Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއާރްއެމް

އެމްއާރްއެމުން ރިޔާސީ ޕްރައިމަރީއަށް ހުޅުވާލައިފި

26 ޖުލައި 2023 | ބުދަ 00:30

ޖުލައި 27 ވަނަ ދުވަހުގެ ހަވީރު 16:00 އާ ހަމައަށް ފޯމްތައް ހުށަހެޅޭނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 26 ޖުލައި 2023 | ބުދަ 00:30
އެމްއެމްއާރްއެމް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

އެމްއެމްއާރްއެމް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެޕާޓީން ކުރި އިއުލާނެއްގައި ބުނީ އެމްއާރްއެމްގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ މެންބަރުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ޖުލައި 27 ވަނަ ދުވަހުގެ ހަވީރު 16:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ސުންގަޑި ހަމަވުމަށް ފަހު ކުރިމަތިލާ ކެންޑިޑޭޓުންގެ ނަން އިއުލާންކޮށް، ވޯޓުލާން ހަމަޖެހިފައިވަނީ އަންނަ މަހުގެ އެކެއްގައެވެ. އެމްއާރްއެމުން ބުނީ، ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ދާނީ އޮންލައިންކޮށް ކަމަށެވެ.

Advertisement - newsAdvertisement

އެމްއާރްއެމުން ރިޔާސީ ޕްރައިމަރީއަށް ހުޅުވާލާފައިވާއިރު 2023ގެ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވަން އެމްއާރުއެމްގެ ރައީސް އަޙްމަދު ފާރިސް މަޢުމޫން ނިންމަވާފައިވާ ކަމަށާއި އެކަމާމެދު ރަސްމީކޮށް ގޮތެއް ނިންމާނީ އެކްސްކޯ އިން ކަމަށް ވެސް އެޕާޓީން ވަނީ ބުނެފައެވެ.

އީސީން ވަނީ ޖޫން މަހުގެ ނިޔަލަށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ތިބި މެންބަރުންގެ އަދަދު ހާމަކޮށްފައެވެ. މި ދަފްތަރުގައިވާގޮތުން ޖޫންމަހުގެ ނިޔަލަށް އެމްއާރްއެމްގައި ތިބީ 2،892 މެންބަރުންނެވެ. އެމްއާރްއެމްއަކީ މިވަގުތު އޮތް ސިޔާސީ ޕާޓީތަކުގެ ތެރެއިން 3،000 މެންބަރުން ހަމަނުވާ ހަމައެކަނި ޕާޓީއެވެ.

އެމްއާރުއެމަށް 3،000 މެންބަރުން ހަމަނުވުމުގެ މައްސަލައާ ކުރިމަތިވެފައިވާއިރު އެ އަދަދު ހަމަނުވާކަން ބަޔާންކޮށް އީސީ އިން ވަނީ އެމްއާރުއެމް އުވާލުމަށް ވެސް ނިންމާފައެވެ. ނަމަވެސް އެމްއާރްއެމުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން އެ ޕާޓީ އުވާލުމުގެ އެއްވެސް ކަމެއް ނުކުރަން އީސީގެ މައްޗަށް އަމުރުކޮށްފައިވެއެވެ.

ނަމަވެސް އީސީން އާންމުކުރި މައުލޫމާތުގައި އެމްއާރްއެމްގެ ގިނަ މެންބަރުން އުނިކޮށްފައިވާކަމަށް ވެސް އެޕާޓީން ވަނީ ތުހުމަތުކޮށްފައެވެ.

އެމްއާރްއެމްއިން ނެރުނު ބަޔާނެއްގައި ބުނީ އެ ޕާޓީއާ ގުޅޭގޮތުން އީސީން އެކި ފަހަރުމަތިން ސައްހަ ނޫން މައުލޫމާތު އާންމުކުރަމުންދާތީ ކަންބޮޑުވާކަމަށެވެ. މިގޮތުން އީސީން އެންމެ ފަހުން އާންމުކުރި މައުލޫމާތުގައިވެސް އެ ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުން އުނިކޮށްފައިވާކަމަށް އެމްއާރްއެމްއިން ބުނެފައިވެއެވެ.

އަދި ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ބާއްވާ އީސީގެ ބައްދަލުވުންތަކުގައި އެމްއާރުއެމްއަށް ފުރުސަތު ނުދޭތީ އެ ޕާޓީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް