Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލިވަޕޫލް

ލިވަޕޫލްގެ އައު ކެޕްޓަނަކަށް ވެން ޑައިކް، ވައިސް އަކަށް އާނޯލްޑް

ވެން ޑައިކް އަކީ މިވަގުތު ލިވަޕޫލްގައި ހުރި އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 އޯގަސްޓު 2023 | އަންގާރަ 03:06
ލިވަޕޫލްގެ އައު ކެޕްޓަން ވެން ޑައިކް

ލިވަޕޫލްގެ އައު ކެޕްޓަން ވެން ޑައިކް

ލިވަޕޫލްގެ އައު ކެޕްޓަނަކަށް އެ ޓީމަށް ކުޅެމުން އަންނަ ނެދެލެންޑްސްގެ ކެޕްޓަން ވާޖިލް ވެން ޑައިކް ހަމަޖައްސައިފި އެވެ.

ލިވަޕޫލްގެ ކެޕްޓަނަކަށް ރަސްމީކޮށް ވެން ޑައިކް ހަމަޖެއްސުމުގެ ކުރިން ވެސް އޭނާ ވަނީ އެ ޓީމުގެ ކެޕްޓަން ބޭންޑު އަޅައިގެން ކުޅެފަ އެވެ. ލިވަޕޫލްގެ އައު ކެޕްޓަނަކަށް ވެން ޑައިކް ހަމަޖެއްސީ އެ ޓީމުގެ ކުރީގެ ކެޕްޓަން ޖޯޑަން ހެންޑަސަން އެ ކުލަބު ދޫކޮށް، ސައުދީ ޕްރޯ ލީގުގެ އަލް އިއްތިފާގަށް ބަދަލުވުމާއެކު އެވެ. ވެން ޑައިކް އަކީ މިވަގުތު ލިވަޕޫލްގައި ހުރި އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ އެވެ. އަނެއްކޮޅުން އޭނާ ވަނީ އެ ޓީމުގެ ޑިފެންސްގެ މައި ތަނބެވެ. އުމުރުން 32 އަހަރުގެ ވެން ޑައިކް އެ ކުލަބުގެ ކެޕްޓަނަކަށް ހަމަޖެއްސިކަން ލިވަޕޫލް އިން ވަނީ ރަސްމީކޮށް އިއުލާން ވެސް ކޮށްފަ އެވެ.

ލިވަޕޫލްގެ ކެޕްޓަނަކަށް އޭނާ ހަމަޖެއްސުމުން މިވަގުތު ޓީމާއެކު ސިންގަޕޫރުގައި ހުރި ވެން ޑައިކް ބުނީ، މިއީ އޭނާގެ އިތުރުން އޭނާގެ އާއިލާ ވެސް ވަރަށް އުފާވެރި ދުވަހެއް ކަމަށެވެ. ވެން ޑައިކް ބުނީ، އެއީ މިވަގުތު އޭނާ އަށް ބުނެދޭން ވެސް ނޭންގޭހާ އުފާވެރިކަން ގެނުވި ކަމެއް ކަމަށެވެ. އިތުރަށް ވެން ޑައިކް ބުނީ، އޭނާގެ ކެޕްޓަން ކަމުގެ ދަށުގައި ކުލަބާއި ކުލަބުގެ ސަޕޯޓަރުން އުފާކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ. ސައުތުހެމްޓަން ދޫކޮށް 2018 ވަނަ އަހަރު ލިވަޕޫލަށް ބަދަލުވި ފަހުން ވެން ޑައިކް ވަނީ މިހާތަނަށް އެ ކުލަބަށް ކުޅެދިން 222 މެޗުގައި 19 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ ހަތް ތައްޓެއް ކާމިޔާބުކޮށްފަ އެވެ.

ލިވަޕޫލްގެ އައު ވައިސް ކެޕްޓަނަކަށް ހަމަޖެއްސީ އެ ޓީމަށް ކުޅެމުން އަންނަ އިންގްލެންޑުގެ ޑިފެންޑަރު ޓްރެންޓް އަލެކްސަންޑަ އާނޯލްޑް އެވެ. އޭނާގެ އިތުރުން ދެން އެ ކުލަބުގެ ދެ ވައިސް ކެޕްޓަނުންނަކީ އެންޑީ ރޮބާޓްސަން އަދި އެލިސަން ބެކާ އެވެ. އުމުރުން 24 އަހަރުގެ އާނޯލްޑް އޭނާގެ ސީނިއާ ކެރިއަރު ލިވަޕޫލް އިން ފެށީ 2016 ވަނަ އަހަރު އެވެ. އޭގެ ފަހުން މިހާތަނަށް އޭނާ ވަނީ އެ ކުލަބަށް 273 މެޗު ކުޅެދީ 16 ލަނޑު ޖަހައިފަ އެވެ.

އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މިވަގުތު ލިވަޕޫލް އަންނަނީ ސިންގަޕޫރުގައި ކޭމްޕު ކުރަމުންނެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ނިއުގެ ކެޕްޓަނަކަށް އިމްރާން ހަމަޖައްސައިފި

05 ފެބުރުއަރީ 2017
ނިއުގެ ކެޕްޓަނަކަށް އިމްރާން ހަމަޖައްސައިފި
03 ފެބުރުއަރީ 2017

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
28 ޖެނުއަރީ 2017

ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި

28 ޖެނުއަރީ 2017
ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި
23 ޖެނުއަރީ 2017

އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ

23 ޖެނުއަރީ 2017
އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު