Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޑެނީ އަލްވޭސް

ޖިންސީ ގޯނާގެ މައްސަލައެއްގައި ޑެނީ އަލްވޭސްގެ މައްޗަށް ދައުވާކުރަން ނިންމައިފި

1 އޯގަސްޓު 2023 | އަންގާރަ 13:46

އަލްވޭސްއަށް ދައުވާކުރަނީ، މިދިޔަ ޑިސެމްބަރު މަހު ދިމާވި މައްސަލައަކާ ގުޅިގެން

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 1 އޯގަސްޓު 2023 | އަންގާރަ 13:46
ޑެނީ އަލްވޭސް

ޑެނީ އަލްވޭސް

ބްރެޒިލްގެ ފުޓުބޯޅަ ކުޅުންތެރިޔާ ޑެނީ އަލްވޭސްގެ މައްޗަށް، ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ދައުވާ ކުރަން ނިންމައިފިއެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ބާސެލޯނާގެ ނައިޓް ކްލަބެއްގައި އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި، ޖެނުއަރީ މަހުން ފެށިގެން ބަންދުގައި ހުރި އަލްވޭސްގެ މައްޗަށް، ކުށްކުރި ކަމުގެ ހެކި ހޯދައި، ތަހުގީގު ވަނީ ވަގުތީގޮތުން ނިންމާލާފައެވެ. ގާޒީގެ ނިންމުން ބުދަ ދުވަހު ކޯޓުގައި އެންގުމުން އަލްވޭސްގެ މައްޗަށް ރަސްމީކޮށް ދައުވާ އުފުލާނެއެވެ. އެއަށްފަހު ޕްރޮސެކިއުޓަރުން ދައުވާތައް ބަޔާންކޮށް، މިއަހަރުގެ ފަހުކޮޅު ނުވަތަ 2024 ވަނަ އަހަރުގެ ކުރީކޮޅު ޝަރީއަތުގެ ތާރީހެއް ކަނޑައަޅާނެއެވެ.

ބާސެލޯނާގެ ކުރީގެ ޑިފެންޑަރު ވަނީ ކުށަށް އިންކާރުކޮށް، ތުހުމަތުކުރާ ފަރާތާއެކު ޖިންސީ ގުޅުން ހިންގުމަކީ ރުހުމުގައި ކުރި ކަމެއް ކަމަށް ބުނެފައެވެ. ނަމަވެސް އޭނާގެ ވަކީލުންގެ ބަހެއް ހޯމަ ދުވަހު ލިބޭގޮތެއް ނުވެއެވެ. ޝަރީއަތުގެ އިންތިޒާރުގައި އަލްވޭސް ޖަލުގައި ހުންނާނެ ކަމަށް ބެލެވޭއިރު، އޭނާއަކީ ފްލައިޓް ރިސްކެއް ކަމަށް ބެލެވޭތީ އޭނާގެ ކަފާލާތުގެ އެދުމަށް ވަނީ އިންކާރުކޮށްފައެވެ. އަލްވޭސް ހުށަހެޅީ ޕާސްޕޯޓް އަނބުރައި ދިނުމަށާއި، ޓްރެކިންގ ޑިވައިސް އެޅުމަށެވެ.

އަލްވޭސް ޖަލަށް ލުމަށް ގާޒީ އަމުރުކުރެއްވީ ކަމާބެހޭ ފަރާތްތަކުން ކުރި އިބްތިދާއީ ތަހުގީގާއި، ތުހުމަތު ކުރެވޭ ވިކްޓިމްއާއި ހެކިންނާއި އަލްވޭސްގެ ހެކިބަސް އަޑުއެހުމަށްފަހުއެވެ. އަލްވޭސްއާއި ވިކްޓިމް ނައިޓްކްލަބްގައި އެކަކު އަނެކަކާ ފްލަރޓްކުރާ މަންޒަރު ފެންނަ ސެކިއުރިޓީ ކެމެރާ ފުޓޭޖް އަލްވޭސްގެ ވަކީލުން ހުށަހެޅިނަމަވެސް، ކާމިޔާބުވާގޮތެއް ނުވިއެވެ. ކޯޓުން ބުނެފައި ވަނީ ފްލަރޓް ކުރުމަކީ "އެއްވެސް ގޮތަކުން ޖިންސީ ގޯނާއެއް ޖަސްޓިފައިކޮށްގެން ނުވާނެ" ކަމެއް ކަމަށެވެ.

މިދިޔަ އަހަރު ފާސްކުރި ސްޕެއިންގެ "ސެކްޝުއަލް ކޮންސެންޓް ލޯ"ގެ ދަށުން، އޮންލައިންކޮށް ގޯނާކުރުމާއި ރޭޕްކުރުން ފަދަ ބޮޑެތި ކުށްތައް ޖިންސީ ގޯނާގެ ކުށްތަކުގެ ތެރޭގައި ހިމެނެއެވެ. ރޭޕްގެ މައްސަލައެއްގައި ގިނަވެގެން 15 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އުމުރުން 40 އަހަރުގެ އަލްވޭސް ވަނީ ބާސެލޯނާއާއެކު ތިން ޗެމްޕިއަންސް ލީގު އަދި ބްރެޒިލާއެކު ދެ ކޮޕާ އެމެރިކާ ހިމެނޭހެން ޖުމްލަ 42 ތަށި ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ މިދިޔަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގައި ވެސް ކުޅެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

16 ޖުލައި 2017

ޗެލްސީއަށް ބަދަލުވުމާ ގާތަށް ޑެނީލޯ ޖެހިލައިފި

16 ޖުލައި 2017
ޗެލްސީއަށް ބަދަލުވުމާ ގާތަށް ޑެނީލޯ ޖެހިލައިފި
12 ޖުލައި 2017

ސިޓީއަށް ބަދަލުނުވެ ޑެނީ އަލްވޭޒް ޕީއެސްޖީއަށް ސޮއިކުރަނީ

12 ޖުލައި 2017
ސިޓީއަށް ބަދަލުނުވެ ޑެނީ އަލްވޭޒް ޕީއެސްޖީއަށް ސޮއިކުރަނީ
04 ޖުލައި 2017

ޑެނީ އަލްވޭސް ހޯދުމަށް ފެނަބާޗޭއިން މަސައްކަތް ނުކުރާކަމަށް އެ ކްލަބުން ބުނެފި

04 ޖުލައި 2017
ޑެނީ އަލްވޭސް ހޯދުމަށް ފެނަބާޗޭއިން މަސައްކަތް ނުކުރާކަމަށް އެ ކްލަބުން ބުނެފި
03 ޖުލައި 2017

ޑެނީލޯ ހޯދުމުގެ ރޭހުގައި ޗެލްސީ ވެސް ބައިވެރިވެއްޖެ

03 ޖުލައި 2017
ޑެނީލޯ ހޯދުމުގެ ރޭހުގައި ޗެލްސީ ވެސް ބައިވެރިވެއްޖެ
28 ޖޫން 2017

ޑެނީ އަލްވޭޒް ޔުވަންޓަސްއާ އަލްވަދާއު ކިޔައިފި

28 ޖޫން 2017
ޑެނީ އަލްވޭޒް ޔުވަންޓަސްއާ އަލްވަދާއު ކިޔައިފި
20 ޖޫން 2017

ޔުވަންޓަސްގެ ޑެނީ އަލްވޭޒް ސިޓީއަށް ބަދަލުވާން އެއްބަސްވެއްޖެ

20 ޖޫން 2017
ޔުވަންޓަސްގެ ޑެނީ އަލްވޭޒް ސިޓީއަށް ބަދަލުވާން އެއްބަސްވެއްޖެ
14 ޖޫން 2017

ރެއާލް ދޫކޮށް ޑެނީލޯ އާސެނަލްއަށް ބަދަލު ނުވާނެ: ރިޕޯޓް

14 ޖޫން 2017
ރެއާލް ދޫކޮށް ޑެނީލޯ އާސެނަލްއަށް ބަދަލު ނުވާނެ: ރިޕޯޓް
03 ޖޫން 2017

ޑެނީ އަލްވޭޒް ހޯދުމަށް ޗެލްސީން މަސައްކަތް ފަށައިފި

03 ޖޫން 2017
ޑެނީ އަލްވޭޒް ހޯދުމަށް ޗެލްސީން މަސައްކަތް ފަށައިފި
18 މެއި 2017

ބެލެރިންގެ ރިޕްލޭސްމަންޓަކަށް އާސެނަލްއަށް ޑެނީލޯ ގެންނަނީ!

18 މެއި 2017
ބެލެރިންގެ ރިޕްލޭސްމަންޓަކަށް އާސެނަލްއަށް ޑެނީލޯ ގެންނަނީ!
15 މާރިޗު 2017

ބާސާ އަށް ދެން ބަދަލުނުވާނަން، ކުޅެން ބޭނުމީ އިދިކޮޅަށް: ޑެނީ އަލްވޭޒް

15 މާރިޗު 2017
ބާސާ އަށް ދެން ބަދަލުނުވާނަން، ކުޅެން ބޭނުމީ އިދިކޮޅަށް: ޑެނީ އަލްވޭޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް