Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޔާސީ އިންތިހާބު

މިހާތަނަށް ވޯޓުފޮށި ބެހެއްޓޭކަން ކަށަވަރުވީ 2 ގައުމެއްގައި

ސްރީ ލަންކާ، އިންޑިއާ، ޖަޕާން، ތައިލެންޑް، ޔޫއޭއީ އަދި ސިންގަޕޫރުގައި ވޯޓު ފޮށި ބެހެއްޓޭ އަދަދަށް ރަޖިސްޓްރީ ނުކުރޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 30 ޖުލައި 2023 | އާދީއްތަ 08:30
ބޭރު ގައުމުތަކުގައި ވޯޓު ފޮށި ބަހައްޓަނީ މަދުވެގެން 150 މީހުން ރަޖިސްޓްރީވުމުން

ބޭރު ގައުމުތަކުގައި ވޯޓު ފޮށި ބަހައްޓަނީ މަދުވެގެން 150 މީހުން ރަޖިސްޓްރީވުމުން

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓު ފޮށި ބަހައްޓަން ނިންމި ގައުމުތަކުގެ ތެރެއިން، ވޯޓު ފޮށި ބެހެއްޓޭނެކަން ކަށަވަރުވީ 2 ގައުމެއްގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި 8 ގައުމެއްގައި ވޯޓު ފޮށި ބަހައްޓަން ވަނީ ނިންމާފައެވެ. ނަމަވެސް ވޯޓު ފޮށި ބަހައްޓާނީ އެގައުމެއްގައި މަދުވެގެން 150 މީހުން ވޯޓުލާން ރަޖިސްޓްރީވުމުންނެވެ. ނަމަވެސް ރާއްޖޭން ބޭރުގައި ވޯޓުފޮށި ބެހެއްޓޭކަން މިހާތަނަށް ކަށަވަރުވެފައިވަނީ، މެލޭޝިޔާ އާއި އިނގިރޭސި ވިލާތުގައި އެކަނިއެވެ. އެހެން ޤައުމުތަކުގައި އަދި ވޯޓުފޮށި ބެހެއްޓޭވަރަށް ވޯޓުލާ މީހުން ރަޖިސްޓަރީ ވެފައިނުވާ ކަމަށް އިލެކްޝަނުން ބުނެއެވެ.

Advertisement - newsAdvertisement

ވޯޓޫ ފޮށި ބަހައްޓާނެ ގައުމުތައް މި ފަހަރު އެހެން ފަހަރުތަކާ އަޅާ ބަލާއިރު އިތުރެވެ. 8 ގައުމުގައި ބަހައްޓަން ނިންމާފައިވާ އިރު، 6 ގައުމެއްގައި ވޯޓު ފޮށި ބެހެއްޓޭނެ އަދަދަށް ރަޖިސްޓްރީވެފައި ނުވެއެވެ. އެ ގައުމުތަކަކީ ސްރީ ލަންކާ، އިންޑިއާ، ޖަޕާން، ތައިލެންޑް، ޔޫއޭއީ އަދި ސިންގަޕޫރުގައެވެ.

އޮންލައިންކޮށް ރީ-ރަޖިސްޓްރީކުރުމުގެ މުއްދަތު 31 ވަނަ ދުވަހުގެ މެންދަމު 12:00 އާއި ހަމައަށް ހުޅުވާލާފައިވާއިރު، އެ ފުރުސަތުގެ ބޭނުން ހިފައި އަވަހަށް ރީ-ރަޖިސްޓްރީވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އެދިފައެވެ. ހާޒިރުވެގެން ފޯމު ހުށަހެޅޭނީ 5 އޮގަސްޓުގެ ހަވީރު 4:00 އާއި ހަމައަށެވެ. މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ ރަޖިސްޓްރީވެފައިވާ ރަށް ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ރަޖިސްޓްރީވާން އެދޭ ފަރާތްތައް އެކަނި ކަމަށް އީސީން ބުނެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތްތައް އީސީން ކުރަމުންދާއިރު، ވީހާވެސް ގިނަ ރައްޔިތުންނަށް ވޯޓު ލެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްތައް ކޮމިޝަނުން ދަނީ ކުރަމުންނެވެ. އަދި ރިޔާސީ އިންތިޚާބަކީ އިންސާފުވެރި، ދެފުށް ފެންނަ އިންތިޚާބަކަށް ވެގެންދާނެ ކަމުގެ ޔަގީންކަން ކޮމިޝަނުން ދެއެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި 282،755 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިފައިވާ ކަމަށް އީސީން ހާމަކޮށްފައިވާއިރު އެންމެފަހުން 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 263،000 މީހުންނަށެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބު އޮންނާނީ 9 ސެޕްޓެމްބަރުގައެވެ. އަދި ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ ބާއްވާނީ 30 ސެޕްޓެމްބަރުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިހާތަނަށް 4.3 މިލިއަން ރުފިޔާ ޒަކާތުގެ ގޮތުގައި ވަނީ ލިބިފައި

މިހާތަނަށް 4.3 މިލިއަން ރުފިޔާ ޒަކާތުގެ ގޮތުގައި ވަނީ ލިބިފައި

24 ޖޫން 2017
މި ސަރުކާރުން މިހާތަނަށް 34 ރަށެއްގެ ބަނދަރު ހަދާ ނިންމައިފިން: މުއިއްޒު

މި ސަރުކާރުން މިހާތަނަށް 34 ރަށެއްގެ ބަނދަރު ހަދާ ނިންމައިފިން: މުއިއްޒު

12 ޖޫން 2017
މިހާތަނަށް 500 މީހުންނަށް ޑެންގީ ހުން ޖެހިފައިވޭ:އެޗްޕީއޭ

މިހާތަނަށް 500 މީހުންނަށް ޑެންގީ ހުން ޖެހިފައިވޭ:އެޗްޕީއޭ

11 ޖޫން 2017
މިސަރުކާރުން މިހާތަނަށް 25.5 ކިލޯމީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކޮށްފައިވާނެ: ތޯރިގް

މިސަރުކާރުން މިހާތަނަށް 25.5 ކިލޯމީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކޮށްފައިވާނެ: ތޯރިގް

06 ޖޫން 2017
ފެރީޓާރމިނަލް ސަރަހައްދުގައި ވަޅިން ހަމަލާދިން މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް

ފެރީޓާރމިނަލް ސަރަހައްދުގައި ވަޅިން ހަމަލާދިން މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް

16 މެއި 2017

އަހަރުތަކުން މިއަދު

28 އެޕްރީލު
އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟

ކާވެންޏަށް ލޯބިކުރާށެވެ.
20233 އަހަރު ކުރިން
އިސްލާމް

ކާވެންޏަށް ލޯބިކުރާށެވެ.

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟

ސްޓްރޯކް ޖެހެނީ ކިހިނެއް؟
20188 އަހަރު ކުރިން
ސިއްހަތު

ސްޓްރޯކް ޖެހެނީ ކިހިނެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު