Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިމްކާޑު ދޫކުރުމާބެހޭ ގަވާއިދު

ދޫކުރާ ސިމް ކާޑު ލިމިޓްކޮށް، ބޮޑެތި ޖޫރިމަނާ އަދަދުތަކެއް ކަނޑައަޅައިފި

އަމިއްލަ ފަރުދުންނަށް ނަންބަރު ދޫކުރަންވާނީ އުމުރުން 18 އަހަރު ފުރިހަމަވެފައިވާ ފަރާތްތަކަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 25 ޖުލައި 2023 | އަންގާރަ 12:29
ސިމް ކާޑު

ސިމް ކާޑު

ދިވެހި ރައްޔިތެއްނަމަ ދޫކުރެވޭނީ 10 ނަންބަރު ކަމަށާއި، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާއި ޓޫރިސްޓުންނަށް ދޫކުރެވޭނީ 3 ނަންބަރު ކަމަށް ކަނޑައަޅައި، މޯބައިލް ފޯނުގެ ޚިދުމަތް ހޯދުމަށް ބޭނުންކުރާ ފޯނު ނަންބަރު ދޫކުރުމާއި ނަންބަރު ބޭނުންކުރުމާބެހޭ ގަވާއިދު ގެޒެޓްކޮށްފިއެވެ.

މި ގަވާއިދުގެ މަގުސަދަކ،ީ ދިވެހިރާއްޖޭގައި މޯބައިލް ފޯނުގެ ޚިދުމަތް ހޯދުމަށް ބޭނުންކުރާ ފޯނު ނަންބަރު ދޫކުރުމާއި ނަންބަރު ބޭނުންކުރުމުގެ އުސޫލުތައް ކަނޑައަޅައ،ި އެ ކަންކަން ބަޔާންކުރުމެވެ. މިގަވާއިދުގެ ދަށުން، ދިވެހިރާއްޖޭގައި މޯބައިލް ފޯނު ނަންބަރު ބޭނުންކުރުމަށް ސަބްސްކްރައިބަރ އައިޑެންޓިފިކޭޝަން މޮޑިއުލް (ސިމްކާޑު) ދޫކުރެވޭނ،ީ އޮތޯރިޓީން މޯބައިލް ޓެލެކޮމިއުނިކޭޝަން ސަރވިސް ޕްރޮވައިޑަރ ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކަށާއި އެ ފަރާތްތަކުގެ އޭޖެންޓުންނަށެވެ.

މޯބައިލް ފޯނު ޚިދުމަތް ދިނުމުގައި އަމިއްލަ ފަރުދުންނަށް ނަންބަރު ދޫކުރަންވާނީ އުމުރުން 18 އަހަރު ފުރިހަމަވެފައިވާ ފަރާތްތަކަށެވެ. ސިމްކާޑު ރަޖިސްޓްރީކުރުމަށް ހުށަހަޅާއިރު، ދިވެހި ރައްޔިތެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ގައުމީ ޑިޖިޓަލް އައިޑެންޓިޓީ އެއް ހުށަހަޅަންޖެހޭނެއެވެ. އަދި ރާއްޖޭގައި އުޅޭ ބިދޭސީއެއްނަމަ ޕާސްޕޯޓު ނުވަތަ ވަރކް ޕަރމިޓް ހުށަހަޅަންޖެހޭނެއެވެ. ޓޫރިސްޓެއްނަމަ ޕާސްޕޯޓް ހުށަހަޅަންޖެހޭނެއެވެ.

މިގަވާއިދުގައި ބަޔާންކޮށްފައިވާ އަދަދަށްވުރެ އިތުރަށް އެއްވެސް ފަރާތަކުން ނަންބަރު ބޭނުންވާނަމަ، މަގުބޫލު ސަބަބެއް ބަޔާންކޮށް އެ ފަރާތަކުން ކޮމިޔުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްއަށް ހުށަހެޅުމުން އެކަމަށް ހުއްދަ ދިނުމުގެ އިޚުތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

މޯބައިލް ނަންބަރު ބޭނުންކޮށްގެން ކުރާ ހުރިހާ މުއާމަލާތަކަށް ޖަވާބުދާރީވާންޖެހޭނީ އެ ނަންބަރު ރަޖިސްޓްރީކޮށްފައިވާ ފަރާތުންނެވެ.

ގަވާއިދުގައި ބުނެފައިވަނީ ގަވާއިދުގައިވާ އެއްވެސް މާއްދާއަކާ ޚިލާފުކަމެއް ސަރވިސް ޕްރޮވައިޑަރު ނުވަތަ ސަރވިސް ޕްރޮވައިޑަރުގެ އެޖެންޓަކު ކޮށްދިނަމަ، އެފަރާތަކާމެދު ފިޔަވަޅު އެޅުމުގެ އިޚުތިޔާރު އޮތޯރިޓީއަށް ލިބިގެންވާކަމަށެވެ.

އެގޮތުން، ގަވާއިދާ ޚިލާފުވާކަމަށް ކަނޑައަޅާ ފުރަތަމަ ފަހަރު، އެ ކަމެއް ރަނގަޅުކުރުމަށް އެކަށީގެންވާ މުއްދަތެއް ދީފައި އެކަން އަންގަންޖެހެއެވެ. ގަވާއިދާ ޚިލާފުވާކަމަށް ކަނޑައަޅާ ދެވަނަ ފަހަރު އެ ކަމެއް ރަނގަޅުކުރުމަށް އަންގައި، ދިހަހާސް ރުފިޔާއިން ޖޫރިމަނާކުރަންޖެހޭނެއެވެ. ގަވާއިދާ ޚިލާފުވާކަމަށް ކަނޑައަޅާ ތިންވަނަ ފަހަރު އެކަމެއް ރަގަޅުކުރުމަށް އަންގައި، ވިހިހާސް ރުފިޔާއިން ޖޫރިމަނާކުރަންޖެހޭނެއެވެ.

ގަވާއިދާ ޚިލާފުވާކަމަށް ކަނޑައަޅާ ހަތަރުވަނަ ފަހަރު ނުވަތަ އެއަށްވުރެ އިތުރަށް ގަވާއިދާ ޚިލާފުވާކަމަށް ކަނޑައަޅާ ކޮންމެ ފަހަރަކު ފަންސާސް ހާސް ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު، ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ގާނޫނުގެ 9 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅަންޖެހޭނެއެވެ.

މި ގަވާއިދަށް އަމަލުކުރަން ފަށާނ،ީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިއުކުރާ ތާރީޚުން ފެށިގެން އެއް މަސްދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.

މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، މީގެ ކުރިން ދޫކޮށްފައިވާ މޯބައިލް ފޯނު ނަންބަރުތައް ބޭނުންކުރުމުގައި ވެސް ހިނގާނ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކެވެ. މި ގަވާއިދުގައި ބަޔާންކޮށްފައިވާ އަދަދަށްވުރެ އިތުރަށް ނަންބަރު ބޭނުންކުރާ ފަރާތްތަކުން ގަވާއިދަށް އަމަލުކުރަން ފަށާތާ ތިން މަސްދުވަހުގެ ތެރޭގައި ގަވާއިދާ އެއްގޮތަށް ނަންބަރުގެ އަދަދު އިޚުތިޔާރުކޮށް، އިތުރުވާ ނަންބަރުގެ ޚިދުމަތް ކަނޑައިލުމަށް ސަރވިސް ޕްރޮވައިޑަރަށް ހުށަހަޅަންޖެހެއެވެ. މިމުއްދަތުގައި އެގޮތަށް އަމަލުކޮށްފައި ނުވާ ފަރާތްތަކުގެ ނަންބަރުތައް މި މުހުލަތު ނިމޭތާ ތިން މަސްދުވަހުގެ ތެރޭގައި ސަރވިސް ޕްރޮވައިޑަރަށް ފެންނަ ގޮތެއްގެ މަތީން، މި ގަވާއިދުގައި ކަނޑައަޅައިފައިވާ އަދަދަށް މަދުކޮށް، އިތުރުވާ ނަންބަރުތަކުގެ ޚިދުމަތް ކަނޑައިލަންޖެހޭނެއެވެ.

އިތުރަށް ކިޔާލަން

21 މާރިޗު 2017

ގާސިމްގެ އަތުން ފަޅުރަށެއް އަތުލީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި

21 މާރިޗު 2017
ގާސިމްގެ އަތުން ފަޅުރަށެއް އަތުލީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި
20 މާރިޗު 2017

ގާސިމްގެ ވާހަކަފުޅަށް މަރުޙަބާ، އެކަކު އަނެކެއްގެ ކިބައި ހިތްވަރު ލިބި ކާމިޔާބު ހޯދާނަން: ނަޝީދު

20 މާރިޗު 2017
ގާސިމްގެ ވާހަކަފުޅަށް މަރުޙަބާ، އެކަކު އަނެކެއްގެ ކިބައި ހިތްވަރު ލިބި ކާމިޔާބު ހޯދާނަން: ނަޝީދު
20 މާރިޗު 2017

2018 ގެ ރިޔާސީ ވޯޓްގައި ގާސިމްގެ ނަން އޮންނާނެ: އަބްދުﷲ ރިޔާޒު

20 މާރިޗު 2017
2018 ގެ ރިޔާސީ ވޯޓްގައި ގާސިމްގެ ނަން އޮންނާނެ: އަބްދުﷲ ރިޔާޒު
20 މާރިޗު 2017

މެމްބަރުން އެނބުރި ވަޑައިގެންފި ނަމަ ގައުމުގެ ހުރިހާ ކަމެއް އެއްފަހަރާ ހަމަޖެހޭނެ: ގާސިމް

20 މާރިޗު 2017
މެމްބަރުން އެނބުރި ވަޑައިގެންފި ނަމަ ގައުމުގެ ހުރިހާ ކަމެއް އެއްފަހަރާ ހަމަޖެހޭނެ: ގާސިމް
13 މާރިޗު 2017

އެއްމަސްދުވަހުގެ ކާޑު ގަންނާނެ ވަރުވެސް ދައުލަތުގެ ޚަޒާނާއަކު ނެތް:އަމީރު

13 މާރިޗު 2017
އެއްމަސްދުވަހުގެ ކާޑު ގަންނާނެ ވަރުވެސް ދައުލަތުގެ ޚަޒާނާއަކު ނެތް:އަމީރު
01 މާރިޗު 2017

މިނިސްޓަރ އާސިމް ޖެނީވާއަށް ކުރެއްވި ދަތުރުފުޅަށްފަހު މާލެ ވަޑައިގެންފި

01 މާރިޗު 2017
މިނިސްޓަރ އާސިމް ޖެނީވާއަށް ކުރެއްވި ދަތުރުފުޅަށްފަހު މާލެ ވަޑައިގެންފި
21 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި

21 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި
21 ފެބުރުއަރީ 2017

އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

21 ފެބުރުއަރީ 2017
އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު