Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެށ.މިލަންދޫގައި ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއު

މިލަންދޫގައި ކުރިއަށްގެންދާ މަޝްރޫއުތަކަށް ގާތްގަނޑަކަށް 160 މިލިއަންއަށްވުރެ ގިނަ ރުފިޔާ ހޭދަވާނެ: އާޒިމް

ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް ނިމިގެންދާއިރު، ރައްޔިތުން މޫދަށް އެރޭނެ ހިތް ފަސޭހަ ބީޗެއް ގާއިމްކޮށްދޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 3 އޯގަސްޓު 2023 | ބުރާސްފަތި 07:47
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

ށ.މިލަންދޫގައި ކުރިއަށްގެންދާ މަޝްރޫއުތަކަށް ގާތްގަނޑަކަށް 160 މިލިއަންއަށްވުރެ ގިނަ ރުފިޔާ ހޭދަވާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އެރަށުގައި މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށްފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އާޒިމް ވިދާޅުވީ މިލަންދޫ ބަނދަރު ބޮޑު ކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، އެއީ 75 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށެވެ. އަދި މަސައްކަތްތައް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށާއި، ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް ނިމިގެންދާއިރު، ރައްޔިތުން މޫދަށް އެރޭނެ ހިތް ފަސޭހަ ބީޗެއް ގާއިމްކޮށްދޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

ރައްޔިތުން ބޭނުންވާ ގޮތަށް މަޝްރޫއުތައް ކުރިއަށްގެންދަވާނެކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ހުރިހާ ރައްޔިތުން ހިތްހަމަޖެހޭ ގޮތަށް މަސައްކަތް ކުރުން ކަމަށާއި، ރައްޔިތުން ބޭނުންވާ ފެންވަރަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ މިމަޝްރޫއުތައް ވެސް އަންނަ އަހަރުގެ ތެރޭގައި ނިންމާ ރައްޔިތުންނާއި ހަވާލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ބަނދަރު މަޝްރޫއުގެ ދަށުން މިލަންދޫގައި މިހާރު އޮތް ބަނދަރުން 17900 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކޮށް، 70400 ކިއުބިކް މީޓަރުގެ އައު ބަނދަރެއް ފުންކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި 8400 ކިއުބިކް މީޓަރުގެ ސަރަހައްދުގެ ނެރު ފުންކޮށް 93 މީޓަރުގެ ރިވެޓްމަންޓެއް ޖެހުމަށްވަނީ ހަމަޖެހިފައެވެ. މިލަންދޫ ބަނދަރުގެ އިތުރުން އެރަށަށް ކުރިމަތިވެފައިވާ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީން ދަނީ ކުރަމުންނެވެ. އެގޮތުން މިލަންދޫ އިރުމަތީ ފަރާތުގެ ގޮނޑުދޮށް 954.43 މީޓަރ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމަންޓެއް ގާއިމުކޮށް ރިވެޓްމަންޓުގެ ދެކޮޅުގައި 44.77 މީޓަރ ބޮޑު ހިލައިގެ ދެ ފައިކަށި ބެހެއްޓުން ހިމެނެއެވެ.

މިލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަކީ 34.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އިތުރަށް ކިޔާލަން

04 ނޮވެމްބަރު 2017

ބޮޑު މުސާރައާ އެކު 160 ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދުމަށް އިއުލާނުކޮށްފި

04 ނޮވެމްބަރު 2017
ބޮޑު މުސާރައާ އެކު 160 ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދުމަށް އިއުލާނުކޮށްފި
19 ސެޕްޓެމްބަރު 2017

200 މިލިއަން ޑޮލަރު ބޮންޑުން މިއަހަރު ހޭދަކުރަނީ ގާތްގަނޑަކަށް 130 މިލިއަން ޑޮލަރު

19 ސެޕްޓެމްބަރު 2017
200 މިލިއަން ޑޮލަރު ބޮންޑުން މިއަހަރު ހޭދަކުރަނީ ގާތްގަނޑަކަށް 130 މިލިއަން ޑޮލަރު
01 ސެޕްޓެމްބަރު 2017

އުލްހިޔާގެ ގޮތުގައި މާލޭގައި މިފަހަރު ގާތްގަނޑަކަށް 500 ބަކަރި ކަތިލައިފި

01 ސެޕްޓެމްބަރު 2017
އުލްހިޔާގެ ގޮތުގައި މާލޭގައި މިފަހަރު ގާތްގަނޑަކަށް 500 ބަކަރި ކަތިލައިފި
18 އޯގަސްޓު 2017

މަޖިލީހަށް ލިބެންޖެހޭ ގާތްގަނޑަކަށް 2 މިލިއަން ރުފިޔާ ހޯދާފައެއް ނުވޭ!

18 އޯގަސްޓު 2017
މަޖިލީހަށް ލިބެންޖެހޭ ގާތްގަނޑަކަށް 2 މިލިއަން ރުފިޔާ ހޯދާފައެއް ނުވޭ!
28 ޖޫން 2017

ފޭރުމުގެ މައްސަލަތައް މި ރޯދަމަހު ގާތްގަނޑަކަށް ދެގުނައަށް!

28 ޖޫން 2017
ފޭރުމުގެ މައްސަލަތައް މި ރޯދަމަހު ގާތްގަނޑަކަށް ދެގުނައަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު