ހަފްތާ ބަންދުގައި އުތުރަށް މޫސުން ރަނގަޅު، ދެކުނަށް ކެރީގެ އަސަރުކުރާނެ
4 އޯގަސްޓު 2023 | ހުކުރު 02:04ހުކުރު ދުވަހުގެ މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ރަނގަޅުވާނެ

އާއިޝަތު ޝިއުރާ | 4 އޯގަސްޓު 2023 | ހުކުރު 02:04

މޫސުން
ހަފްތާ ބަންދުގައި އުތުރުގެ އަތޮޅުތަކަށް މޫސުން ރަނގަޅުވާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ ހުކުރު ދުވަހުގެ މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ރަނގަޅުވާނެކަމަށެވެ. ނަމަވެސް ހޮނިހިރު ދުވަހު މެދު ރާއްޖެތެރެއަށް ކެރީގެ އަސަރުކުރާނެކަމަށް މެޓް އޮފީހުން ބުނެއެވެ.
މީގެއިތުރުން ދެކުނުގެ އަތޮޅުތަކަށް ހަފްތާ ބަންދުގައި ކެރީގެ އަސަރުކުރާނެކަމަށް މެޓް އޮފީހުން ބުނެއެވެ.
މީގެއިތުރުން މެޓް އޮފީހުން ބުނީ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށެވެ.





