Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުދައްރިސުން ރަޖިސްޓްރީކޮށް ލައިސަންސް ދިނުން

މުދައްރިސުންނަށް ލައިސަންސް ދިނުމުގެ ގަވާއިދުގެ ބޭނުމަކީ އަދަބު ދިނުމެއް ނޫން، އިރުޝާދު ދިނުން - އެޑިއުކޭޝަން މިނިސްޓްރީ

މުދައްރިސުން ރަޖިސްޓްރީކޮށް، ލައިސަންސް ދިނުމުގެ ގަވާއިދެއް އެކުލަވާލުމަށްފަހު އަންގާރަ ދުވަހު ވަނީ އާއްމުކޮށްފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 28 ޖުލައި 2023 | ހުކުރު 10:04
ސްކޫލެއްގައި ކިޔަވާދެނީ

ސްކޫލެއްގައި ކިޔަވާދެނީ

މުދައްރިސުންނަށް ލައިސަންސް ދިނުމުގެ ގަވާއިދުގެ ބޭނުމަކީ އަދަބު ދިނުން ނޫން ކަމަށާއި މަގްސަދަކީ އިރުޝާދު ދިނުންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މުދައްރިސުން ރަޖިސްޓްރީކޮށް، ލައިސަންސް ދިނުމުގެ ގަވާއިދެއް އެކުލަވާލުމަށްފަހު އަންގާރަ ދުވަހު ވަނީ އާއްމުކޮށްފައެވެ.

Advertisement - newsAdvertisement

އެ ލައިސެންސް ގަވާއިދާއި ގުޅޭގޮތުނުން ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހްމަދު އަލީ ވިދާޅުވީ ލައިސެންސް ހިފެހެއްޓޭނެ ހާލަތުތަކާއި ލައިސަންސް ބާތިލްވާނެ ހާލަތުތައް އެ ގަވާއިދުގައި ވަރަށް ތަފްސީލްކޮށް ހިމަނާފައިވާނެ ކަމަށެވެ. އެހެން ދާއިރާތަކެކޭ އެއް ފަދައިން މަސައްކަތުގެ މާހައުލުގައި ބައެއް މުދައްރިސުންނަށް ވެސް މައްސަލަތައް ދިމާވާ ކަމަށާއި އެކަމަކާ މެދު ވަގުތުން އަޅާ ފިޔަވަޅެއްގެ ގޮތުގައި ލައިސަންސް ހިފެހެއްޓުން އެކަށީގެންވާ ކަމަށެވެ. އެހެންނަމަވެސް އުސޫލާއި އެެއްގޮތަށް ޢަމަލުކުރާނަމަ، އެފަދަ ކަމެއް ހިނގުމުގެ ފުރުސަތު ނުއޮންނާނެ ކަމަށާއި ލައިސެންސް އައުކުރުމުގައި މައްސަލަ އެއް ދިމާނުވާނެ ކަަމަށް އޭނާ ވިދާޅުވިއެވެ. ލައިސެންސް ގަވާއިދުގެ މަގްސަދަކީ އިރުޝާދު ދިނުން ކަމަށާއި އިބާރާތްކޮށްފައި ވާނީ ވެސް އެގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާއިޝަތު އާތިޔާ ނަސީރު ކުރިއަށް އޮތްތަނުގައި ވަޒީފާ އަށް މުވައްޒަފުން ނެގޭނީ ވެސް އަދި ކުރިމަތިލެވޭނީ ވެސް ކިޔަވާދިނުމުގެ ލައިސަންސް އޮވެގެން ކަަމަށެވެ. ލައިސަންސް އާއި މުސާރަ ވަނީ ގުޅިފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ވަގުތީ ޓީޗަރުންނަށް ޚާއްސަކޮށްގެން ވަގުތީ ލައިސެންސެއް ދޫކުރާނެ ކަމަށާއި އެ ލައިސެންސް ދޫކުރާނީ ދެ އަހަރު ދުވަހުގެ މުއްދަތަކަށް ކަަމަށް އޭނާ ވިދާޅުވިއެވެ. އެ ލައިސެންސްގެ ޝަރުތަކީ ސިވިލް ސަރވިސް އިން ވަގުތީ މުދައްރިސެއްގައި ގައިގައި ހުރުމަށް ކަނޑައަޅާފައިވާ ޝަރުތުތައް ކަމަށާއި ލައިސެންސް އޮތް ކޮންމެ މީހަކީ ވަޒީފާ އެއް އޮތް މީހަކަށް ނުވެދާނެ ކަމަށް ވެސް އާތިޔާ ވިދާޅުވިއެވެ.

މި ބަދަލާއެކު މުދައްރިސުން ކުރިއަށް ދާން ރަނގަޅު މަގެއް ފަހިވެގެންދާ ކަމަށް އާތިޔާ އިތުރަށް ވިދާޅުވިއެވެ. އަދި މިއީ މުދައްރިސުންގެ ފެންވަރު ދެނެގަތުމަށް އެހީއަކަށް ވާނެ ކަަމަށް އޭނާ ވިދާޅުވިއެވެ. މުދައްރިސުންނަށް ކެރިއަރެއްގެ ގޮތުގައި އެ ދާއިރާގައި ކުރިއެރުމަށް މިހާރު ފުރުސަތު އޮތް ކަަމަށް އޭނާ ވިދާޅުވިއެވެ.

އަލަށް އެކުލަވާލި މި ޤަވާއިދާއެކު މުދައްރިސުންގެ އިތުރުން ޓިއުޝަން ދޭ ފަރާތްތަކާއި، ޓިއުޓަރުންވެސް މި ލައިސަންސް ނަގަން ޖެހޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. 5 ރޭންކަކަށް ބަހާލައިގެން ދޫކުރާ ލައިސެންސްގެ ތެރޭގައި ހިމެނެނީ ޓީޗަރ، ގްރެޖުއޭޓް ޓީޗަރ، ޕްރޮފެޝަނަލް ޓީޗަރ، އެކޮމްޕްލިޝްޑް ޓީޗަރ އަދި ޑިސްޓިންގުއިޝްޑް ޓީޗަރުގެ ރޭންކެވެ. ލައިސެންސް އަށް އެދޭ މީހުންނަށް އެ މަރުހަލާ އަށް ފަހު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ލިބޭނެއެވެ.

އިތުރަށް ކިޔާލަން

14 މާރިޗު 2017

ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން ކަންކުރުމުން މައްސަލަ ހޫނުވެއްޖެ

14 މާރިޗު 2017
ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން ކަންކުރުމުން މައްސަލަ ހޫނުވެއްޖެ
09 މާރިޗު 2017

ވައްކަމަށް ފަޚުރުވެރިވާ ބަޔަކަށް ވޯޓު ދިނުމުގެ މާނައެއް ނެތް: އަލީ ޝިޔާމް

09 މާރިޗު 2017
ވައްކަމަށް ފަޚުރުވެރިވާ ބަޔަކަށް ވޯޓު ދިނުމުގެ މާނައެއް ނެތް: އަލީ ޝިޔާމް
18 ފެބުރުއަރީ 2017

ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި

18 ފެބުރުއަރީ 2017
ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި
12 ފެބުރުއަރީ 2017

ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ

12 ފެބުރުއަރީ 2017
ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު