ރަޝިޔާ ސަފީރު، ޑިފެންސް މިނިސްޓަރ މާރިޔާގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތްކުރައްވައިފި
29 ޖުލައި 2023 | ހޮނިހިރު 01:08ރާއްޖެ އާއި ރަޝިޔާ އާއި ގައުމުގެ ދެމެދުގަައިވާ ގުޅުން ބަދަހި ކުރުމަށް ކުރެވެން ހުރި މަސައްކަތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވޭ


ރަޝިއާއިން ދިވެހި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ލެވަން ދެޒްހަގްރޭން ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއްކުރެއްވުން
ރަޝިއާއިން ދިވެހި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ލެވަން ދެޒްހަގްރޭން ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއްކުރައްވައިފިއެވެ.
މިނިސްޓރީ އޮފް ޑިފެންސްގައި ބޭއްވެވި މި ބައްދަލުކުރެވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖެއާއި ރަޝިޔާއާ ދެމެދުއޮތް ގުުޅުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ރާއްޖެ އާއި ރަޝިޔާ އާއި ދެގައުމުގެ ދެމެދުގަައިވާ ގުޅުން ބަދަހި ކުރުމަށް ކުރެވެން ހުރި މަސައްކަތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
ރަޝިޔާ ސަފީރު ވަނީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި ވެސް ބައްދަލުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ސަފީރު ވަނީ މިނިވަން ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕޫޓިންގެ ފަރާތްޕުޅުން ރާއްޖޭގެ ރައީސުލްޖުމްޙޫރިއްޔާއަށް އިބްރާޙީމް މުހައްމަދު ސާލިޙަށް އަރިސްކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.



