Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޑެނީލޯ ރެއާލް ދޫކޮށްލަނީ

ޑެނީލޯ ހޯދުމުގެ ރޭހުގައި ޗެލްސީ ވެސް ބައިވެރިވެއްޖެ

ޑެނީލޯ ހޯދުމަށް އާސެނަލް އަދި ޔުވަންޓަސްވެސް ބޭނުންވޭ

ލީވާން އަލީ
ލީވާން އަލީ | 3 ޖުލައި 2017 | ހޯމަ 03:10
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޑެނީލޯ

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޑެނީލޯ

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ޑިފެންޑަރު ޑެނީލޯ ހޯދުމުގެ ރޭހުގައި ޗެލްސީ ވެސް ބައިވެރިވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މަޝްހޫރު ކުޅިވަރު ނޫހެއް ކަމަށްވާ މާސާ އިން ބުނީ ޑެނީލޯ ހޯދުމުގެ ރޭހުގައި ޔުވަންޓަސްގެ އިތުރުން ޗެލްސީ ވެސް ބައިވެރިވެފައިވާ ކަމަށާއި، 35 މިލިއަން ޔޫރޯއަށް އޭނާ ވިއްކާލަން ރެއާކް އިން ތައްޔާރަށް އޮތް ކަމަށެވެ.

ޔުވަންޓަސްގައި ޑެނީ އަލްވޭސް ރިޕްލޭސް ކުރުމަށް ޑެނީލޯ ގެންނަން މަސައްކަތްކުރާއިރު، އާސެނަލް އިން ވެސް އަންނަނީ އޭނާ ހޯދުމަށް މަސައްކަތްކުރަމުންނެވެ. އެހެން ނަމަވެސް މާސާ އިން ބުނީ ޑެނީލޯ ބޭނުން ވަނީ ރެއާލްއާ އެކު ކާމިޔާބީ ހޯދުމަށް އެޓީމުގައި މަޑުކުރަން ކަމަށެވެ.

މި ސީޒަނުގައި ރެއާލްގެ ފުރަތަމަ އެގާރައިން ޑެނީލޯއަށް ޖާގަ ލިބުން މަދުވިއިރު، އޭނާ ކުރިޔަށް އޮތް ސީޒަނަށް އެހެން ކްލަބަކަށް ބަދަލުވާނެ ކަމަށް ބެލެވުނެވެ. އެހެންނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން ޑެނީލޯ ބޭނުން ވަނީ ރެއާލްގައި މަޑުކޮށް ފުރަތަމަ އެގާރައިން ޖާގަ ހޯދުމަށް މަސައްކަތްކުރަންށެވެ.

އާސެނަލް އިން އެޓީމުގެ މިޑްފިލްޑަރު ހެކްޓާ ބެލެރިން ބާސާއަށް ވިއްކާލުމަށް ފަހު ޑެނީލޯ ގެންނަން އުޅޭ ކަމަށް ރިޕޯޓްތައް ބުނަމުން އަންނައިރު، ބާސާއަށް ބެލެރިން ބަދަލުވުމާ ގާތަށް ވަނީ އައިސްފައެވެ. އެހެންނަމަވެސް އެ މަގާމަށް ޑެނީލޯ ނޫން އެހެން ކުޅުންތެރިޔަކު ގެންނާނެ ކަމަށް ބެލެވެއެވެ.

ޕޯޗުގަލްގެ އެފްސީ ޕޯޓޯ ދޫކޮށްލުމަށް ފަހު، 2015 ވަނަ އަހަރު ރެއާލްއާ ގުޅުނު ޑެނިލޯވަނީ ފާއިތުވެދިޔަ ދެ ސީޒަނުގައި އެޓީމަށް ކުޅުނު 54 މެޗުގައި ތިން ލަނޑު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ އެޓީމާއެކު ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕާކަޕް އަދި ފީފާ ކްލަބް ވޯލްޑްކަޕް ވެސް ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
31 ޖެނުއަރީ 2017

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ

31 ޖެނުއަރީ 2017
މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
29 ޖެނުއަރީ 2017

ނެޓްބޯޅަ އޮފީސް މުބާރާތުގައި 16 ޓީމު ބައިވެރިވެއްޖެ

29 ޖެނުއަރީ 2017
ނެޓްބޯޅަ އޮފީސް މުބާރާތުގައި 16 ޓީމު ބައިވެރިވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު