Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޔާމީނުގެ ކެނޑިޑެސީ މައްސަލަ

ޔާމީންގެ ކެނޑިޑެސީ މައްސަލައަށް އޭޖީ އޮފީހާއި ޕީޕީއެމްއިން ތަދައްޚުލުވެއްޖެ

ޕީޕީއެމްއިން ތަދައްހުލް ވީ އެ ޕާޓީން އަމިއްލައަށް އެދިގެން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 އޯގަސްޓު 2023 | ބުރާސްފަތި 09:51
ސުޕްރީމް ކޯޓް

ސުޕްރީމް ކޯޓް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެނޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު، އެ މައްސަލައަށް ބަންޑާރަނައިބުގެ އޮފީހާއި ޕީޕީއެމްއިން ތަދައްޚުލުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގައި ބައިވެރިވުމަށް ޔާމީނުގެ ފަރާތުން ހުށައެޅުއްވި ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތުމާއި ގުޅިގެން ސުޕްރީމްކޯޓަށް ހުށަހެޅި (ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވ. އިލެކްޝަންސް ކޮމިޝަން) ޤަޟިއްޔާއާ ގުޅިގެން، 04 އޮގަސްޓް 2023 ވާ ހުކުރު ދުވަހުގެ 14:30 ގައި ސުޕްރީމް ކޯޓުގައި އަޑުއެހުން ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.

Advertisement - newsAdvertisement

އަދި އެ މައްސަލައަށް ބަންޑާރަނައިބުގެ އޮފީހާއި، ޕީޕީއެމްއިންވެސް ތަދައްޚުލުވެފައިވާކަން ސުޕްރީމް ކޯޓުގެ އޮފިޝަލަކު ވަނީ ރާއްޖެއެމްވީއަށް ކަށަވަރުކޮށްދެއްވާފައެވެ.

އެކަމާ ގުޅޭގޮތުން ބަންޑާރަނައިބުގެ އޮފީހުން ބުނީ، ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމްކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައަށް ސުޕްރީމް ކޯޓުން ދައުލަތް ތަދައްހުލު ކުރުވާފައިވާ ކަމަށެވެ. އެގޮތަށް ސުޕްރީމް ކޯޓުން ނިންމާފައިވަނީ ކޯޓުތަކާބެހޭ ޤާނޫނުން ލިބިދޭ ބާރުގެ ދަށުންނެވެ.

ވުމާއެކު، އެ މައްސަލައިގައި ބަންޑާރަނައިބުގެ ފަރާތުން ކޯޓަށް ހާޞިރުވުމަށް ވަނީ ނިންމާފައެވެ.

އަދި ޕީޕީއެމްއިން ތަދައްހުލް ވީ އެ ޕާޓީން އަމިއްލައަށް އެދިގެންނެވެ.

2023ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެނޑިޑޭޓަކަށް ކުރީގެ ނާއިބްރައީސް އަދި ޔާމީނުގެ ޤާނޫނީ ވަކީލުންގެ ޓީމުގައިވެސް ހިމެނިވަޑައިގަންނަވާ ޑރ މުޙައްމަދު ޖަމީލު އަހުމަދު ހަމަޖައްސަވައި ފޯމު ހުށައަޅުއްވާފައިވަނީ އަންގާރަ ދުވަހުގެ ހެނދުނުއެވެ.

އެހެންނަމަވެސް އީސީން ވަނީ ޔާމީނުގެ ކެނޑިޑެސީ ބަލައިނުގަތުމަށް ނިންމާފައެވެ. އެގޮތަށް ނިންމާފައިވަނީ ރިޔާސީ އިންތިޚާބުގައި ވާދަ ކުރާ ކެނޑިޑޭޓުންގެ ޝަރުތު ހަމަނުވާތީއެވެ. އެއީ ޤާނޫނުއަސާސީގެ 109 ވަނަ މާއްދާ ގެ (ޅ) ގައި ބުނާ ޝަރުތު ފުރިހަމަނުވާތީއެވެ.

ރައީސުލްޖުމްހޫރިއްޔާއަކަށް އިންތިޚާބުކުރާ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގައި ސާފުކޮށް ބަޔާންކޮށްފައިވެއެވެ. ޤާނޫނު އަސާސީގެ 109 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ޖިނާޢީ ކުށެއް ކުރިކަން ސާބިތުވެ އެއްއަހަރަށް ވުރެ ދިގު ޙުކުމެއް އައިސްފައިވާ މީހަކުނަމަ އެމީހަކަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނީ އަދަބު ތަންފީޒުކޮށް ނިމޭތާ 3 އަހަރު ފަހުންނެވެ.

ވ. އާރަށު ހިޔާނާތުގެ މައްސަލައިގައި ރިޝްވަތު ނަންގަވައި، އެ ފައިސާ ލޯންޑަރ ކުރައްވާފައިވާތީ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން 11 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އެ ޙުކުމް ޔާމީނުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުގައި މި މައްސަލަ އޮތީ އިސްތިއުނާފު މަރުޙަލާގައެވެ.

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

މަޖުބޫރު ކޮށްގެން ޕީޕީއެމަށް މެމްބަރުން އިތުރުކުރާ މައްސަލައަށް ބަހުސް ކުރުން މާދަމާ

26 ފެބުރުއަރީ 2017
މަޖުބޫރު ކޮށްގެން ޕީޕީއެމަށް މެމްބަރުން އިތުރުކުރާ މައްސަލައަށް ބަހުސް ކުރުން މާދަމާ
17 ފެބުރުއަރީ 2017

މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން

17 ފެބުރުއަރީ 2017
މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން
16 ފެބުރުއަރީ 2017

ރައީސް ޔާމީންގެ ކިބައިން މިންޖުވުމަށް އެކުގައި މަސައްކަތް ކުރަންޖެހޭ:ނިޒާރު

16 ފެބުރުއަރީ 2017
ރައީސް ޔާމީންގެ ކިބައިން މިންޖުވުމަށް އެކުގައި މަސައްކަތް ކުރަންޖެހޭ:ނިޒާރު
10 ފެބުރުއަރީ 2017

ރައީސް ޔާމީންގެ ބަހުގެ ހޫނު ހަމަލާތަކެއް ރައީސް ނަޝީދަށް

10 ފެބުރުއަރީ 2017
ރައީސް ޔާމީންގެ ބަހުގެ ހޫނު ހަމަލާތަކެއް ރައީސް ނަޝީދަށް
24 ޖެނުއަރީ 2017

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު