Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރީ-ރަޖިސްޓްރީ ކުރުން

މިހާތަނަށް ރީ-ރަޖިސްޓްރީ ކުރަން ހުށަހެޅީ 11933 ފޯމު

8624 ފޯމު ލިބިފައިވަނީ އޮންލައިންކޮށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 30 ޖުލައި 2023 | އާދީއްތަ 08:47
ރީ-ރަޖިސްޓްރޭޝަންގެ ތަރުހީބު ކުޑަކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނޭ

ރީ-ރަޖިސްޓްރޭޝަންގެ ތަރުހީބު ކުޑަކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނޭ

ރީ-ރަޖިސްޓްރީ ކުރަން މިހާތަނަށް ހުށަހެޅީ 11933 ފޯމު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ހޮނިހިރު ދުވަހުގެ ނިޔަލަށް ރީ- ރަޖިސްޓްރީ ކުރަން ހުށަހެޅީ 11933 ފޯމު ކަމަށާއި، މީގެ ތެރެއިން 8624 ފޯމު ލިބިފައިވަނީ އޮންލައިންކޮށް ކަމަށެވެ.

Advertisement - newsAdvertisement

އިލެކްޝަންސް ކޮމިޝަނުން ވަނީ ވީހާ ވެސް އަވަހަކަށް ރީ-ރަޖިސްޓްރީ ކުރުމަށް އެދިފައެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ މިހާރު ރީ-ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުގެ މަޢުލޫމާތު އީސީގެ ވެބްސައިޓުގައި ހާމަކުރުމުގެ އިތުރުން ސިޔާސީ ޕާޓީތަކާ ވެސް ޙިއްސާ ކުރެވެމުންދާ ކަމަށެވެ.

މިހާތަނަށް ލިބިފައިވާ 11933 ފޯމްގެ ތެރެއިން 9758 ފޯމް ވަނީ ބަލައިގަނެ ރީ-ރަޖިސްޓްރީކޮށްދީފައެވެ. 2138 ފޯމް ވަނީ ރިޖެކްޓް ކޮށްފައެވެ.

ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި، ރަޖިސްޓްރީވެފައިވާ ތަން ނޫން އެެހެންތަނެއްގައި ވޯޓުލާނަމަ ރީ-ރަޖިސްޓްރީކުރަން ޖެހެއެވެ. އެ ފުރުސަތު ހުޅުވާލާފައިވަނީ 16 ޖުލައިގައެވެ. 21 ދުވަސް މިކަމަށް ކަނޑައަޅާފައިވާއިރު، މި މުއްދަތު ހަމަވާނީ އަންނަ މަހުގެ 5 ވަނަ ދުވަހަށެވެ. ނަމަވެސް އޮންލައިންކޮށް ރީރަޖިސްޓްރީކުރެވޭނީ މި މަހުގެ 31 ވަނަ ދުވަހުގެ ދަންވަރު 12:00 އަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މި ފަހަރުގެ އިންތިހާބުގައި ގާތްގަނޑަކަށް 30،000 އާއި 40،000 އާއި ދެމެދުގެ އަދަދަކަށް މީހުން ރީ-ރަޖިސްޓްރީކުރާނެކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް މިހާތަނަށް ރީ-ރަޖިސްޓްރީކޮށްފައިވަނީ 11933 މީހުން ކަމަށާއި، އެއީ ނިސްބަތުން މަދު އަދަދެއްކަމަށެވެ. މި މަހުގެ 31 ވަނަ ދުވަހުގެ ރޭގަނޑު 12:00 އާއި ހަމައަށް އޮންލައިންކޮށް ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު، އެ ފުރުސަތުގެ ބޭނުން ހިފައިގެން ވީހާވެސް ގިނަ ބަޔަކު އޮންލައިންކޮށް ރީ-ރަޖިސްޓްރީވުމަށް އިލެކްޝަންސް ކޮމިޝަނުން އެދެއެވެ.

ހާޒިރުވެގެން ފޯމު ހުށަހެޅޭނީ 5 އޮގަސްޓުގެ ހަވީރު 4:00 އާއި ހަމައަށެވެ. މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ ރަޖިސްޓްރީވެފައިވާ ރަށް ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ރަޖިސްޓްރީވާން އެދޭ ފަރާތްތައް އެކަނި ކަމަށް އީސީން ބުނެއެވެ. އީސީން ވަނީ ފަހު ވަގުތަށް މަޑުނުކޮށް ވީހާވެސް އަވަހަކަށް ރީ-ރަޖިސްޓްރޭޝަންގެ ކަންކަން ނިންމުމަށް އެދިފައެވެ.

ރީ ރަޖިސްޓްރޭޝަންގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރި އެހެން ރަށްތަކުގެ މީހުން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރަޖިސްޓްރީވެފައި އޮންނާނީ މާލޭގައެވެ. އެހެންކަމުން މި އިންތިޚާބުގައި ވެސް މާލެއަށް ވޯޓުލާ ފަރާތްތަކުން އަލުން ރަޖިސްޓްރީ ކުރަން ނުޖެހޭނެއެވެ. ނަމަވެސް މާލެ ނޫން އެހެން ރަށަކަށް މިފަހަރު ވޯޓުލާނަމަ އެ ފަރާތްތަކުން ވެސް އަލުން ރަޖިސްޓްރީވާން ޖެހޭނެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ ނޫން އެހެން ރަށްތަކުގައި ރަޖިސްޓްރީވެފައިވާ މީހުން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރަޖިސްޓްރީވެފައި އޮންނާނީ އެ މީހެއްގެ ދާއިމީ އެޑްރެހުގައެވެ. މިއަހަރުގެ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މައުލޫމާތު ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) ގެ ޒަރިއްޔާއިން ޗެކްކުރެވޭނެއެވެ. މީގެއިތުރުން (VR space ID.No Send to 1414) އެސްއެމްއެސް ކޮށްގެން ވެސް ޗެކްކުރެވޭނެއެވެ.

ރީ ރަޖިސްޓަރީ ވުމަށް އެދި ފޯމު ހުށަހަޅާނީ އީސީގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް ނުވަތަ މާލޭ ފިޔަވައި މީހުން ދިރިއުޅޭ އެހެން ރަށްތަކުން އެރަށެއްގެ ކައުންސިލް އިދާރާއަށް އަދި އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއަށެވެ. މާލޭގައިނަމަ، އިންތިޚާބާ ބެހޭ މަރުކަޒު ކަމަށްވާ ދަރުބާރުގެ އިން ފޯމުތައް ބަލައިގަންނާނެއެވެ. ރީ ރަޖިސްޓަރީވުމަށް އެދޭ ފޯމު އީސީގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދެ ވަނަ ބުރެއް މިހާތަނަށް ބާއްވަން ޖެހެނީ ކުރިނބި އާއި ކޮމަންޑޫގައި:އީސީ

ދެ ވަނަ ބުރެއް މިހާތަނަށް ބާއްވަން ޖެހެނީ ކުރިނބި އާއި ކޮމަންޑޫގައި:އީސީ

13 މެއި 2017
މިއަހަރުގެ މިހާތަނަށް 430 މީހުން ވަނީ ޑެންގީ ބައްޔަށް ވަނީ ޕޮސިޓިވްވެފައި

މިއަހަރުގެ މިހާތަނަށް 430 މީހުން ވަނީ ޑެންގީ ބައްޔަށް ވަނީ ޕޮސިޓިވްވެފައި

03 މެއި 2017
ރިޔާޒްގެ ޝަރީއަތް: ބުދަ ދުވަހު ކޯޓަށް ހުށަހެޅީ، ބުރާސްފަތި ދުވަހު ޝަރީއަތް ފަށަނީ!

ރިޔާޒްގެ ޝަރީއަތް: ބުދަ ދުވަހު ކޯޓަށް ހުށަހެޅީ، ބުރާސްފަތި ދުވަހު ޝަރީއަތް ފަށަނީ!

12 އެޕްރީލު 2017
މަސީހުގެ މައްސަލަ ހުށަހެޅީ ގައުމު ހަލަބޮލި ކުރަން: ސަރުކާރު

މަސީހުގެ މައްސަލަ ހުށަހެޅީ ގައުމު ހަލަބޮލި ކުރަން: ސަރުކާރު

09 އެޕްރީލު 2017
ރީ-ރެޖިސްޓްރޭޝަން ފޯމު މޮބައިލް ސްޓޭޝަންތަކަށް ހުށަހެޅުމުގެ ސުންގަޑި އަވަސްކޮށްފި

ރީ-ރެޖިސްޓްރޭޝަން ފޯމު މޮބައިލް ސްޓޭޝަންތަކަށް ހުށަހެޅުމުގެ ސުންގަޑި އަވަސްކޮށްފި

08 މާރިޗު 2017

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު