Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުލުހުންގެ އަސާސީ ތަމްރީން

ޤައުމުގައި ތަރައްޤީއާއި އަމާންކަމާއި ތަހުޒީބު ބޭނުންވާނަމަ އެންމެން އެކުގައި އެކަމަށް މަސައްކަތް ކުރަންޖެހޭނެ - ނާއިބު ރައީސް

ޤައުމެއްގައި ދިރިއުޅޭ ރައްޔިތަކަށް އެންމެ ބޭނުންވާނީ އަމާންކަމާއި، ހުރިހާ ރައްޔިތުން ޙިމާޔަތްކުރެވިފައިވާ ވެއްޓެއް ޤާއިމުވެފައި އޮތުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 2 އޯގަސްޓު 2023 | ބުދަ 02:39
ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ 35 ވަނަ ބެޗުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ 35 ވަނަ ބެޗުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ޤައުމުގައި ސުލްޙަމަސަލަސްކަން ޤާއިމުކުރުމަކީ ޔުނީފޯމުގައި ތިބޭ ބަޔަކު އެކަނި ކުރަންޖެހޭ މަސައްކަތެއްކަމަށް ނުދެކި، ޤައުމުގައި ތަރައްޤީއާއި އަމާންކަމާއި ތަހުޒީބު ބޭނުންވާނަމަ ކޮންމެ މީހެއްގެވެސް ވާޖިބެއް އޮންނަކަން ޤަބޫލުކޮށް ޤައުމުގެ ސުލްޙަމަސަލަސްކަން ދެމެހެއްޓުމަށް އެންމެން މަސައްކަތް ކުރަންޖެހޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ 35ވަނަ ޕޮލިސް އިނިޝިއަލް ޓްރެއިނިންގ ކޯހުގެ ބައިވެރިން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތު ކުރިއަށްދިޔައީ އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގައެވެ.

Advertisement - newsAdvertisement

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަނީ ޤައުމެއްގައި ފުލުހުންގެ ޚިދުމަތް މުހިންމުވާނެ މިންވަރާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން އެމަނިކުފާނު ވަނީ ޤައުމެއްގައި ދިރިއުޅޭ ރައްޔިތަކަށް އެންމެ ބޭނުންވާނީ އަމާންކަމާއި، ހުރިހާ ރައްޔިތުން ޙިމާޔަތްކުރެވިފައިވާ ވެއްޓެއް ޤާއިމުވެފައި އޮތުންކަން ފާހަގަކުރައްވައި، އެކަން ކުރުމުގައި ރައްޔިތުންނާއި އެންމެ ގާތުން މަސައްކަތް ކުރަނީ ފުލުހުން ކަމުގައި ފާހަގަކުރައްވާފައެވެ.

ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އަދި ރައްޔިތުންގެ އިތުބާރު ހޯދައި ފުލުހުންގެ ކެޕޭސިޓީ އިތުރުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ މައްޗަށްވެސް އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަލިއަޅުއްވާލައްވާފައިވެއެވެ. އެގޮތުން ޒަމާނީ ވަޞީލަތްތައް ހޯދައި ޒަމާނާ އެެއްގޮތަށް ފުލުހުންގެ ޚިދުމަތް ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތްޕުޅު ފާހަގަކުރައްވާ އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަނީ ޝުކުރުއަދާކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވީ މިއަދު ޒުވާނުން އިސްކަންދޭންވީ ޤައުމަށް ޙިދުމަތްކުރަންކަމަށާއި، ޤައުމަށް ޚިދުމަތްކުރުމަކީ ފަޚުރެއްކަމަށް ހަދަންޖެހޭކަމަށެވެ. އަދި އިސްލާމީ ރިވެތި އުސޫލުތަކުގެ ތެރެއިން މަސައްކަތްތައް ބައްޓަންކުރުމަށް އެމަނިކުފާނު ވަނީ ބާރުއަޅުއްވާފައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަނީ ވަނަތަކަށް ހޮވުނު ފަރާތްތަކަށް ސެޓްފިކެޓާއި ޕްލާކް ޙަވާލުކޮށްދެއްވާފައެވެ.

ޕޮލިސް އިނިޝިއަލް ޓްރެއިނިންގ ކޯހަކީ ފުލުހުންގެ ޚިދުމަތާ ގުޅޭ މީހުންްގެ ތެރެއިން ޔުނީފޯމުގައި މަސައްކަތްކުރާ ކޮންމެ ޕޮލިސް އޮފިސަރަކު ފުރިހަމަ ކުރަންޖެހޭ ފުލުހުންގެ އަސާސީ ތަމްރީނެކެވެ. ޕޮލިސް އިނިޝިއަލް ޓްރޭނިންގ ކޯހުގެ މުއްދަތު ބެހިގެންވަނީ ކެމްޕަސް ޓްރެއިނިންގ 4 މަސްދުވަސް އަދި ޕްރޮބޭޝަނަރީ ޓްރެއިނިންގް 2 މަސްދުވަސް ހިމެނޭގޮތަށް ޖުމްލަ 6 މަސްދުވަހުގެ މުއްދަތަށެވެ. 35 ވަނަ ޕޮލިސް އިނިޝިއަލް ޓްރެއިނިނގް ކޯހުގައި ބައިވެރިވި 220 މީހުންގެ ތެރެއިން ކޯހުން ކަނޑައަޅާފައިވާ މިންގަޑަށް ފާސްވެފައިވަނީ 192 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 37 އަންހެނުންނާ 155 ފިރިހެނުންނެވެ.

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2020

ރަށްވެހިކަމާއި ނަން ބަދަލުކުރަން ބޭނުންވާނަމަ، މިމަހުގެ 15އިގެ ކުރިން އެކަން ނިންމުމަށް އިލެކްޝަންސްއިން އެދެފި

07 ޖެނުއަރީ 2020
ރަށްވެހިކަމާއި ނަން ބަދަލުކުރަން ބޭނުންވާނަމަ، މިމަހުގެ 15އިގެ ކުރިން އެކަން ނިންމުމަށް އިލެކްޝަންސްއިން އެދެފި
22 ނޮވެމްބަރު 2019

އެންމެ ހިތްހަމަޖެހެނީ ގައުމުގައި އަމާންކަމާއި ސުލްހަވެރިކަން ޤާއިމްކުރެވުމުން: ރައީސް

22 ނޮވެމްބަރު 2019
އެންމެ ހިތްހަމަޖެހެނީ ގައުމުގައި އަމާންކަމާއި ސުލްހަވެރިކަން ޤާއިމްކުރެވުމުން: ރައީސް
02 މާރިޗު 2019

ތަހުޒީބު އަޚުލާގީ މުޖުތަމައު ޝިއާރުގެ ދަށުން ވާރކްޝޮޕެއް ބާއްވައިފި

02 މާރިޗު 2019
ތަހުޒީބު އަޚުލާގީ މުޖުތަމައު ޝިއާރުގެ ދަށުން ވާރކްޝޮޕެއް ބާއްވައިފި
09 ފެބުރުއަރީ 2019

އަމާންކަމާއި މިނިވަންކަން އަންނަން އޮތް ޖީލްތަކަށް ގެންދިޔުމަކީ ސިފައިންގެ އެންމެ ބޮޑު އެއް މަސްއޫލިއްޔަތު: މިނިސްޓަރ މާރިޔާ

09 ފެބުރުއަރީ 2019
އަމާންކަމާއި މިނިވަންކަން އަންނަން އޮތް ޖީލްތަކަށް ގެންދިޔުމަކީ ސިފައިންގެ އެންމެ ބޮޑު އެއް މަސްއޫލިއްޔަތު: މިނިސްޓަރ މާރިޔާ
03 އޯގަސްޓު 2018

ޤައުމުގައި ހުރި މައްސަލަތައް ޙައްލުނުވަނީ ކޮންމެ ފަހަރަކު ޑިމޮކްރަސީގެ މަތިން ހަނދާންނެތުމުން: އަމީން

03 އޯގަސްޓު 2018
ޤައުމުގައި ހުރި މައްސަލަތައް ޙައްލުނުވަނީ ކޮންމެ ފަހަރަކު ޑިމޮކްރަސީގެ މަތިން ހަނދާންނެތުމުން: އަމީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު