Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެޓީވީ

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް މިނިވަންކަމުގެ ނޭވާ ލެވުނީ އިބޫ ހޮވުނުކަން އެނގުނު ހިސާބުން: އެމްޑީ ސައްލެ

18 އޮކްޓޯބަރު 2018 | ބުރާސްފަތި 08:25

ސޯލިހުގެ ވެރިކަމެއްގައި ރާއްޖޭގައި މިނިވަން ނޫސްވެރިކަމަކަށް ފުރުސަތު ލިބިގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 18 އޮކްޓޯބަރު 2018 | ބުރާސްފަތި 08:25
ސައްލެ ވާހަކަ ދައްކަވަނީ

ސައްލެ ވާހަކަ ދައްކަވަނީ

ރާއްޖެޓީވީގެ ނޫސްވެރިނަށް މިނިވަންކަމުގެ ނޭވާ ލެވުނީ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވިކަން އެނގުނު ހިސާބުން ކަމަށް ރާއްޖެޓީވީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސަލީމް(ސައްލެ) ވިދާޅުވެއްޖެއެވެ.

އިންތިޚާބީ ރައީސް ސޯލިހު ރާއްޖެޓީވީ އަށް ވަޑައިގެން އެ ސްޓޭޝަންގެ މުވައްޒަފުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ސައްލެ ވިދާޅުވީ ރާއްޖެޓީވީއަށް މީގެ ކުރިން ވެސް އެކި ދަތިތަކާއި ކުރިމަތިވި ކަމަށާއި ސޯލިހުގެ ވެރިކަމެއްގައި ރާއްޖޭގައި މިނިވަން ނޫސްވެރިކަމަކަށް ފުރުސަތު ލިބިގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށެވެ.

"އަޅުގަނޑު ފާހަގަ ކޮށްލަން ބޭނުން ވަރަށް އުފަލާއި އެކުގައި މީގެ ކުރިންވެސް ވަރަށްގިނަ ތަފާތު އުނދަގޫތަކާއި ދަތިތައް އަޅުގަނޑުމެންނަށް ކުރިމަތިވެގެން ދިޔަ ކިތަންމެ ހާލަތެއްގައި ވަރަށް ގާތުން އަޅުގަނޑުމެންގެ ހާލު ބައްލަވާ އަޅުގަނޑުމެންނަށް ހިތްވަރު ދެއްވި ބޭފުޅެއްގެ ގޮތުގައި އިބޫ އަޅުގަނޑުމެންނަށް ފާހަގަ ކުރެވިގެން ދިޔައީ. އަޅުގަނޑުމެން ގެ ހުރިހާ މުއައްޒަފުން ހިތުގެ އަޑިން ބަލައިގަންނަން،" ސައްލެ ވިދާޅުވިއެވެ.

ސައްލެ ވިދާޅުވީ ރާއްޖެޓީވީ އެންމެ ފަހުން ޖޫރިމަނާ ކުރި އިރުވެސް އިންތިޚާބީ ރައީސް ސޯލިހުގެ ފަރާތުން ރާއްޖެޓީވީއަށް އެހީތެރިކަން ލިބިވަޑައިގެންނެވި ކަމަށެވެ. އަދި އެކަމުގައި ރާއްޖެޓީވީގެ މުއައްޒަފުންނަށް ހިތްވަރު ދެއްވާ އެކަމުން އަރައިގަންނަން އެމަނިކުފާނުގެ ފަރާތްޕުޅުން މަސައްކަތް ކޮށްދެއްވި ކަމަށެވެ. އަދި އެކަމަށް ޝުކުރު އަދާކުރައްވާކަމަށް ސައްލެ ވިދާޅުވިއެވެ.

"އިބޫ އަޅުގަނޑުމެންނާއި ބައްދަލުވީ ވެސް ބޮޑު ސިންގާ ޖޫރިމަނާއެއް ބޯމަތިވެގެން އެކަމުގެ ނުރައްކަލުގައި އަޅުގަނޑުމެން އުޅެމުން ދަނިކޮށް އެދުވަހު ވެސް އަޅުގަނޑުމެންނަށް ހިތްވަރުދެއްވާ އެދުވަހު ވެސް އެކަމުން އަރައިގަންނަން އަޅުގަނޑުމެންނަށް މަސައްކަތް ކޮށްދެއްވި ." ސައްލެ ވިދާޅުވިއެވެ.

ގައުމީ ސަލާމަތަށް ނުރައްކާވުމާއި ނިމިދިޔަ އިންތިޚާބުން ބަލިވެވަޑައިގެންނެވި ރައީސް އަބްދުﷲ ޔާމީންގެ އަބުރުފުޅު ގެއްލޭފަދަ ކޮންޓެންޓެއް ގެނެސްދިން ކަމަށް ބުނެ،ރާއްޖެޓީވީ ޖޫރިމަނާ ކޮށްފައިވަނީ ދެ މިލިއަން ރުފިޔާއަށެވެ. އެކި ފަހަރުމަތިން ތަކުރާރުކޮށް، ރާއްޖެޓީވީ ވަނީ 3.7 މިލިއަން ރުފިޔާއަށް ޖޫރިމަނާ ކޮށްފައެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް