Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑެންގީ ހުން

މިހާތަނަށް 500 މީހުންނަށް ޑެންގީ ހުން ޖެހިފައިވޭ:އެޗްޕީއޭ

11 ޖޫން 2017 | އާދީއްތަ 09:31

މިދުވަސް ވަރަކީ ޑެންގީ ހުން އިތުރުވާ ދުވަސް ވަރެއް

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 11 ޖޫން 2017 | އާދީއްތަ 09:31
ޑެންގީ ހުން ފަތުރާ މަދިރި

ޑެންގީ ހުން ފަތުރާ މަދިރި

މިއަހަރުގެ މިހާތަނަށް 503 މީހަކަށް ޑެންގީ ހުން ޖެހިގެން ރިޕޯޓް ކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭ އިން ބުނެފި އެވެ.

ރާއްޖެޓީވީގެ ހަބަރު ފީތާ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން، އެޗްޕީއޭގެ ޕަބްލިކް ހެލްތް ޕްރޮގްރާމް މެނޭޖަރ ސަނާ ސަލީމް ވިދާޅުވީ، މިދުވަސް ވަރަކީ އާއްމުގޮތެއްގައި ވެސް ޑެންގީ ހުން ފެތުރުން އިތުރުވާ ދުވަސް ވަރަކަށް ވުމާ އިރު، އެޗްޕީއޭ އިން ގިނަ މުހިއްމު މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ރަށްރަށުގެ ހެލްތް ސެންޓަރުތަކުގައި ސިއްހީ ހިދުމަތް ދޭ ތަންތަން މެދުވެރިކޮށް ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަނާ ވިދާޅުވީ، ޑެންގީ ޖެހިގެން ފަރުވާ ހޯދަން އަންނަ މީހުންގެ 35 ޕަސެންޓަކީ ބިދޭސީން ކަމަށެވެ. އެހެން ކަމުން ރާއްޖޭގައި ދިރިއުޅޭ ބިދޭސީން މިބައްޔަށް ހޭލުންތެރިކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

" އަޅުގަނޑުމެން، މޯލްޑިވްސް ރެޑް ކްރެސެންޓާއި ގުޅިގެން މި އަންނަނީ ބިދޭސީން މިބައްޔަށް ހޭލުންތެރި ކުރުމުގެ މަސައްކަތް ކުރަމުން." ސަނާ ވިދާޅުވި އެވެ.

ސަނާ ވިދާޅުވީ، ޑެންގީ ކޮންޓްރޯލް ކުރުމަށްޓަކާއި އެންމެ މުހިއްމު މަސައްކަތަކީ ފަރުދީ ފެންވަރުގައި ކުރެވޭނެ މަސައްކަތް ކަމަށާއި އެގޮތުން ފެން ހަރުލާ ޒާތުގެ ތަކެތި ނައްތާލުމަށާއި ސާފުތާހިރު ކަމަށް ސަމާލުވުމަށް ހުރިހާ ރައްޔިތުންނަށް ވަނީ ގޮވާލައްވާފަ އެވެ.

ޑެންގީ އާއި ގުޅޭ ގޮތުން ހެލްތް މިނިސްޓްރީގެ ސީނިޔާ ޕަބްލިކް ހެލްތް ޕްރޮގްރާމު އޮފިސަރ ފާތިމަތު ރަޝީދާ ވިދާޅުވީ ޑެންގީ ހުން ރާއްޖޭގައި އެންމެ ގިނައިން ފެތުރެމުންދަނީ ޖެނުއަރީ މަހާއި މެއި، ޖޫން، ޖުލައިގެ އިތުރުން ނޮވެމްބަރު ހިސާބުގައި ކަމަށެވެ. މިދުވަސް ވަރަށް ހާއްސަކޮށް އެ މިނިސްޓްރީން ވަރަށް މުހިއްމު މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، މި ބައްޔަށް އާއްމުން ހޭލުންތެރިކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށެވެ.

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް