Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނަޖިސް ފެނުން ރައްޔިތުން ސަލާމަތްކުރުން

ރައީސް ސާލިހުގެ ފުރަތަމަ 5 އަހަރު ނިމޭއިރު މިރާއްޖޭގައި ނަޖިސް ފެން ބޭނުންކުރަން ޖެހޭނެ ރައްޔިތެއް ނުހުންނާނެ: މިނިސްޓަރު ޝާހިދު

141 ރަށުގައި ފެނާއި ނަރުދަމާގެ ނިޒާމުގެ މަޝްރޫއު ކުރިއަށްދޭ

އަމްނާ އިމާދު
އަމްނާ އިމާދު | 3 އޯގަސްޓު 2023 | ބުރާސްފަތި 10:03
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވާހަކަފުޅު ދައްކަވަނީ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވާހަކަފުޅު ދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ފުރަތަމަ 5 އަހަރުގެ ދައުރު ނިމޭއިރު ނަޖިސް ފެން ބޭނުންކުރަން ޖެހޭނެ ރައްޔިތެއް މި ގައުމުގައި ނުހުންނާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ ހދ.ހަނިމާދޫގައި ކުރިއަށްގެންދިޔަ އުފާވެރި އަމާން ރާއްޖެ ކެމްޕޭން ޖަލްސާގައި މިނިސްޓަރު ޝާހިދު ރައީސް ސާލިހު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމްކޮށްދިނުމުގެ މަސައްކަތްތައް ކުރާ ކަމަށެވެ. ނަޖިސް ފެނުން ރައްޔިތުން ސަލާމަތް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން 141 ރަށުގައި ފެނާއި ނަރުދަމާގެ ނިޒާމުގެ މަޝްރޫއު، 152 ރަށުގައި ބަނދަރުގެ މަޝްރޫއު އަދި 150 ރަށުގައި ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަން ޝާހިދު ފާހަގަކުރެއްވިއެވެ.

ޝާހިދު ވިދާޅުވީ ރައީސް ސާލިހުގެ މި 5 އަހަރުގެ ނިމޭއިރު، ނަޖިސް ފެނުން ފެންވަރާ އަދި އެ ފެން ބޯން ޖެހޭ ރައްޔިތެއް މިރާއްޖޭގައި ދިރިނޫޅޭނެ ކަމަށެވެ. ރާއްޖެއަށް ގެންދެމުންދާ ތަރައްގީއާއެކު މިއަދު ހުރިހާ ރައްޔިތުން ވެސް ބޭނުންވަނީ އުފާވެރި އަމާން ރާއްޖެއަށް ދިއުމަށް ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ވިދާޅުވީ ބޮޑުތިލަދުންމަތިން ވެސް ރައީސް ސާލިހު ބޮޑުކޮށް ހޮވާނެ ކަމަށެވެ.

ބޮޑުތިލަދުންމަތީގެ ތަރައްގީއަށް އިޝާރާތްކުރައްވައި ޝާހިދު ވިދާޅުވީ މިސަރަހައްދަށް ވެސް ހަގީގީ ތަރައްގީ ގެނެސްދެއްވި ރައީސްއަކީ ރައީސް ސާލިހު ކަމަށެވެ. ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްގީ ލިބެމުންދިޔައީ 75 އަހަރު ފަހުން ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތަކާއެކު މީހުން ބިނާ ކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އެގޮތުން މިއަދު ވެސް 1200 އަށްވުރެ ގިނަ ދަރިވަރުން ހިލޭ ޑިގްރީގައި ކިޔެވަމުންދާ ކަމަށެވެ. މިހުރިހާ ސަބަބަކާއި ގުޅިގެން މިއަދު ރައްޔިތުން ދާން ބޭނުންވަނީ އުފާވެރި އަމާން ރާއްޖެއަށް ކަމަށް ޝާހިދު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު