Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާޅޮހު ބަނދަރު

އޮގަސްޓު މަހުގައި މަސައްކަތް ފަށާ 18 މަސް ދުވަސްތެރޭގައި މާޅޮހު ބަނދަރު އެއްކޮށް ނިންމާނަން - އާޒިމް

26 ޖުލައި 2023 | ބުދަ 03:50

ބަނދަރުގެ ބޮޑު ބައެއް ވަނީ ހަލާކުވެ ބޭނުން ނުކުރެވޭވަރުވެފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 26 ޖުލައި 2023 | ބުދަ 03:50
މާޅޮހު ބަނދަރު ކައިރިން އެއްގަމުން ވެލިދަމައިގެން ގޮސްފައި

މާޅޮހު ބަނދަރު ކައިރިން އެއްގަމުން ވެލިދަމައިގެން ގޮސްފައި

އޮގަސްޓު މަހުގައި މަސައްކަތް ފަށާ، އިތުރު ބަދަލެއް ނާންނަ ނަމަ 18 މަސް ދުވަސްތެރޭގައި ބ. މާޅޮހު ބަނދަރު އެއްކޮށް ނިންމާލެވޭނެކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މާޅޮހުގެ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މާޗް މަހުގައެވެ. ބަނދަރުގެ މަސައްކަތް ފެށުމުގެ ކުރިން އެތަނުގެ ހާލަތު ބަލާލުމަށް މާޅޮހަށް ވަޑައިގެން މީޑިއާއާއި ބައްދަލުކުރައްވާ އާޒިމް ވިދާޅުވީ ބ. މާޅޮހު ބަނދަރަކީ ވަރަށް ހާލުގައި އޮތް ބަނދަރެއް ކަމަށެވެ. ރަށު ރައްޔިތުން ވެސް މި މަސައްކަތް ވަރަށް އަވަހަށް ފަށަން ބޭނުންވެފައިވާކަން އެނގިގެންދިޔަ ކަމަށާއި، ކައުންސިލާއި ވާހަކަ ދެއްކުމުންވެސް ފާހަގަވެގެން ދިޔައީ، ވަރަށް އަވަހަށް މަސައްކަތް ފަށަން ޖެހޭނެކަން ކަމަށެވެ.

Advertisement - newsAdvertisement

އާޒިމް ވިދާޅުވީ މި މަސައްކަތް މިހާރުވަނީ ހަވާލުކުރެވި ކޮންޓްރެކްޓުގައި ސޮއިކުރެވިފައި ކަމަށެވެ. އަދި މިހާރު ކުރެވެމުންދަނީ އީއައިއޭގެ މަސައްކަތް ކަމަށާއި، އީއައިއޭގެ މަސައްކަތް އޮގަސްޓް މަސް ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. އަދި އާންމު އުސޫލެއްގެ ދަށުން އީއައިއޭ ނިމޭތާ ދެހަފްތާ ތެރޭގައި އެތަނަކަށް މޮބިލައިޒްވާނެ ކަމަށާއި، ނަމަވެސް މާޅޮހުގެ ހާލަތު ފެނި އެއަށްވުރެ އަވަސްކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އީއައިއޭ ހަދާނަމަ މަދުވެގެން 3 މަސް ދުވަސް ނަގާ ކަމަށެވެ. އީއައިއޭގެ މަސައްކަތް ނިމުމާއެކު ހަފްތާއެއްގެ ތެރޭގައި މާޅޮހަށް މޮބިލައިޒް ކުރާނެކަމަށެވެ. އަދި ބަނދަރާއެކު މުޅި ރަށް ހިމާޔަތްކުރުމުގެ މަސައްކަތް ވެސް ޕްރޮޖެކްޓް ތެރޭގައި ހިމަނާފައިވާތީ، ބަނދަރު އީއައިއޭއާއި ޕްރޮޓެކްޝަން އީއައިއޭ ހަދަން ޖެހޭ ކަމަށެވެ. އަދި އޮގަސްޓްމަހުގެ ތެރޭގައި އައިސް އިތުރު ބަދަލެއް ނާންނަ ނަމަ، 18 މަސް ދުވަހުގެ ތެރޭގައި ބަނދަރުގެ މަސައްކަތް ނިންމާ، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް 8 މަސް ތެރޭގައި ނިންމަން ޓާގެޓްކޮށްފައިވާ ކަމަށެވެ.

މާޅޮހު ކައުންސިލްގެ ނާއިބް ރައީސް އަހުމަދު ފިރާގު ވިދާޅުވީ ބަނދަރު ހަލާކުވެފައި އޮންނަތާ 2 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. އަދި ބަނދަރުގެ 2 ދިމާލަކުން ތޮށިގަނޑު ވެއްޓިފައިވާ ކަމަށާއި، އެއް ދިމާލުން ގިރާލާފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން މުދާ ކައިރިކުރުމަށް އުޅަނދުތައް ކައިރި ނުކުރެވޭ ކަމަށާއި، ޖާގައިގެ ދަތިތަކަން ވަރަށް ބޮޑަށް ދިމާވާ ކަމަށެވެ.

މާޅޮހު ބަނދަރު މަރާމާތުކޮށް ބޮޑުކުރުމުގެ މަޝްރޫއުގެ ދަށުން 700 ފޫޓްގެ ދިގު ބަނދަރެއް ތަރައްޤީކުރާނެއެވެ. އަދި ބަނދަރު ހިމެނޭ ސަރަހައްދުގައި ޕޭވްމަންޓް ހަދައި، ނެރުބައްތިއާއި ބަނދަރު ބައްތި ޖަހާ ބޭރު ތޮއްޓެއް ލުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތައް 69.47 މިލިއަން ރުފިޔާއަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް