Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގައުމުގައި ހަމަޖެހުން ގާއިމްކުރުން

މި ސަރުކާރުން އެންމެ އިސްކަމެއްދޭ ކަމަކީ ގައުމުގައި ހަމަޖެހުން ގާއިމުކުރުން: ނައިބު ރައީސް

ގައުމަށް ކޮންމެ ފަރުދަކުވެސް ކުޑަނަމަވެސް ޚިދުމަތެއް ކޮށްދިނުމަކީ އުފަލެއްކަމުގައި ހަދަންޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 26 ޖުލައި 2023 | ބުދަ 10:36
ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަފުޅު ދައްކަވަނީ

ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަފުޅު ދައްކަވަނީ

މި ސަރުކާރުން އެންމެ އިސްކަމެއްދޭ ކަމަކީ ގައުމުގައި ހަމަޖެހުން ގާއިމުކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް އައްޑޫސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބުދަ ދުވަހު ހެނދުނު އައްޑޫ ހައި ސްކޫލުގެ ހޯލުގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސްގެ ވާހަކަފުޅު ފަށްޓަވަމުން އެމަނިކުފާނު ވަނީ މިނިވަން ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އައްޑޫ ސިޓީއާ ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ފޮނުއްވާފައެވެ.

މިނިވަން ދުވަހުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ ރާއްޖެއަށް މިނިވަންކަން ހޯދައިދެއްވި ގައުމީ އަބުޠާލުން އެކުރެއްވި މަތިވެރި ޖިހާދުގެ ހަނދާން އައުކޮށް އެ ބޭފުޅުންގެ ޒިކުރާ އައުކުރަންޖެހޭކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން އެމަނިކުފާނުގެ ވާހަކަފުޅުގައި މި ސަރުކާރުން އެންމެ އިސްކަމެއްދޭ ކަމަކީ ގައުމުގައި ހަމަޖެހުން ގާއިމުކުރުންކަން ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ގައުމަށްޓަކައި ކޮންމެ ފަރުދަކުވެސް ކުޑަނަމަވެސް ޚިދުމަތެއް ކޮށްދިނުމަކީ އުފަލެއްކަމުގައި ހަދަންޖެހޭ ކަމަށެވެ.

އައްޑޫ ސިޓީގެ ތަރައްގީއަށް ކުރެވޭ އެކި މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން އެމަނިކުފާނު ވަނީ ސަރުކާރުން މިހާރު އައްޑޫ ސިޓީގެ ތަރައްގީއަށް ކުރިޔަށްގެންދާ މަޝްރޫއުތަކާއެކު އައްޑޫސިޓީއަށް އިންގިލާބީ ބަދަލެއް ގެނެވޭނެކަމުގައި ވިދާޅުވެފައެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ގައުމުގެ ތަރައްގީ ހާސިލުކުރުމުގައި ޒުވާނުން އެކުވެރިކަމާއި އެއްބައިވަންތަކަމާއެކު މަސައްކަތްކޮށްދެއްވުމަށާއި އަދި ކިޔަވާކުދިން މަސައްކަތްތެރިބަޔަކަށްވެ ކޮންމެ ރޮނގަކުންވެސް ގައުމަށް ޚިދުމަތްކުރާ ބަޔަކަށް ވުމަށް އެދިވަޑައިގެންނެވިއެވެ.

މި ޖަލްސާއަށް ފަހު ނައިބު ރައީސް ވަނީ އައްޑޫ ހައި ސްކޫލުގައި އައްޑޫ ސިޓީގެ ސްކޫލްތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ. އެގޮތުން ސްކޫލުތަކުގެ ފަރާތުން ވަނީ ސްކޫލުތަކަށް ބޭނުންވާ މަރާމާތުގެ ކަންކަމާއި އިންސާނީ ވަސީލަތްފަދަ ސްކޫލުތަކަށް ބޭނުންވާ މުހިންމުކަންކަމާއި ސްކޫލުތަކަށް ކުރިމަތިވާ ދަތި މައްސަލަތައް ނައިބު ރައީސްއާ ހިއްސާ ކުރައްވާފައެވެ. ނައިބު ރައީސް ވަނީ އެކަންކަމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި މަޝްވަރާކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
20 ޖެނުއަރީ 2017

ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

20 ޖެނުއަރީ 2017
ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު