Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ހއ. އަތޮޅު ދަތުރުފުޅު

ހިޔާލުތަފާތުވުންތައް ހުރި ނަމަވެސް މިއީ މުޅި ޤައުމުގެ މަސްލަހަތު އިސްކުރަންވީ ވަގުތު: ރައީސް

ފާއިތުވި ހަތަރު އަހަރު މަސައްކަތް ކުރެއްވީ ތަފާތު ޚިޔާލުތައް އެއްކޮށްގެން ގައުމުގެ މަސްލަހަތު އިސްކުރައްވައިގެން

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 2 އޯގަސްޓު 2023 | ބުދަ 07:29
ރައީސް ފިއްލަދޫއަށް ވަޑައިގަތުމުން އެ ރަށުން އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ

ރައީސް ފިއްލަދޫއަށް ވަޑައިގަތުމުން އެ ރަށުން އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ

ޚިޔާލުތަފާތުވުންތައް ހުރި ނަމަވެސް މިއީ މުޅި ޤައުމުގެ މަސްލަހަތު އިސްކުރަންވީ ވަގުތު ކަމަށާއި އެހެންކަމުން އެމަނިކުފާނާއެކު މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ކުރިއަށްދިއުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު އެދިވަޑައިގެންފިއެވެ.

ހއ. ފިއްލަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން 2018 ވަނަ އަހަރު އެކުލަވައިލި "ޖަޒީރާ ރާއްޖެ" މެނިފެސްޓޯގެ އަމާޒަކަށްވީ ރައްޔިތުން ބޭނުންވާ އަސާސީ ޚިދުމަތް ހުރިހާ ރައްޔިތުންނަށް ހަމަހަމަކާއެކު ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން މެިފެސްޓޯގައި ހިމެނޭ ކަންކަމުގެ ތެރެއިން 90 އިންސައްތަ މަސައްކަތް އެކި މަރުހަލާތަކުގައި މިހާރު ކުރިއަށްދާ ކަމަށް ވެސް ވިދާޅުވިއެވެ. އެހެންކަމުން މިހާރު ރައްޔިތުން ފޯކަސް ކުރަންވީ މިއަހަރުގެ އިންތިޚާބަށް ކަމަށާއި ޚިޔާލުތަފާތުވުންތައް ހުރިނަމަވެސް ޤައުމުގެ މަސްލަހަތު އިސްކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ފާއިތުވި ހަތަރު އަހަރު މި ސަރުކާރުން މަސައްކަތް ކުރީ ތަފާތު ޚިޔާލުތަކާ ގުޅިގެންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ސަރުކާރުން ބަލަނީ ޤައުމަށް އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން ކަމަށެވެ. އަދި އެކަމަކީ ކޯލިޝަނުގެ ލީޑަރުންނަށް އެންމެ ރަނގަޅު ގޮތަށް ނުވި ކަމުގައި ވިޔަސް ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ރައީސް ވަނީ ސަރުކާރާމެދު ހިތްހަމަނުޖެހުމެއް އޮތް ކަމުގައި ވިޔަސް އޭގެ އަސަރު ވޯޓަށް ވިޔަ ނުދިނުމަށް އެދިވަޑައިގެންފައެވެ. އެއީ އޭގެ ސަބަބުން މި ސަރުކާރުގެ ކުރިން ޤައުމު އޮތް ހާލަތައް ގޮސްދާނެތީ ކަމަށް ވިދާޅުވިއެވެ.

ރައީސް ވަނީ ކުރިއަށް އޮތް އަހަރުތަކުގައި ފިއްލަދުއަށް ކޮށްދެއްވާނެ ކަންކަމަށް ވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން, ރަށުގެ މަގު ހެދުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށާއި ފުޓުބޯޅަ ދަނޑެއް ތަރައްގީކޮށްދެއްވާނެ ކަމަށާއި ބަނދަރަށް ދިމާވެފައިވާ ދަތިކަމަށް ހައްލު ހޯދައިދެއްވާނެ ކަމަށާއި ސްކޫލަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދެއްވުމާއި ހުކުރު މިސްކިތް އައު ޒަމާނީ މިސްކިތަކަށް ބަދަލުކުރުމުގެ އިތުރުން އެ ރަށުގެ ފަތުރުވެރިކަމަށް ހާއްސަކޮށްފައިވާ ސަރަހައްދަށް ފެނާއި ނަރުދަމާ ގުޅާލައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން މި ސަރުކާރުން ދައްޕަރުގައި އިންޓަގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަން މަސައްކަތް ކުރި ނަމަވެސް އެކަން ކައުންސިލްގެ ދަށަށް ބަދަލު ކުރުމަށް އެދިފައިވާތީ އެގޮތަށް ބަދަލު ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެ މަސައްކަތް ވެސް ރައްޔިތުން ފައިދާވާނެ ގޮތަށް ކައުންސިލުން ކުރިއަށްގެންދިއުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ފިއްލަދޫއިން ފެނުނު ތަރުހީބަށް ބަލައި ކުރިއަށް އޮތް އިންތިޚާބުގައި އެ ރަށުގެ އައުލަބިއްުޔަތު އެމަނިކުފާނަށް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން ލިބިވަޑައިގެންފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

12 ޖެނުއަރީ 2017
ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު