Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު

މިރޭ ނުވަތަ މާދަމާ ރަނިންގމޭޓް އިއުލާންކުރާނަން - ރައީސް

2 އޯގަސްޓު 2023 | ބުދަ 13:43

ޕީޕީއެމުން ކެންޑިޑޭޓަކު ނެރެ ކެމްޕޭން ފަށަން ވެއްޖެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 2 އޯގަސްޓު 2023 | ބުދަ 13:43
ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ނޫސްވެރިންނާއި ބައްދަލުކުރައްވަނީ

ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ނޫސްވެރިންނާއި ބައްދަލުކުރައްވަނީ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި، އެމަނިކުފާނުގެ ރަނިންގމޭޓް މިރޭ ނުވަތަ މާދަމާ އިއުލާންކުރައްވާނެކަމަށް އެމްޑީޕީއާއި ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ހއ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ހދ. ހަނިމާދޫއަށް ވަޑައިގެން ނޫސްވެރިންނާއި ބައްދަލުކުރައްވާ ރައީސް ވިދާޅުވީ އެމަނިކުފާނު ނިންމަވައިގެން ހުންނެވީ މިރޭ ނުވަތަ މާދަމާ ފައިނަލް ޑިސިޝަނެއް ނިންމަވަން ކަމަށެވެ. ރައީސް ވިދާޅުވީ ބުރާސްފަތި ނުވަތަ ހުކުރު ދުވަހު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރަސްމީކޮށް ފޯމް ހުށަހަޅުއްވާނެ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ ރަނިންގމޭޓެއް އަދި ކަނޑަނާޅުއްވާ ކަމަށާއި، ނަންތަކެއް އެމަނިކުފާނުގެ އަތްޕުޅުގައި އެބަހުރި ކަމަށެވެ. އަދި އެކަން ނިންމަވާނީ އެންމެންގެ ތެރޭގައި މަޝްވަރާކުރެއްވުމަށްފަހުގައި ކަމަށެވެ. ރައީސް ވިދާޅުވީ ނައިބްރައީސް ފައިސަލް ނަސީމަށް ވެސް ފުރުސަތު އެބަ އޮތް ކަމަށާއި، އައު ބޭފުޅުން ވެސް އެބަތިއްބެވި ކަމަށާއި، މަސައްކަތް ކުރައްވަމުން ގެންދަވަނީ ކޯލިޝަނަކާ އެކީގައިކަމުން ކޯލިޝަންގެ މަޝްވަރާވެސް މިކަމުގައި އޮންނާނެކަމަށެވެ.

މިހާރު ކޯޓަށް ހުށަހެޅިފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑަސީ މައްސަލަ ޔާމީނާ އެއްކޮޅަށް ނިމިއްޖެނަމަ ގޮންޖެހުމަކަށް ވާނެތޯ ސުވާލުކުރުމުން، ރައީސް ވިދާޅުވީ ރަގަޅު ގޮތަކީ ރިޔާސީ އިންތިހާބުގައި ވާދަކުރަން ބޭނުންވާ، ޝަރުތުހަމަވާ އެންމެންނަށް އެ ފުރުސަތު ލިބިގެންދިއުން ކަމަށެވެ.

ޕީޕީއެމް ވާދަކުރިނަމަވެސް އެއީ އިންތިހާބު ކާމިޔާބުކުރުމަށް އޮތް ޗެލެންޖެއް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށާއި، އެއަށްވުރެ ބޮޑަށް މި ސަރުކާރު ރައްޔިތުން ބަލައިގަނެފައިވާ ކަމަށެވެ. އެދިވަޑައިގަންނަވަނީ ޕީޕީއެމުން ލަސްނުކުރައްވާ ކެންޑިޑޭޓަކާއެކީގައި ނުކުމެވަޑައިގެން ކެމްޕޭން ފެއްޓެވުން ކަމަށާއި، ރަށްރަށުން އެހެން ޕާޓީތަކުގެ ކެމްޕޭން ފެނިވަޑައި ނުގަންނަވާ ކަމަށެވެ.

އިންތިހާބު ކާމިޔާބުކުރަން ބޭނުންވާނަމަ ރައްޔިތުންނާއި ކައިރިއަށްދާންޖެހޭ ކަމަށާއި، އެހެންބަޔަކު އެކަންކުރާތަން ފެނިވަޑައިނުގަންނަވާ ކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
01 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ

01 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
30 ޖެނުއަރީ 2017

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!
28 ޖެނުއަރީ 2017

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ
28 ޖެނުއަރީ 2017

ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ

28 ޖެނުއަރީ 2017
ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ
23 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!

23 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް