Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މުދައްރިސުންނަށް ލައިސަންސް ދިނުމުގެ ގަވާއިދު

މިހާރު ހިދުމަތުގައި ތިއްބެވި މުދައްރިސުންގެ އަތުން ލައިސަންސް ފީއެއް ނުނަގާނެ: އެޑިއުކޭޝަން މިނިސްޓްރީ

ލައިސަންސް ދޫކުރާނީ އެކަމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީގައި ގާއިމްކުރާ ޓީޗަރސް ރަޖިސްޓްރޭޝަން ބޯޑުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 26 ޖުލައި 2023 | ބުދަ 12:51
މަޑަވެލި ސްކޫލުގައި ޓީޗަރު ކިޔަވައިދެއްވަނީ

މަޑަވެލި ސްކޫލުގައި ޓީޗަރު ކިޔަވައިދެއްވަނީ

މުދައްރިސުން ރަޖިސްޓްރީކޮށް، ލައިސަންސް ދިނުމުގެ ގަވާއިދެއް އެކުލަވާލާފައިވާއިރު, މިހާރު ހިދުމަތުގައި ތިއްބެވި މުދައްރިސުންގެ އަތުން ލައިސަންސް ފީ ނުނަގާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މުދައްރިސުން ރަޖިސްޓްރީކޮށް، ލައިސަންސް ދިނުމުގެ ގަވާއިދެއް އެކުލަވާލުމަށްފަހު އަންގާރަ ދުވަހު ވަނީ އާންމުކޮށްފައެވެ. މި ގަވާއިދަކީ، ރާއްޖޭގައި ހިންގާ ސްކޫލްތަކާއި އަދި ކިޔަވައިދޭ އެހެނިހެން ތަންތަނުގައި މަސައްކަތްކުރާ މުދައްރިސުން ރަޖިސްޓްރީކުރުމާއި، މުދައްރިސުންނަށް ލައިސަންސް ދިނުމާއި އަދި އެއާގުޅޭ ކަންކަން ބަޔާންކުރުމަށްޓަކައި، އޮގަސްޓު 2021ގައި އަމަލުކުރަން ފެށި ތައުލީމުގެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދެކެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާގޮތުގައި މި ގަވާއިދުގެ މަގުސަދަކީ، ރާއްޖޭގައި ކިޔަވައިދޭ މުދައްރިސުންނަކީ ގާބިލު، އެކަށީގެންވާ ބައެއްކަމަށް ކަށަވަރުކުރުމާއި، މުދައްރިސުންނަށް ލައިސަންސް ދިނުމަށް ކަނޑައަޅާފައިވާ އުސޫލުތަކަށް ފެތޭ ބައެއްކަމަށް ކަށަވަރުކުރުމެވެ.

Advertisement - newsAdvertisement

ރާއްޖޭގައި ކިޔަވައިދޭ ސްކޫލްތަކާއި އަދި އެހެނިހެން ތަންތަނުގައި މަސައްކަތްކުރާ މުދައްރިސުން ރަޖިސްޓްރީކުރުމާއި، މުދައްރިސުންނަށް ލައިސަންސް ދިނުމާގުޅޭ އިޖުރާއަތުތައް ބަޔާންކުރުމާއި، މުދައްރިސެއްގެ ގޮތުގައި ރަޖިސްޓްރީވެ، ލައިސަންސް ލިބުން ލާޒިމްވާ ފަރާތްތަކާއި، އެކަމުން އިސްތިސްނާވާ ފަރާތްތައް ބަޔާންކުރުމަކީވެސް މި ގަވާއިދުގެ މަގުސަދެކެވެ.

މި ގަވާއިދުގެ ދަށުން މުދައްރިސުންނަށް ލައިސަންސް ދޫކުރާނީ އެކަމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީގައި ގާއިމްކުރާ ޓީޗަރސް ރަޖިސްޓްރޭޝަން ބޯޑުންނެވެ. އެ ބޯޑުން ތިން ބާވަތެއްގެ ލައިސަންސް ދޫކުރާނެއެވެ. އެއީ ޓީޗިންގ ލައިސަންސާއި ސްކޫލް ލީޑަރޝިޕް ލައިސަންސާއި ސްކޫލް ޕްރޮފެޝަންސްގެ ލައިސަންސެވެ.

މި ގަވާއިދުގައި ވާގޮތުން، (ބިދޭސީ މުދައްރިސުންވެސް ހިމެނޭހެން) މުދައްރިސުންގެ އިތުރުން ޓިއުޝަން ދޭ ފަރާތްތަކާއި ޓިއުޓަރުންވެސް މި ލައިސަންސް ނަގަންޖެހެއެވެ. މި ލައިސަންސް ދޫކުރެވޭނީ 5 ރޭންކަކަށް ބަހާލައިގެންނެވެ. އެއީ؛ ޓީޗަރ، ގްރެޖުއޭޓް ޓީޗަރ، ޕްރޮފިޝަން ޓީޗަރ، އެކޮމްޕްލިޝްޑް ޓީޗަރ އަދި ޑިސްޓިންގްއިޝް ޓީޗަރގެ ރޭންކެވެ.

މުދައްރިސުންގެ ލައިސަންސް ހޯދުމަށްޓަކައި ފީތަކެއްވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، ލައިސަންސް ދޫކުރުމާއި، ލައިސަންސްގެ ރޭންކު ބަދަލުކުރުމަށް ކަނޑައަޅާފައިވަނީ 400 ރުފިޔާގެ ފީއެކެވެ. އަދި ކިޔަވައިދިނުމުގެ ވަގުތީ ލައިސަންސާއި، ޕްރޮވިޝަނަލް ޓީޗިންގ ލައިސަންސް ދޫކުރުމަށްޓަކައި 200 ރުފިޔާގެ ފީއެއް ވަނީ ކަނޑައަޅާފައެވެ.

މި ގަވާއިދުގެ ދަށުން، ލައިސަންސްގެ މުއްދަތު ހަމަވުމުން ލައިސަންސް އައު ކުރުމާއި، ބޯޑަށް ބޭނުންވާނެ ހުރިހާ ލިޔެކިޔުމަކާއި މައުލޫމާތު ހުށަހެޅުމާއި، ދަރިވަރުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ކަށަވަރުކުރުން ފަދަ ކަންކަމަކީ މުދައްރިސުންގެ ބޮލުގައި އެޅޭ ޒިންމާތަކެވެ.

މި ގަވާއިދަށް އަންގާރަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާފައިވާއިރު، ގަވާއިދަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ޚިދުމަތުގައި ތިބި މުދައްރިސުން، ބޯޑުން އަންގާ ގޮތެއްގެ މަތިން ރަޖިސްޓްރީވެ، ލައިސަންސް ހޯދަން ޖެހޭނެ ކަމަށް ވަނީ ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓެކްސްގެ ނަމުގައި މި ސަރުކަރުން އަންނަނީ ރައްޔިތުންގެ އަތުން ފޭރެމުން: އީސަ

ޓެކްސްގެ ނަމުގައި މި ސަރުކަރުން އަންނަނީ ރައްޔިތުންގެ އަތުން ފޭރެމުން: އީސަ

15 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު

އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު

11 ފެބުރުއަރީ 2017
އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ

އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ

06 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު