Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުކުއްތާއަކަށް ބަދަލުވި މީހެއް

ކުއްތާއެއްގެ ހެދުން އަޅައި، ކުއްތާއަކަށް ބަދަލުވި ޖަޕާނު މީހެއްގެ ވާހަކަ

ޓޯކޯއަކީ އަސްލު ކާކުކަން ހާމަކޮށްފައެއްނުވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 29 ޖުލައި 2023 | ހޮނިހިރު 10:10
ކުއްތާއަކަށް ބަދަލުވި ޖަޕާނު މީހާ "ޓޯކޯ"

ކުއްތާއަކަށް ބަދަލުވި ޖަޕާނު މީހާ "ޓޯކޯ"

ޖަނަވާރަކަށް ބަދަލުވުމުގެ ޝައުގުވެރިކަން ގެންގުޅެމުން އައި ޖަޕާނު ފިރިހެނަކު އޭނާގެ އުންމީދު ފުރިހަމަކޮށްފިއެވެ. މިގޮތުން އޭނާ ވަނީ ކުއްތާއެއްގެ ޚާއްސަ ކޮސްޓިއުމެއް ތައްޔާރުކުރުމަށް 20ހާސް ޑޮލަރު ޚަރަދުކޮށްފައެވެ.

އަދި މިކޮސްޓިއުމް އަޅައިގެން އޭނާ ވަނީ މަގުމައްޗަށް ނުކުމެ، އެހެން ބައެއް ކުއްތާތަކަށް ވެސް އޮޅޭފަދަ ހަރަކާތްތަކެއް ދައްކާފައެވެ.  

ހަމައެކަނި ޓޯކޯގެ ނަމުން އަދި މީޑިޔާތަކަށް އެނގޭ މިމީހާ ވަނީ އޭނާގެ ޔޫޓިއުބް ޗެނެލް މެދުވެރިކޮށް، އޭނާ ކުއްތާގެ ހެދުމުގައި ހަރަކާތްތެރިވާ ވީޑިއޯއެއް ހާމަކޮށްފައެވެ. މި ވީޑިއޯގައި، އެހެންވެސް ކުއްތާތައް ފަދައިން، ހަދިޔާއެއް ދިނުމުން އެކި ކުޅިވަރުތައް ދައްކަޢިހަދައެވެ. އަދި އެ ހަރަކާތްތަކުގައި އެހެން ބައެއް ކުއްތާވެސް އޭނާއާއެކު ބައިވެރިވާތަން ފެނެއެވެ.

ޓޯކޯއަކީ ހަގީގަތުގައި ކާކުކަން އޭނާގެ ގާތް މީހުންނަށްވެސް ނޭނގޭކަމަށް ވެއެވެ. އޭނާއަކީ ކުއްތާއަކަށް ނުވަތަ ޖަނަވާރަކަށް ވުމަށް ވަރަށް ބޮޑަށް ޝައުގުވެރިކަމެއް ހުންނަ މީހެއް ކަމަށް ޔޫޓިއުބް ވީޑިއޯގައި އޭނާ ބުނެފައިވެއެވެ. އޭނާއަކީ ކާކުކަން ހާމަ ނުކުރަނީ މީހުން އޭނާއަކީ "ވިއަރޑް" މީހެއް ކަމަށް ބުނާނެތީ ކަމަށް ޓޯކޯ ބުނެފައިވެއެވެ. އެހެން މީހުންވެސް ކުޑައިރުއްސުރެ ވަކި "ސުޕަރހީރޯ" އަކަށް ނުވަތަ ޖާދޫ ގަރަކަށް ކަހަލަ މީހަކަށް ވާން އެދޭފަދައިން، ކުޑައިރުން ފެށިގެންވެސް އޭނާ ވާހިތްވަނީ ކުއްތާއަކަށް ކަމަށް ޓޯކޯ ބުނެފައިވެއެވެ. ގްރޭޑް ސްކޫލް ގްރެޖުއޭޝަން ފޮތުގައިވެސް އޭނާ ލިއުނީ ކުއްތާއަކަށް ވެގެން ބޭރުގައި ހިނގާލަން ދާން އެދޭ ވާހަކަ ކަމަށް ބުނެފައި ވެއެވެ. އެގޮތުން މި ކަމަކީ އޭނާގެ ކުޑައިރުގެ ހުވަފެނެއް ހަގީގަތަކަށް ހެދުމަށް ކުރި ކަމެއް ކަމަށްވެސް ބުނެފައި ވެއެވެ.

ޓޯކޯ މަގުމަތީގައި ހިނގާލުމަށް ގެންދާއިރު އެހެން ކުއްތާތަކާ މައްލަވަކޮށް، އެ އެއްޗެތިވެސް ޓޯކޯ ގާތަށް އައިސް ކުޅެއުޅޭތަން ފެނެއެވެ.

ޓޯކޯގެ ކޮސްޓިއުމް ފަރުމާކޮށް، އުފައްދާފައިވަނީ ޓީވީ އިސްތިހާރުތަކަށް އެފަދަ ކޮސްޓިއުމްތައް އުފައްދާ، ޖަޕާނުގެ ކުންފުންޏެއް ކަމަށްވާ ޒެޕެޓް އިންނެވެ.   

އިތުރަށް ކިޔާލަން

01 އެޕްރީލު 2022

ރާނީގެ ހެދުންކޮޅުތަކާއިއެކު 4 މަހަށް ދެމިގެންދާ މައުރަޒެއް ހުޅުވައިފި

01 އެޕްރީލު 2022
ރާނީގެ ހެދުންކޮޅުތަކާއިއެކު 4 މަހަށް ދެމިގެންދާ މައުރަޒެއް ހުޅުވައިފި
18 އޮކްޓޯބަރު 2019

އިނގިރޭސި ޝާހީ ޢާއިލާ ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގައި ކޭޓް ތުރުކުރެއްވި ހެދުންކޮޅު އެންމެންގެ ސަމާލުކަމަށް!

18 އޮކްޓޯބަރު 2019
އިނގިރޭސި ޝާހީ ޢާއިލާ ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގައި ކޭޓް ތުރުކުރެއްވި ހެދުންކޮޅު އެންމެންގެ ސަމާލުކަމަށް!
22 ފެބުރުއަރީ 2019

އަމިއްލަ ގެއަކަށް ބަދަލުވި ކަމަށް ދެކެވޭ ވާހަކަތަކަށް ސާރާ ރައްދު ދީފި

22 ފެބުރުއަރީ 2019
އަމިއްލަ ގެއަކަށް ބަދަލުވި ކަމަށް ދެކެވޭ ވާހަކަތަކަށް ސާރާ ރައްދު ދީފި
09 ޖެނުއަރީ 2019

ޖާންވީގެ ހެދުންތައް އެޕްރޫވް ކުރަނީ ބައްޕަ

09 ޖެނުއަރީ 2019
ޖާންވީގެ ހެދުންތައް އެޕްރޫވް ކުރަނީ ބައްޕަ
07 މެއި 2018

ކަންގަނާގެ ކޭންސް ހެދުންތައް ޑިޒައިން ކުރާނީ ސަބްޔާ

07 މެއި 2018
ކަންގަނާގެ ކޭންސް ހެދުންތައް ޑިޒައިން ކުރާނީ ސަބްޔާ
22 ޖެނުއަރީ 2018

ލޮރެއާލްގެ ޝޭމްޕޫގެ އިސްތިހާރަކުން ބުރުގާ އަޅައިގެން ހުރި އަންހެނަކަށް ޖާގަ ލިބިއްޖެ

22 ޖެނުއަރީ 2018
ލޮރެއާލްގެ ޝޭމްޕޫގެ އިސްތިހާރަކުން ބުރުގާ އަޅައިގެން ހުރި އަންހެނަކަށް ޖާގަ ލިބިއްޖެ
12 ޖެނުއަރީ 2018

ބޮސްޓަން މިއުޒިއަމް އޮފް ފައިން އާޓްސްއިން ކުއްތާއަކަށް ވަޒީފާ ދީފި

12 ޖެނުއަރީ 2018
ބޮސްޓަން މިއުޒިއަމް އޮފް ފައިން އާޓްސްއިން ކުއްތާއަކަށް ވަޒީފާ ދީފި
10 ނޮވެމްބަރު 2017

ކުއްތާއެއްގެ ކަންފަތް ތެރޭގައި ޑޮނަލްޑް ޓްރަމްޕް!

10 ނޮވެމްބަރު 2017
ކުއްތާއެއްގެ ކަންފަތް ތެރޭގައި ޑޮނަލްޑް ޓްރަމްޕް!
21 މެއި 2017

ކޭންސް ފިލްމު ފެސްޓިވަލްގައި އެންމެ ރީތީ އައިޝްވަރިޔާގެ ހެދުން

21 މެއި 2017
ކޭންސް ފިލްމު ފެސްޓިވަލްގައި އެންމެ ރީތީ އައިޝްވަރިޔާގެ ހެދުން
03 މެއި 2017

މެޓް ގާލާގެ ހެދުން ތަކުން ދީޕިކާ ޕަދުކޯންގެ ހެދުމަށް ޓްވިޓާގައި ތައުރީފް

03 މެއި 2017
މެޓް ގާލާގެ ހެދުން ތަކުން ދީޕިކާ ޕަދުކޯންގެ ހެދުމަށް ޓްވިޓާގައި ތައުރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު