Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހިމަބިހި- މީސަލްސް

ރާއްޖެއިން ބޭރުން އައި ދިވެއްސަކު ހިމަބިއްސަށް ޕޮޒިޓިވްވެއްޖެ، ކޮންޓެކްޓުން ދެނެގަންނަނީ

ހިމަބިހީގެ މައިގަނޑު އަލާމަތްތަކަކީ ހުން އައުމާއެކު ރަތް ބިހިތަކެއް ނެގުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 27 ޖުލައި 2023 | ބުރާސްފަތި 08:32
ލިޔެކިޔުން ނެތް ބިދޭސީންނަށް ވެކްސިން ޖަހަން ފެށުން

ލިޔެކިޔުން ނެތް ބިދޭސީންނަށް ވެކްސިން ޖަހަން ފެށުން

ރާއްޖެއިން ބޭރުން އައި ދިވެއްސަކު ހިމަބިހި (މީސަލްސްއަށް) ޕޮޒިޓިވްވެއްޖެއެވެ.

އެކަމާ ގުޅޭގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭއިން) ނެރުނު ބަޔާނެއްގައި ބުނީ، 25 ޖުލައި 2023 ވަނަ ދުވަހު މާލެ ސަރަޙައްދުގައި ދިވެއްސަކު ހިމަބިއްސަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެޗްޕީއޭއިން މައުލޫމާތު ދޭ ގޮތުގައި އެމީހާއަށް ބަލި ޖެހިފައިވަނީ ރާއްޖެއިން ބޭރުން (އިމްޕޯޓަޑް ކޭސް) ކަމަށް މިހާތަނަށް ބެލި ބެލުމުން ވަނީ އެނގިފައެވެ. އޭނާގެ ސިއްޙީ ޙާލު ހުރިގޮތުން ހޮސްޕިޓަލުގައި އެޑްމިޓު ކޮށްގެން ފަރުވާދެމުންދާއިރު، މިވަގުތު ޙާލު ރަނގަޅުވަމުން އަންނަކަމަށްވެސް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.

އޭގެ އިތުރުން، އޭނާއަކީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހެއް ކަމަށާއި، ހިމަބިއްސަކީ އެންމެ ފަސޭހައިން ފެތުރޭ ޒާތުގެ ބައްޔެއްކަމަށް ވުމާއެކު، ބައެއް ފަރާތްތަކުން ބައްޔަށް ހުށައެޅިއްޖެނަމަ ބަލި ޖެހުމުގެ ފުރުސަތު ބޮޑުވާކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

ހިމަބިއްސަކީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔަކަށްވުމާއެކު، ކޭސްއެއް ފެނުމުން އަމަލު ކުރަން ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ކޮންޓެކްޓުން ދެނެގަތުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އަދި ބައެއް ކޮންޓެކްޓުންނަށް އެކަން އަންގައި، އޭގެ ތެރެއިން ވެކްސިން ފުރިހަމަ ނުވާ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން މައުލޫމާތު ދޭ ގޮތުގައި ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމުން ބަލި ޖެހުމުގެ ހިރާސް 97 އިންސައްތަ ކުޑަކޮށްދެއެވެ.

އޭގެ އިތުރުން، ބަލިޖެހިފައިވާ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރުމުގެ ފުރުސަތު އޮންނަ މުއްދަތުގެ ތެރޭގައި އެ ފަރާތުން ދަތުރުކޮށްފައިވާކަން ފާހަގަކޮށް އެޗްޕީއޭއިން ބުނީ، ދަތުރުމަތީގައާއި، ގެއާއި، ހޮސްޕިޓަލުގައި އޭނާއާ ކޮންޓެކްޓުވި މީހުންގެ މައުލޫމާތު މިހާރު އެއްކުރަމުންދާކަމަށެވެ.

ހަމައެއާއެކު، ކަނޑައެޅިފައިވާ އުސޫލުގެ މަތިން ބަލި ޖެހުނު ފަރާތް ދިރިއުޅޭ ސަރަޙައްދުގައި "ރިންގް ވެކްސިނޭޝަން" ކުރިއަށް ދާނެކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

ހިމަބިހީގެ މައިގަނޑު އަލާމަތްތަކަކީ ހުން އައުމާއެކު ރަތް ބިހިތަކެއް ނެގުމެވެ. އަދި ކެއްސުމާއި، ނޭފަތުން އަރިދަފުސް ފޭބުމާއި، ލޯ ރަތްވުން ފަދަ އަލާމަތްތައްވެސް ހުރެއެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
29 ޖެނުއަރީ 2017

އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!

29 ޖެނުއަރީ 2017
އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
24 ޖެނުއަރީ 2017

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު