Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރެޑްކްރެސެންޓްގެ އައްޑޫ ދުވުން

އިންސާނިއްޔަތަށްޓަކައި ކުރާ ކަމެއްގައި ބައިވެރިވެރިވާން ބޭނުންނަމަ ތައްޔާރުވާންވީ ރެޑްކްރެސެންޓުން އައްޑޫގައި ބާއްވާ ދުވުމަށް

28 ޖުލައި 2023 | ހުކުރު 11:03

ދުވުން އޮންނާނީ އޯގަސްޓް 18 ވާ ހުކުރު ދުވަހު އައްޑޫސިޓީގައި

އައިޝަތު މުހައްމަދު
އައިޝަތު މުހައްމަދު | 28 ޖުލައި 2023 | ހުކުރު 11:03
އައްޑޫގައި ބޭއްވި ރެޑްކްރެސެންޓްގެ ދުވުމެއް

އައްޑޫގައި ބޭއްވި ރެޑްކްރެސެންޓްގެ ދުވުމެއް

ކާރިސާތަކުގެ ވަގުތުގައްޔާއި ޢާންމު ޙާލަތްތަކުގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ނާޒުކު ފަރާތްތަކަށް ދިވެހި ރެޑް ކްރެސެންޓުގެ ދަރުމަވެރިން ފޯރުކޮށްދޭ ޚިދުމަތްތަކަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދުވުމެއް ބާއްވަން ހަމަޖައްސައިފިއެވެ.

"ރަން ފޯރ ހިއުމަނިޓީ 2023" ގެ ނަމުގައި ބާއްވާ މި ދުވުން ބާއްވާގޮތަށް ހަމަޖެހިފައިވަނީ އަންނަ އޯގަސްޓް މަހުގެ 18 ވާ ހުކުރު ދުވަހު އައްޑޫސިޓީގައެވެ. އެދުވަހު ހަވީރު 4 އިން 6 އަށް ކުރިއަށްދާ މި އިވެންޓް ފަށާނީ އައްޑޫސިޓީ ހިތަދޫ ސިޓީ ސްކޮޔަރ އިންނެވެ.

Advertisement - newsAdvertisement

މިއީ ދިވެހި ރެޑް ކްރެސެންޓު ދުވަހާއި ބައިނަލްއަޤުވާމީ އިންސާނިއްޔަތަށް މަސައްކަތްކުރާ ދުވަސް ފާހަގަކުރުމުގެ ގޮތުން މޯލްޑިވިއަން ރެޑް ކްރެސެންޓް، އައްޑޫސިޓީ އޮފީހުން އިންތިޒާމް ކޮށްގެން ބާއްވާ ޙަރަކާތެކެވެ. އެމްއާރްސީ އައްޑޫ އޮފީހުގެ އެމަޖެންސީ ރެސްޕޮންސް ހަރުދަނާކޮށް، އެއިދާރާއިން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަތިވެރި މަގްސަދު، މިކަމުގެ ތެރޭގައި ހިމެނޭ އިރު މި އެހީ ވެގެންދާނީ ކުއްލި ހާލަތްތަކުގައާއި ކާރިސާތަކުގައި ދިވެހި ރެޑް ކްރެސެންޓުން އިޖާބަދިނުމަށް ކުރާ މަސައްކަތްތަކަށް ލިބިގެންދާނެ ވަރަށް މުހިންމު އެހީ އަކަށް ކަމަށް ރާއްޖެ އެމްވީ އާއި ވާހަކަ ދައްކަމުން  އެމްއާރްސީގެ އޮފިޝަލް ވިދާޅުވެފައިވެއެވެ.

ރަންފޯރ ހިއުމަނިޓީ ދުވުމުގައި ރަޖިސްޓްރީ ވުމަށް 200 ރުފިޔާގެ ފީއެއް ނަގައެވެ. މިހަރަކާތުގެ  ކޮންމެ ބައިވެރިއަކަށް ވެސް އެއް ބިބް ލިބުމުގެ އިތުރުން،އެކިސާމާނު އަޅައިގެން އުފުލާލެވޭފަދަ  ޚާއްސަ ޓޯޓް ބޭގް އެއް ލިބޭނެއެވެ. އޭގެއިތުރުން ކޮންމެ ބައިވެރިއަކަށް ވެސް މެޑެލް ލިބިގެންދާނެއެވެ. ދުވުމުގައިރަޖިސްޓްރީ ވުމަށް މިލިންކު ބޭނުންކުރައްވާ!

ވޭތުވެދިޔަ ދުވަސްތަކުގައިވެސް ދިވެހި ރެޑް ކްރެސެންޓުގެ އައްޑޫ ގޮފިން ވަނީ އެސިޓީގައި ހިނގާދިޔަ ގިނަ  ކާރިސާތަކަށް އިޖާބަދެއްވާފައެވެ. އެގޮތުން ވާރޭ ވެހިގެން ފެންބޮޑުވުމާއި،އުދައެރުމުގެ ޙާދިސާތަކާއި، އަލިފާނުގެ ހާދިސާތަކާއި، އަދި އެކްސިޑެންޓްވުންފަދަ ކަންތައްތަކަށް ފޯރުކޮށްދޭ އެހީ ފާހަގަކުރެވެއެވެ. މިއާއެކު މިސިޓީގައި ފެތުރޭ އެކިއެކި ބަލިތަކާއި މޫސުމީ ރޯގާތައް ފެތުރުން އިތުރުވާ ދަނޑިވަޅުތަކުގައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައިވެސް ސަރުކާރުގެ އެކި ވުޒާރާތަކާއެކު ދިވެހި ރެޑް ކްރެސެންޓް ހަރަކާތްތެރިވާތަން ފެނެއެވެ. މިއާއެކު އެކިކަންކަމުގައި ރައްޔިތުން ބާރުވެރިކޮށް،ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށް، ހޭލުންތެރި ކުރުމުގައިވެސް ރެޑް ކްރެސެންޓް މުހިންމު ދައުރެއް އަދާ ކުރެއެވެ.  

ޤާނޫނު ނަންބަރު 7/2009 ގެ ދަށުން ދިވެހި ރެޑް ކްރެސެންޓް އުފެދިފައިވަނީ 16 އޮގަސްޓް 2009 ގައެވެ. ދިވެހި ރެޑް ކްރެސެންޓުގެ އަސާސީ މަޤުޞަދަކީ ހާލުގައިޖެހިފައިވާ ފަރާތްތަކާއި ނާޒުކު އަދި ނިކަމެތި ފަރާތްތަކަށް އިންސާނިއްޔަތުކަމުގެ އެހީ ފޯރުކޮށްދިނުމުގައި މުސްތަޤިއްލުކަމާއިއެކު މަސައްކަތްކޮށް، އެފަރާތްތައް އެފަދަ ހާލަތްތަކުން އަރައިގަތުމަށް އެހީތެރިވެ، ރައްކާތެރިކުރުމަށް މަސައްކަތް ކުރުމެވެ.

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

11 ޖުލައި 2018

ޝަހީމް އުޅުއްވަނީ އިބޫގެ ވެރިކަމެއްގައި އިމްރާންގެ އެހީގައި ޗާންސެލަރގެ މަޤާމު ދިފާޢުކުރައްވަން: ނަޒީރު

11 ޖުލައި 2018
ޝަހީމް އުޅުއްވަނީ އިބޫގެ ވެރިކަމެއްގައި އިމްރާންގެ އެހީގައި ޗާންސެލަރގެ މަޤާމު ދިފާޢުކުރައްވަން: ނަޒީރު
04 ޖޫން 2018

އަހަރެމެން އެދޭ ވެރިކަމެއްގައި ސިއްރުހެކި ނެގުން މަނާކުރާނަން: ސުއޫދު

04 ޖޫން 2018
އަހަރެމެން އެދޭ ވެރިކަމެއްގައި ސިއްރުހެކި ނެގުން މަނާކުރާނަން: ސުއޫދު
23 ޖެނުއަރީ 2018

ޕީޕީއެމް ވަނީ ޤާނޫނީ ހުސްކަމެއްގައި، ރިޔާސީ ޓިކެޓުދޭނެ ފަރާތެއް ކަނޑައެއް ނޭޅޭނެ: ރައީސް މައުމޫން

23 ޖެނުއަރީ 2018
ޕީޕީއެމް ވަނީ ޤާނޫނީ ހުސްކަމެއްގައި، ރިޔާސީ ޓިކެޓުދޭނެ ފަރާތެއް ކަނޑައެއް ނޭޅޭނެ: ރައީސް މައުމޫން
19 ޖެނުއަރީ 2018

ޤާސިމްގެ ރިޒޯޓްތަކަށް ފުލުހުންނާއި ކަސްޓަމާއި މީރާ އެރުވީ މިނިސްޓަރ ސައީދު، ޒާތީ ރުޅިވެރިކަމެއްގައި: ސަމީރު

19 ޖެނުއަރީ 2018
ޤާސިމްގެ ރިޒޯޓްތަކަށް ފުލުހުންނާއި ކަސްޓަމާއި މީރާ އެރުވީ މިނިސްޓަރ ސައީދު، ޒާތީ ރުޅިވެރިކަމެއްގައި: ސަމީރު
30 ނޮވެމްބަރު 2017

ޝަރުއީ ދާއިރާ އިސްލާހް ކުރަން ބޭނުންނަމަ އަބްދުﷲ ސައީދު މަގާމުން ދުރުކުރަން ޖެހޭ: މަހްފޫޒު

30 ނޮވެމްބަރު 2017
ޝަރުއީ ދާއިރާ އިސްލާހް ކުރަން ބޭނުންނަމަ އަބްދުﷲ ސައީދު މަގާމުން ދުރުކުރަން ޖެހޭ: މަހްފޫޒު
29 އޮކްޓޯބަރު 2017

މީދޫން ވޯޓް ބޭނުންނަމަ، އަނަސް މަރާލި މީހުން އިންސާފްގެ ކުރިމައްޗަށް ގެންނަންޖެހޭ: އަމީތު

29 އޮކްޓޯބަރު 2017
މީދޫން ވޯޓް ބޭނުންނަމަ، އަނަސް މަރާލި މީހުން އިންސާފްގެ ކުރިމައްޗަށް ގެންނަންޖެހޭ: އަމީތު
27 ސެޕްޓެމްބަރު 2017

ތަރައްގީ ބޭނުންނަމަ ރައްޔިތުން އިހްލާސްތެރިކަން ދައްކަންޖެހޭނެ: ރައީސް ޔާމީން

27 ސެޕްޓެމްބަރު 2017
ތަރައްގީ ބޭނުންނަމަ ރައްޔިތުން އިހްލާސްތެރިކަން ދައްކަންޖެހޭނެ: ރައީސް ޔާމީން
04 ޖުލައި 2017

އިސްލާމީ ވެރިކަމެއްގައި ވެރިން ޖަވާބުދާރީ ކުރުވުމަކީ ވަރަށް މުހިއްމުކަމެެއް: މަޖީދު

04 ޖުލައި 2017
 އިސްލާމީ ވެރިކަމެއްގައި ވެރިން ޖަވާބުދާރީ ކުރުވުމަކީ ވަރަށް މުހިއްމުކަމެެއް: މަޖީދު
04 ޖޫން 2017

ފޭރުމާ ގުޅޭގޮތުން ދެކެވޭ ވާހަކައިގާ ހަޤީގަތެއް ހުރީ ދެކަމެއްގައި: ފުލުހުން

04 ޖޫން 2017
ފޭރުމާ ގުޅޭގޮތުން ދެކެވޭ ވާހަކައިގާ ހަޤީގަތެއް ހުރީ ދެކަމެއްގައި: ފުލުހުން
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް