Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިނިވަން ދުވަސް

މިނިވަންކަމުގެ އައްޑަނައިން ރައްކާތެރިކޮށްދޭ މިނިވަންކަމުގެ ބިންގަލަކީ ދާޚިލީ ހަމަޖެހުން - ރައީސް

27 ޖުލައި 2023 | ބުރާސްފަތި 10:33

އެއީ މިނިވަންކަމުގެ ބިންގާ ވަރުގަދަކުރުމާއި، އެ ބިންގަލުގެ މަތީގައި ކާބަފައިން ބިނާކުރި ދިވެހި ގައުމިއްޔަތު އާރާސްތުކުރުމުގެ އަހުދުކަށަވަރު ހިފުން ކަމަށްވެސް ރައީސް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 27 ޖުލައި 2023 | ބުރާސްފަތި 10:33
ރައީސް ސާލިހު

ރައީސް ސާލިހު

މިނިވަންކަމުގެ މަދަނީ އައްޑަނައަކީ ރައްޔިތުންގެ ހިތްތަކުގައި އޮންނަ ގައުމީ ލޯބި ކަމަށާއި، އެ އައްޑަނައިން ރައްކާތެރިކޮށްދޭ މިނިވަންކަމުގެ ބިންގަލަކީ ދާޚިލީ ހަމަޖެހުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހުގެ ގައުމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އެ ބިންގަލުގެ މަތީގައި ބިނާކުރާ ގައުމިއްޔަތުގެ ކުރިބޯއްޓަކީ، ރައްޔިތުންގެ މެދުގައި އޮންނަ ސުލްހަ މަސަލަސްކަމާއި އަމާންކަމާއި އެކުވެރިކަން ކަމަށެވެ. މީގެ އިތުރުން ހަމައެކަނި ބޮޑުތަކުރުފާނުގެ ސީރަތަށް އަޅުގަނޑުމެން ނަޒަރު ހިންގައިލިއަސް، އެ ރަދުންގެ މިނިވަން ޖިހާދުގެ އިހާއި ފަހުގެ ސަފުހާތަކުން ވެސް ފެންނަނީ، މިނިވަންކަމުގެ މި ދެންނެވި ބަހާތައް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ދެ ހާޖީންނާއި ދަންޑެހެލު ގޮވައިގެން، އުތީމުގެ ޒުވާން ތިން ބަތަލުން މަލިކައްޑޫގައި ކުރެއްވި ގައުމީ ޖިހާދުގެ ކޮންމެ ދުވަހެއް އަދި ކޮންމެ ހިނދުކޮޅެއް، އެ ރަދުން ހޭދަކުރެއްވީ ދިވެހިން އެއްބައިވަންތަ ކުރައްވައި އެކުވެރި ކުރެއްވުމަށް ކަމަށެވެ.

Advertisement - newsAdvertisement

އެހެންކަމުން ދޮންބަންޑާރައިންގެ ގައުމީ ޖިހާދުން ވެސް އަޅުގަނޑުމެންނަށް ފެންނަނީ، ސުލްހައާއި ހަމަޖެހުމާއި އަމާންކަން ދެމެހެއްޓެވުމަށް ކުރެއްވި މަސައްކަތްޕުޅު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެ ރަދުންގެ ގައުމީ ޖިހާދުގެވެސް އާރާއި ފަންވަރަކީ، ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސް އިތުރަށް ވިދާޅުވީ އެ ރަދުންނަށް ލިބިވަޑައިގެންނެވި ހަކަތައަކީ، ހަމަޖެހުމާއި ސުލްހަވެރިކަމަށް ރައްޔިތުން ބޭނުންޖެހިފައި ތިބި މިންވަރު ކަމަށެވެ.

އެ ޖަލްސާގައި ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ ސިޔާސީ މިނިވަންކަމުގެ ތާރީޚަށް ބަލާއިރު، މިދިޔަ ފަސް އަހަރަކީ، ކޮންމެ ދިމާއަކަށް ނަޒަރު ހިންގިޔަސް، ފުރިހަމަ މާނައިގެ މިނިވަންކަން ގާއިމުވެފައި އޮތް ފަސް އަހަރު ކަމަށެވެ. އަދި މިދިޔަ ފަސް އަހަރު ރާއްޖޭގެ ސިޔާސީ މިނިވަންކަން ފުރިހަމަށް ރައްކާތެރިކުރެވިފައި ވާކަމަށާއި، މި ފަސް އަހަރަކީ ޚާރިޖީ މިނިވަންކަން އެންމެ ވަރުގަދަ ފަސް އަހަރު ކަމަށް ވިދާޅުވިއެވެ. ހަމައެހެންމެ މިދިޔަ ފަސް އަހަރަކީ ދާޚިލީ މިނިވަންކަން އެންމެ ފުޅާގޮތެއްގައި ލިބިދިނުމާއި ފަރުދުންގެ ޒާތީ މިނިވަންކަން އެއްވެސް ހިފެހެއްޓުމެއްނެތި ކަށަވަރު ކޮށްދެވުނު ފަސް އަހަރު ކަމަށް ވިދާޅުވިއެވެ.

މިނިވަންދުވަހަކީ ގައުމެއްގެ ނިސްބަތުން ފާހަގަކުރާނެ އެންމެ ފަޚުރުވެރި އަދި އެންމެ ހައިބަވަންތަ ދުވަސް ކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ވަރަށް މަތިވެރި އަމާނާތެއްގެ ޒިކުރާ އަޅުގަނޑުމެންގެ ހިތްމައްޗަށް ގެނެސްދޭ މުނާސަބަތެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެ ދުވަސް ފާހަގަކުރުމުގެ މާނަވީ ރަމްޒަކީ، ދިވެހިރާއްޖޭގެ މިނިވަންކަން ދިފާއުކުރުމުގެ އަހުދު ކަށަވަރު އައުކުރުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މިނިވަންކަމުގެ ބިންގާ ވަރުގަދަކުރުމާއި، އެ ބިންގަލުގެ މަތީގައި ކާބަފައިން ބިނާކުރި ދިވެހި ގައުމިއްޔަތު އާރާސްތުކުރުމުގެ އަހުދު ކަށަވަރު ހިފުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

22 އޮކްޓޯބަރު 2018

މިއަދުން ފެށިގެން ދިވެހި ރައްޔިތުންނަށް މިނިވަންކަމުގެ އިހުސާ ކުރެވޭނެ: ރިޔާޒު ރަޝީދު

22 އޮކްޓޯބަރު 2018
މިއަދުން ފެށިގެން ދިވެހި ރައްޔިތުންނަށް މިނިވަންކަމުގެ އިހުސާ ކުރެވޭނެ: ރިޔާޒު ރަޝީދު
18 އޮކްޓޯބަރު 2018

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް މިނިވަންކަމުގެ ނޭވާ ލެވުނީ އިބޫ ހޮވުނުކަން އެނގުނު ހިސާބުން: އެމްޑީ ސައްލެ

18 އޮކްޓޯބަރު 2018
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް މިނިވަންކަމުގެ ނޭވާ ލެވުނީ އިބޫ ހޮވުނުކަން އެނގުނު ހިސާބުން: އެމްޑީ ސައްލެ
12 އޯގަސްޓު 2018

މިނިވަން ނޫސްވެރިކަމަކީ މިނިވަންކަމުގެ މައިބަދަ: އަރީފް

12 އޯގަސްޓު 2018
މިނިވަން ނޫސްވެރިކަމަކީ މިނިވަންކަމުގެ މައިބަދަ: އަރީފް
26 ޖުލައި 2018

އަނިޔާވެރިކަމުގެ ހާސް ނޭވާއަށް ވުރެ، މިނިވަންކަމުގެ އެންމެ ނޭވާއެއްގެ އަގުވެސް މާ ބޮޑު: ގާސިމް

26 ޖުލައި 2018
އަނިޔާވެރިކަމުގެ ހާސް ނޭވާއަށް ވުރެ، މިނިވަންކަމުގެ އެންމެ ނޭވާއެއްގެ އަގުވެސް މާ ބޮޑު: ގާސިމް
23 މާރިޗު 2018

ކުއްލި ނުރައްކަލުގެ ޙާލަތު އުވާލުމަކީ ފުރަތަމަ ފިޔަވަޅު، ހައްޤުތައް ރައްކާތެރިކޮށްދޭން ޖެހޭ: ވިލާތުގެ އިއްތިޙާދު

23 މާރިޗު 2018
ކުއްލި ނުރައްކަލުގެ ޙާލަތު އުވާލުމަކީ ފުރަތަމަ ފިޔަވަޅު، ހައްޤުތައް ރައްކާތެރިކޮށްދޭން ޖެހޭ: ވިލާތުގެ އިއްތިޙާދު
26 ފެބުރުއަރީ 2018

މައްސަލައަކީ ދާޚިލީ މައްސަލަތައް ބޭރުގެ މުޖްތަމައުން ހައްލުކުރަން ޖެހޭ ކަމަށް ޤަބޫލުކުރެވުން: ޝިޔާން

26 ފެބުރުއަރީ 2018
މައްސަލައަކީ ދާޚިލީ މައްސަލަތައް ބޭރުގެ މުޖްތަމައުން ހައްލުކުރަން ޖެހޭ ކަމަށް ޤަބޫލުކުރެވުން: ޝިޔާން
16 ޑިސެމްބަރު 2017

ވަކި ފިކުރަކަށް ބުރަވެ ތިބެ ރާއްޖޭގެ ދާޚިލީ ސިޔާސަތު ބޭރުގެ ފަރާތްތަކާ ހިއްސާކުރުމަކީ ރާއްޖޭގެ މިނިވަން ކަމަށް ބުރުއަރާނެ ކަމެއް: ހޯމް މިނިސްޓަރު

16 ޑިސެމްބަރު 2017
ވަކި ފިކުރަކަށް ބުރަވެ ތިބެ ރާއްޖޭގެ ދާޚިލީ ސިޔާސަތު ބޭރުގެ ފަރާތްތަކާ ހިއްސާކުރުމަކީ ރާއްޖޭގެ މިނިވަން ކަމަށް ބުރުއަރާނެ ކަމެއް: ހޯމް މިނިސްޓަރު
12 ނޮވެމްބަރު 2017

ސިޔާސީ ވާދައަކީ ދާޚިލީ ހަނގުރާމައަކަށް ވެގެން ނުވާނެ: ރައީސް ޔާމީން

12 ނޮވެމްބަރު 2017
ސިޔާސީ ވާދައަކީ ދާޚިލީ ހަނގުރާމައަކަށް ވެގެން ނުވާނެ: ރައީސް ޔާމީން
16 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުންނާ ބެހޭ ވޯޓެއް ނޫން، ބައިވެރިނުވީ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަން ފުރުސަތު ދެވޭތީ: ފޮރިން މިނިސްޓްރީ

16 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންނާ ބެހޭ ވޯޓެއް ނޫން، ބައިވެރިނުވީ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަން ފުރުސަތު ދެވޭތީ: ފޮރިން މިނިސްޓްރީ
02 މެއި 2017

ސިޓީ ލިޔެ، އާދޭސް ނުކުރިޔަސް ހައްޤުތައް ރައްކާތެރިކޮށްދޭން ޖެހޭނެ، ދެން ސިޓީއެއް ނުލިޔާނަން: ރައީސް މައުމޫން

02 މެއި 2017
ސިޓީ ލިޔެ، އާދޭސް ނުކުރިޔަސް ހައްޤުތައް ރައްކާތެރިކޮށްދޭން ޖެހޭނެ، ދެން ސިޓީއެއް ނުލިޔާނަން: ރައީސް މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް