Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުޅުދުއްފުށި އެއަރޕޯޓްގެ މަސައްކަތް

ކުޅުދުއްފުށި އެއަރޕޯޓްގައި ޖެހި ރިވެޓްމަންޓުގެ ސަބަބުން ވަރަށް ބޮޑަށް އުދައިން އެއާޕޯޓު ރައްކާތެރި ކުރެވިފައިވޭ: އާޒިމް

މިއީ ރާއްޖޭގައި ޖެހުނު އެންމެ ބޮޑު ރިވެޓްމަންޓް

އަމްނާ އިމާދު
އަމްނާ އިމާދު | 28 ޖުލައި 2023 | ހުކުރު 14:02
ކުޅުދުއްފުށި އެއަރޕޯޓް ސަރަހައްދުގައި ޖެހި ރިވެޓްމަންޓު

ކުޅުދުއްފުށި އެއަރޕޯޓް ސަރަހައްދުގައި ޖެހި ރިވެޓްމަންޓު

ކުޅުދުއްފުށި ސިޓީ އެއަރޕޯޓްގައި ޖެހި ރިވެޓްމަންޓުގެ ސަބަބުން ވަރަށް ބޮޑަށް އުދައިން އެއާޕޯޓު ރައްކާތެރި ކުރެވިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އެމްޓީސީސީން ވަނީ އެ މަޝްރޫއުގެ މަސައްކަތްކޮށް ނިންމާފައެވެ. އެމަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާ ގޮތްތައް ބައްލަވާލެއްވުމަށްފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އާޒިމް ވިދާޅުވީ، ކުޅުދުއްފުށި އެއާޕޯޓު ރިވެޓްމަންޓު ކުރިން ޖަހާފައިވަނީ އެހާ ރަނގަޅަށް ނޫން ކަމަށާއި، އެ ރިވެންމަންޓު އެއްކޮށް ނަގާފައިވާ ކަމަށެވެ. ފުރަތަމަ ޖެހި ރިވެންޓްމަންޓުން ވަރަށް ބޮޑަށް އެއާޕޯޓަށް އުދައާރާ ގެއްލުންވިކަން އާޒިމް ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ރޭގަނޑު ފްލައިޓް ޖެއްސުމަށް ރަންވޭ ދިއްލުމުގެ މަސައްކަތް ވެސް ނުކުރެވުނު ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް ފަހުން ޖެހިގެން ދިޔަ ރިވެޓްމަންޓާއެކު މިފަދަ މައްސަލަތައް ކުރިމަތިނުވާ ކަމަށާއި، މިފަހަރު އެރި އުދައިގައި ވެސް ރިވަޓްމަންޓަށް ވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ. އަދި މިހާރު ރޭގަނޑު ފްލައިޓް ޖެއްސޭ ގޮތަށް ލައިޓް ސިސްޓަމް ހަރުކުރެވިފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ އެމްޓީސީސީން ޑިޒައިންކޮށް ޖެހި މި ރިވެޓްމަންޓަކީ މިފަހުން ޖެހުނު އެންމެ ބޮޑު ރިވެޓްމަންޓް ކަމަށެވެ.

ކުޅުދުއްފުށީގެ އެއަރޕޯޓް ތަރައްގީ ކުރުމަށް އެރަށުގެ ކުޅި ހިމެނޭހެން 15 ހެކްޓަރުގެ ބިންވަނީ ހިއްކާފައެވެ. މީގެތެރެއިން 6 ހެކްޓަރު ހިއްކާފައިވަނީ ރަށުގެ ފަޅުތެރެއިންނެވެ. އެ ސަރަހައްދު ޙިމާޔަތްކުރުމަށް ފުރަތަމަ ޖަހާފައިވަނީ 590 މީޓަރުގެ ދިގު، 1.6 މީޓަރުގެ އުސް ބޮޑުހިލައިގެ ތޮއްޓެކެވެ. ނަމަވެސް ވިއްސާރަވެ މޫސުންގޯސްވުމުގެ ސަބަބުން، މި ތޮއްޓަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެގޮތުން 300 މީޓަރުގެ ބޮޑު ސަރަހައްދަކަށް މީގެކުރިން ގެއްލުން ވެފައިވެއެވެ. އެއަށްފަހު މި މައްސަލަ ހައްލުކުރުމަށް އެމްޓީސީސީއާ މި މަސައްކަތް ހަވާލުކުރެވުނެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
01 ފެބުރުއަރީ 2017

މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

01 ފެބުރުއަރީ 2017
މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!
01 ފެބުރުއަރީ 2017

ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި

01 ފެބުރުއަރީ 2017
ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު