Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓީޗަރ ލައިސަންސް

ތައުލީމު ޤާނޫނުން ލާޒިމްކުރާ ކަންތައްތައް ކަށަވަރު ކުރެވޭނީ ޓީޗަރ ލައިސަންސް އޮވެގެން: ސްޓޭޓް މިނިސްޓަރު އާތިޔާ

ލައިސަންސް ތައާރަފުކުރުމުގެ މަޤްސަދަކީ ތަމްރީނުވެގެން ހިދުމަތާ ގުޅެނީ ފެންވަރު ރަނގަޅު ޓީޗަރުންތޯ ކަށަވަރު ކުރުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 28 ޖުލައި 2023 | ހުކުރު 02:51
ސްޓޭޓް މިނިސްޓަރު އާއިޝަތު އާތިޔާ ނަސީރު

ސްޓޭޓް މިނިސްޓަރު އާއިޝަތު އާތިޔާ ނަސީރު

ތައުލީމު ޤާނޫނުން ލާޒިމްކުރާ ކަންތައްތައް ކަށަވަރު ކުރެވޭނީ ނިޒާމެއްގެ ދަށުން ކަމަށާއި އެ ނިޒާމު ކަނޑައެޅިގެން އަންނަނީ ލައިސަންސްގެ ދަށުންކަމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާއިޝަތު އާތިޔާ ނަސީރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި އާތިޔާ ވިދާޅުވީ ޓީޗަރ ލައިސަންސް ތައާރަފުކުރުމުގެ މަޤްސަދަކީ ތަމްރީނުވެގެން ހިދުމަތާ ގުޅެނީ ފެންވަރު ރަނގަޅު ޓީޗަރުންތޯ ކަށަވަރު ކުރުން ކަމަށެވެ. އަދި އެކަން ކަށަވަރު ކުރުމަށްޓަކައި ޕްރީ ސަރވިސް ޓީޗަރ ޓްރެއިނިންގ ކޯހުގައި ހުންނަން ޖެހޭ މިންގަނޑުތަކެއް މިނިސްޓްރީން ކަނޑައަޅާފައިވާ ކަމަށް އާތިޔާ ވިދާޅުވިއެވެ. އެގޮތުން ޓީޗަރުން އަދާކުރަން ޖެހޭނީ 4 އަހަރުގެ ކޯހެއް ކަމަށް އާތިޔާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޓީޗަރުންގެ ކޮލެޓީއަކީ ބެލެނިވެރިން ވެސް އަދި މިނިސްޓްރީން ވެސް ބަދަލު ގެންނަން ބޭނުންވާ ކަމެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހްމަދު އަލީ ވިދާޅުވީ ޓީޗަރުންގެ ލައިސަންސް ރަޖިސްޓްރޭޝަންގެ ޕޯޓަލްގެ މަސައްކަތް ނިމިފައިވާ ކަމަށާއި ވަރަށް އަވަހަށް ބޯޑު އެކުލަވާލުމަށްފަހު ރަޖިސްޓްރޭޝަނަށް ހުޅުވާލާނެ ކަމަށެވެ.

ޓީޗަރ ލައިސަންސް ގަވާއިދަށް އަންގާރަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާފައިވާއިރު، ގަވާއިދަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ޚިދުމަތުގައި ތިބި މުދައްރިސުން، ބޯޑުން އަންގާ ގޮތެއްގެ މަތިން ރަޖިސްޓްރީވެ، ލައިސަންސް ހޯދަން ޖެހެއެވެ.

ތައުލީމީ ޤާނޫނާއެކު މުދަރިއްސުންނާއި ޕްރިންސިޕަލުން ވެސް ކަށަވަރުކުރަން ޖެހޭ ވަރަށް ގިނަ ކަންތައްތައް މި ގަވާއިދުގައި ހުރިކަން ފާހަގަކުރައްވާ އަހްމަދު އަލީ ވިދާޅުވީ މި ދާއިރާއަކީ މުހިންމު ބަޔަކު، މުހިންމު މަސައްކަތްތަކެއް ކުރާ ދާއިރާއެއް ކަމަށެވެ.

މުދައްރިސުން ރަޖިސްޓްރީކޮށް ލައިސަންސް ދިނުމުގެ ގަވާއިދެއް އެކުލަވާލާފައިވާއިރު, މިހާރު ހިދުމަތުގައި ތިއްބެވި މުދައްރިސުންގެ އަތުން ލައިސަންސް ފީ ނުނެގުމަށް ވަނީ ނިންމާފައެވެ.

މުދައްރިސުން ރަޖިސްޓްރީކޮށް، ލައިސަންސް ދިނުމުގެ ގަވާއިދަކީ، ރާއްޖޭގައި ހިންގާ ސްކޫލްތަކާއި އަދި ކިޔަވައިދޭ އެހެނިހެން ތަންތަނުގައި މަސައްކަތްކުރާ މުދައްރިސުން ރަޖިސްޓްރީކުރުމާއި، މުދައްރިސުންނަށް ލައިސަންސް ދިނުމާއި އަދި އެއާގުޅޭ ކަންކަން ބަޔާންކުރުމަށްޓަކައި، އޮގަސްޓު 2021ގައި އަމަލުކުރަން ފެށި ތައުލީމުގެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދެކެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާގޮތުގައި މި ގަވާއިދުގެ މަގުސަދަކީ، ރާއްޖޭގައި ކިޔަވައިދޭ މުދައްރިސުންނަކީ ގާބިލު، އެކަށީގެންވާ ބައެއްކަމަށް ކަށަވަރުކުރުމާއި، މުދައްރިސުންނަށް ލައިސަންސް ދިނުމަށް ކަނޑައަޅާފައިވާ އުސޫލުތަކަށް ފެތޭ ބައެއްކަމަށް ކަށަވަރުކުރުމެވެ.

ރާއްޖޭގައި ކިޔަވައިދޭ ސްކޫލްތަކާއި އަދި އެހެނިހެން ތަންތަނުގައި މަސައްކަތްކުރާ މުދައްރިސުން ރަޖިސްޓްރީކުރުމާއި، މުދައްރިސުންނަށް ލައިސަންސް ދިނުމާގުޅޭ އިޖުރާއަތުތައް ބަޔާންކުރުމާއި، މުދައްރިސެއްގެ ގޮތުގައި ރަޖިސްޓްރީވެ، ލައިސަންސް ލިބުން ލާޒިމްވާ ފަރާތްތަކާއި، އެކަމުން އިސްތިސްނާވާ ފަރާތްތައް ބަޔާންކުރުމަކީވެސް މި ގަވާއިދުގެ މަގުސަދެކެވެ.

މި ގަވާއިދުގެ ދަށުން މުދައްރިސުންނަށް ލައިސަންސް ދޫކުރާނީ އެކަމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީގައި ގާއިމްކުރާ ޓީޗަރސް ރަޖިސްޓްރޭޝަން ބޯޑުންނެވެ. އެ ބޯޑުން ތިން ބާވަތެއްގެ ލައިސަންސް ދޫކުރާނެއެވެ. އެއީ ޓީޗިންގ ލައިސަންސާއި ސްކޫލް ލީޑަރޝިޕް ލައިސަންސާއި ސްކޫލް ޕްރޮފެޝަންސްގެ ލައިސަންސެވެ.

މި ގަވާއިދުގައި ވާގޮތުން، ބިދޭސީ މުދައްރިސުންވެސް ހިމެނޭހެން މުދައްރިސުންގެ އިތުރުން ޓިއުޝަން ދޭ ފަރާތްތަކާއި ޓިއުޓަރުންވެސް މި ލައިސަންސް ނަގަންޖެހެއެވެ. މުދައްރިސުންގެ ލައިސަންސް ހޯދުމަށްޓަކައި ފީތަކެއްވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، ލައިސަންސް ދޫކުރުމާއި، ލައިސަންސްގެ ރޭންކު ބަދަލުކުރުމަށް ކަނޑައަޅާފައިވަނީ 400 ރުފިޔާގެ ފީއެކެވެ. އަދި ކިޔަވައިދިނުމުގެ ވަގުތީ ލައިސަންސާއި، ޕްރޮވިޝަނަލް ޓީޗިންގ ލައިސަންސް ދޫކުރުމަށްޓަކައި 200 ރުފިޔާގެ ފީއެއް ވަނީ ކަނޑައަޅާފައެވެ.

މި ގަވާއިދުގެ ދަށުން ލައިސަންސްގެ މުއްދަތު ހަމަވުމުން ލައިސަންސް އައު ކުރުމާއި، ބޯޑަށް ބޭނުންވާނެ ހުރިހާ ލިޔެކިޔުމަކާއި މައުލޫމާތު ހުށަހެޅުމާއި، ދަރިވަރުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ކަށަވަރުކުރުން ފަދަ ކަންކަމަކީ މުދައްރިސުން ނަގަންޖެހޭ ޒިންމާތަކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސައޫދީ ރަސްގެފާނަށް ކަޅުއޮށްފުންމި ވެދުމަށް އަރުވާކަން ސަރުކާރުން ކަށަވަރުކޮށްދީފި

ސައޫދީ ރަސްގެފާނަށް ކަޅުއޮށްފުންމި ވެދުމަށް އަރުވާކަން ސަރުކާރުން ކަށަވަރުކޮށްދީފި

16 މާރިޗު 2017
ޒައިދުލް އަމީންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެޗްއާރސީއެމްގައި އެދިއްޖެ

ޒައިދުލް އަމީންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެޗްއާރސީއެމްގައި އެދިއްޖެ

23 ފެބުރުއަރީ 2017
ތައުލީމުގެ ބިލްގައިވެސް އޮތީ މިސަރުކާރުން ޖަރީމާ ހިންގުން:ޝާހިދު

ތައުލީމުގެ ބިލްގައިވެސް އޮތީ މިސަރުކާރުން ޖަރީމާ ހިންގުން:ޝާހިދު

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލް ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

ތައުލީމުގެ ބިލް ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި

ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި

15 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު