Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އަލް އިއްދިހާދު

ލިވަޕޫލް ދޫކޮށް ފަބީނިއޯ އަލް އިއްތިހާދަށް ބަދަލުވެއްޖެ

ލިވަޕޫލް ދޫކޮށް އޭނާ އަލް އިއްތިހާދަށް ބަދަލުވީ ތިން އަހަރު ދުވަހުގެ އެއްބަަސްވުމެއްގެ ދަށުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 1 އޯގަސްޓު 2023 | އަންގާރަ 03:08
އަލް އިއްތިހާދުގެ ޖާޒީ އާއެކި ފަބީނިއޯ

އަލް އިއްތިހާދުގެ ޖާޒީ އާއެކި ފަބީނިއޯ

ލިވަޕޫލަށް ކުޅެމުން އައި ބްރެޒިލްގެ ޑިފެންސިވް މިޑްފީލްޑަރު ފަބީނިއޯ ސައުދީ ޕްރޯ ލީގުގެ އަލް އިއްތިހާދަށް ބަދަލުވެއްޖެ އެވެ.

ލިވަޕޫލާއެކު އޭނާ ސޮއިކޮށްފައިވާ އައު އެއްބަސްވުމުގެ މުއްދަތު ހަމަވާން ބާކީ ތިން އަހަރު އެބަ އޮތެވެ. މީގެ ކުރިން 2021 ވަނަ އަހަރު އޭނާ ވަނީ އިތުރު ފަސް އަހަރު އެ ކުލަބުގައި މަޑު ކުރުމަށް އެއްބަސްވުން އައު ކޮށްފަ އެވެ. ލިވަޕޫލް ދޫކޮށް އޭނާ އަލް އިއްތިހާދަށް ބަދަލުވީ ތިން އަހަރު ދުވަހުގެ އެއްބަަސްވުމެއްގެ ދަށުންނެވެ. އެ ކުލަބާއެކު އޭނާ ސޮއިކުރި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ފަބީނިއޯ ހޯދުމަށް އަލް އިއްތިހާދުން ވަނީ 40 މިލިއަން ޕައުންޑު ހޭދަކޮށްފަ އެވެ. މިއީ ލިވަޕޫލް ދޫކޮށް ސައުދީ ޕްރޯ ލީގަށް ބަދަލުވި ދެ ވަނަ ކުޅުންތެރިޔާ އެވެ. ފަބީނިއޯގެ ކުރިން އެ ޓީމުގެ ކެޕްޓަން ޖޯޑަން ހެންޑަސަން ވެސް ވަނީ ސައުދީ ލީގުގެ އަލް އިއްތިފާގަށް ސޮއިކޮށްފަ އެވެ.

މޮނާކޯ ދޫކޮށް ފަބީނިއޯ ލިވަޕޫލަށް ބަދަލުވީ 2018 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ އެ ކުލަބަށް ކުޅެދިން 219 މެޗުގައި 11 ލަނޑު ޖަހައިފަ އެވެ. ލިވަޕޫލާއެކު ފަބީނިއޯ ވަނީ ޖުމުލަ ހަތް ތައްޓެއް ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގު، އެފްއޭ ކަޕް، ކަރަބޯ ކަޕް، އެފްއޭ ކޮމިއުނިޓީ ޝީލްޑް، ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕް ހިމެނެ އެވެ. އުމުރުން 29 އަހަރުގެ ކުޅުންތެރިޔާ އަށް ބްރެޒިލް ޤައުމީ ޓީމުން ޖާގަ ލިބުނީ 2015 ވަނަ އަހަރު އެވެ. ޤައުމީ ޓީމަށް އޭނާ ވަނީ 29 މެޗެއް ކުޅެދީފަ އެވެ. ބްރެޒިލާއެކު ފަބީނިއޯ އެންމެ ފަހުން ކުޅެފައި ވަނީ މިދިޔަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕްގަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ

ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ

ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ

26 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު