Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ބަންގްލަދޭޝްގެ ސިޔާސީ މަސްރަހު

"އަދުގެ ސަރުކާރުގެ ދަށުން، އިންސާފުވެރި އިންތިޚާބެއް ބަންގްލަދޭޝްގައި ނުބޭއްވޭނެ"

ވަކި ފަރާތަކަށް ނުޖެހޭ ވަގުތީ ސަރުކާރެއްގެ ދަށުން، އިންތިޚާބުގެ ކަންކަން ކުރިއަށްގެންދިއުމަށް ބީއެންޕީން ދަނީ ގޮވާލަމުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 1 އޯގަސްޓު 2023 | އަންގާރަ 15:26
ބޮޑުވަޒީރު ކަމުގެ މަގާމުގައި އިންނެވި ޝައިޚު ހަސީނާ، އެ މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލައި ބަންގްލަދޭޝްގައި މުޒާހަރާކުރުން

ބޮޑުވަޒީރު ކަމުގެ މަގާމުގައި އިންނެވި ޝައިޚު ހަސީނާ، އެ މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލައި ބަންގްލަދޭޝްގައި މުޒާހަރާކުރުން

ސިޔާސީ ހަމަނުޖެހުންތަކުގެ ވާހަކަ ދައްކާއިރު, އެ ގައުމެއްގެ ނަން މާ ގިނައިން ނުއިވުނުކަމުގައި ވީނަމަވެސް، ވަރުގަދަ ހަރަކާތްތަކެއް ހިންގާ އެއް ގައުމަކީ އަވައްޓެރި ބަންގްލަދޭޝްއެވެ. ޖުލައި މަސް ނިމިދިޔައީވެސް އެފަދަ ހަރަކާތަކުންނެވެ. ބަންގްލަދޭޝްގެ ވެރިކަންކުރާ ޑާކާގައި، އިދިކޮޅު ބަންގްލަދޭޝް ނޭޝަނަލް ޕާޓީ (ބީއެންޕީ)ން ވަރުގަދަ މުޒާހަރާއެއް ކުރިއަށްގެންދިޔަ އެއް ދުވަހަކީ ޖުލައި 31 ވީ ހޯމަ ދުވަހެވެ. ހޯމަ ދުވަހުގެ މުޒާހަރާގައި އެންމެ އަޑުހަރުކޮށް ބަންގްލަދޭޝްގެ ރައްޔިތުން ގޮވަމުން ދިޔައީ، ބޮޑުވަޒީރުކަމުގެ މަގާމުގައި އިންނެވި ޝައިޚު ހަސީނާ، އެ މަގާމުން އިސްތިއުފާދެއްވުމަށެވެ.

ޖެނުއަރީ 2024ކީ ބަންގްލަދޭޝްގައި އިންތިޚާބު ކުރިއަށް ގެންދަންޖެހޭ މަހެކެވެ. އިންތިޚާބުގެ ކުރިން ހަސީނާ މަގާމުން އިސްތިއުފާދެއްވައި، ވަކި ފަރާތަކަށް ނުޖެހޭ ވަގުތީ ސަރުކާރެއްގެ ދަށުން އިންތިޚާބުގެ ކަންކަން ކުރިއަށްގެންދިއުމަށް ބީއެންޕީން ދަނީ ގޮވާލަމުންނެވެ. ނަމަވެސް، ހަސީނާގެ ސަރުކާރުން ދަނީ އެ ގޮވާލުމަށް އިޖާބަ ދިނުމަށް އިންކާރު ކުރަމުންނެވެ.

2009 ވަނަ އަހަރު ބަންގްލަދޭޝްގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ހަސީނާއަކީ ހަރުކަށި ގޮތެއްގައި މުޅި ގައުމު ކޮންޓްރޯލްކުރައްވާ ލީޑަރެކެވެ. ޚުދުމުޚުތާރު ވައްޓަފާޅިއަކަށް ވެރިކަން ހިންގެވުމާއި، އިންސާނީ ހައްގުތަކާ ޚިލާފު ޖަރީމާ ހިންގެވުމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އަޅުއްވައި، ފާޑުކިޔާ ފަރާތްތައް ޖަލުގެ ތޭރިތަކުގެ ފަހަތުގައި ގައިދުކުރެއްވުންފަދަ އެތައް ތުހުމަތެއް ހަސީނާއަށް އަމާޒުވެފައި އެބަހުއްޓެވެ.

ހަސީނާގެ ސިޔާސީ ވާދަވެރިޔާ އަދި ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު، ޚާލިދާ ޒިޔާ، 2018 ވަނަ އަހަރު ޖަލަށް ލީ ފަހުން، މައި އިދިކޮޅު ޕާޓީގެ ކަންކަންވެސް އޮތީ އޮޅުންބޮޅުން ގަނޑެއްގެ ތެރޭގައެވެ. ނަމަވެސް، މި ފަހަކަށްއައިސް، ސިޔާސީ މުޒާހަރާތައް ބާއްވައެވެ. އެ މުޒާހަރާތުގައި އެތައް ހާސް ބަޔަކުވެސް ބައިވެރިވެއެވެ.

ބީއެންޕީގެ ސެކްރެޓަރީ ޖެނެރަލް، މިރުޒާ ފަޚްރުލް އިސްލާމް އަލަމްގީރު ފާހަގަކުރެއްވި ގޮތުގައި، އަދުގެ ސަރުކާރުގެ ދަށުން އިންސާފުވެރި އިންތިޚާބެއް ކުރިއަށް ގެންދިއުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.

ބައިނަލްއަގުވާމީ މުޖުތަމައުން، ވަކިން ޚާއްސަކޮށް އެމެރިކާއިން ވަނީ ބަންގްލަދޭޝްގައި މިނިވަން އިންތިޚާބެއް ކުރިއަށް ގެންދިއުމުގައި ހުރި ކަންބޮޑުވުންތައް ފާހަގަކޮށް، އެންމެނަށްވެސް ބައިވެރިވެވޭ ފަދަ އިންތިޚާބެއް ކުރިއަށް ގެންދިއުމުގެ ފުރުސަތު ތަނަވަސް ކުރުމަށް ބަންގްލަދޭޝްގެ ސަރުކާރަށް ގޮވާލާފައެވެ. ނަމަވެސް އެމެރިކާއާއި އެމެރިކާގެ ހުޅަނގުގެ ބައިވެރިން އެ ބެހެނީ ބަންގްލަދޭޝްގެ ދާޚިލީ ކަންކަމާ ކަމަށް ބަންގްލަދޭޝްގެ ސަރުކާރުން ވަނީ ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފިއެސްޓާގެ ދަށުން ކުޅިވަރުތައް އިނދަޖެހެނީ، އެސޯސިއޭޝަންތައް ހިމޭނުން!

ފިއެސްޓާގެ ދަށުން ކުޅިވަރުތައް އިނދަޖެހެނީ، އެސޯސިއޭޝަންތައް ހިމޭނުން!

25 އޮކްޓޯބަރު 2017
މޮޅެތި ރާޅާއެޅުންތެރިން އެބަތިބި، ބޭނުންވަނީ ސަރުކާރުގެ އެއްބާރުލުން!

މޮޅެތި ރާޅާއެޅުންތެރިން އެބަތިބި، ބޭނުންވަނީ ސަރުކާރުގެ އެއްބާރުލުން!

20 އޯގަސްޓު 2017
ސަރުކާރުގެ ހިސާބުޖެހުން ގޯސް، މަސީހް ސަލާމަތްކުރެވޭނެކަމުގެ އުއްމީދެއް ނެތް!

ސަރުކާރުގެ ހިސާބުޖެހުން ގޯސް، މަސީހް ސަލާމަތްކުރެވޭނެކަމުގެ އުއްމީދެއް ނެތް!

15 ޖުލައި 2017
ސަރުކާރުގެ ތެރޭގައި ހަމަ ރަނގަޅަށްވެސް ހަމަ ނުޖެހުން އޮތީހެއްޔެވެ!

ސަރުކާރުގެ ތެރޭގައި ހަމަ ރަނގަޅަށްވެސް ހަމަ ނުޖެހުން އޮތީހެއްޔެވެ!

20 ޖޫން 2017
ރައްޔިތުން ނޫނެކޭ ބުނީ ސަރުކާރުގެ ސިޔާސަތުތަކަށް!

ރައްޔިތުން ނޫނެކޭ ބުނީ ސަރުކާރުގެ ސިޔާސަތުތަކަށް!

12 މެއި 2017

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު