Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަލް ނަސްރު

މާނޭ އަލް ނަސްރަށް ސޮއިކޮށްފި

އަލް ނަސްރާއެކު މާނޭ ސޮއިކޮށްފައި ވަނީ ހަތަރު އަހަރުގެ އެއްބަސްވުމެއްގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 އޯގަސްޓު 2023 | ބުދަ 03:33
އަލް ނަސްރަށް ސޮއިކުރުމަށް ފަހު މާނޭ

އަލް ނަސްރަށް ސޮއިކުރުމަށް ފަހު މާނޭ

ބަޔާން މިއުނިކަށް ކުޅެމުން އައި ސެނެގާލްގެ ސަޑިއޯ މާނޭ އެ ކުލަބު ދޫކޮށް ސައުދީ ޕްރޯ ލީގުގެ އަލް ނަސްރަށް ސޮއިކޮށްފި އެވެ.

އަލް ނަސްރަށް ބަދަލުވުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ މެޑިކަލްގެ ކަންކަން ފުރިހަމަ ކުރުމަށްފަހު، މާނޭ އެ ކުލަބަށް ސޮއިކޮށްފައި ވަނީ އަންގާރަ ދުވަހުގެ ވަގުތެއްގަ އެވެ. ލިވަޕޫލް ދޫކޮށް މާނޭ ބަޔާނަށް ބަދަލުވީ 2022 ވަނަ އަހަރު އެވެ. އެ ކުލަބާއެކު މާނޭ ސޮއިކުރި އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އަލް ނަސްރާއެކު މާނޭ ސޮއިކޮށްފައި ވަނީ ހަތަރު އަހަރުގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އަލް ނަސްރުގައި މާނޭ ބޭނުކުރާނީ 10 ނަންބަރު ޖާޒީ އެވެ.

އަލް ނަސްރުގެ މެޑިކަލް ކަންކަން ފުރިހަމަ ކުރުމަށްފަހު ވާހަކަ ދައްކަމުން މާނޭ ބުނީ، ބަޔާން ދޫކޮށްލުމަށް ނިންމި ނިންމުމަކީ އޭނާ އަށް ހިތްދަތި ނިންމުމެއް ކަމަށެވެ. މާނޭ ބުނި ގޮތުގައި ބަޔާންގެ ނިމުން އޭނާ އުންމީދު ކުރީ މިފަދަ ގޮތަކަށް ނޫނެވެ. އިތުރަށް ވާހަކަ ދައްކަމުން މާނޭ ބުނީ ކުރިއަށް އޮތް ސީޒަނުގައި އޭނާ އަށް ބަޔާނަށް އެހީތެރިވެދެވެނޭކަން ވެސް އެނގޭ ކަމަށާއި، ނަމަވެސް މިހާރު އެދެނީ ބަޔާން އާއި ބަޔާންގެ ސަޕޯޓަރުންނަށް އެންމެ ފުރިހަމަ ކާމިޔާބަށް ކަމަށެވެ. އެއަށްފަހު މިހާރު އޭނާ ފޯކަސް ކުރަނީ އަލް ނަސްރާއެކު ފަށަން އުޅޭ މަސައްކަތަށް ކަމަށް ވެސް މާނޭ ވަނީ ބުނެފަ އެވެ.

އަލް ނަސްރުގައި މާނޭ އާއެކު ކުޅޭނެ މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ، ސެކޯ ފޮފާނާ، މާސެލޯ ބްރޮޒޮވިޗް އަދި އެލެކްސް ޓެލާސް ފަދަ ކުޅުންތެރިން ހިމެނެ އެވެ. އަލް ނަސްރުގެ އިތުރުން ސައުދީ ޕްރޯ ލީގުގެ އެހެން ކުލަބުތަކުން ވެސް އަންނަނީ ޔޫރަޕުގެ މަޝްހޫރު ކުޅުންތެރިން ހޯދަމުންނެވެ.

އިތުރަށް ކިޔާލަން

14 މާރިޗު 2017

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

14 މާރިޗު 2017
ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި
07 މާރިޗު 2017

ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި

07 މާރިޗު 2017
ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި
20 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް

20 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް
20 ފެބުރުއަރީ 2017

ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!

20 ފެބުރުއަރީ 2017
ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!
23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު