްތައް އިތުރަށް ވަރުގަދަ ކޮށްފައެވެ. އެގޮތުން 53 ވަނަ މިނެޓުގައި ޕެރޯޓީ ކާމިޔާބުކުރި ލަނޑުން އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ.

މި ނަތީޖާއާ އެކު ރޯމާ ވަނީ ގްރޫޕްގައި ކުޅުނު ހަ މެޗުން 11 ޕޮއިންޓް ހަމަކޮށް، ގްރޫޕްގެ އެއްވަނަ ހޯދާފައެވެ. ގްރޫޕްގެ ދެވަނަ ލިބުނީ ރޯމާއާ އެއް އަދަދަކަށް ޕޮއިންޓް ހޯދި ޗެލްސީއަށެވެ. ޗެލްސީ އަށް ދެވަނަ ލިބުނީ އެގްރިގޭޓްގެ ތަފާތުންނެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16 އަށް ދަތުރުނުކޮށް، ޔޫރޮޕާ ލީގަށް ދިޔައީ އެޓްލެޓިކޯ މެޑްރިޑެވެ. އެޓީމަށް ލިބުނީ ހަތް ޕޮއިންޓެވެ. ގްރޫޕްގެ ފުލަށް ދިޔައީ ދެ ޕޮއިންޓާއެކު ގަރަބަގްއެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް