Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަޔާން މިއުނިކް

ކިމިކް ބުނަނީ އޭނާ ހުންނާނީ ބަޔާންގައި ކަމަށް!

އޭނާއާ ގުޅުވައި މީޑިއާތަކުގައި ދެކެވެމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށް ވެސް ކިމިކް ވަނީ ބުނެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 ޖުލައި 2023 | ބުދަ 02:26
ބަޔާނަށް ކުޅެމުން އަންނަ ޖަރުމަނުގެ ޔޯޝުއާ ކިމިކް

ބަޔާނަށް ކުޅެމުން އަންނަ ޖަރުމަނުގެ ޔޯޝުއާ ކިމިކް

އެހެން ކުލަބަކަށް ބަދަލުވުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށާއި، ހުންނަން ބޭނުންވަނީ ބަޔާން މިއުނިކުގައި ކަމަށް އެ ޓީމަށް ކުޅެމުން އަންނަ ޖަރުމަނުގެ ޑިފެންސިވް މިޑްފީލްޑަރު ޔޯޝުއާ ކިމިކް ބުނެފި އެވެ.

ކިމިކް މިހެން ބުނީ އޭނާގެ މުސްތަޤުބަލާ ގުޅިވައިގެން ޖަރުމަނުގެ މީޑިއާތަކުގެ އިތުރުން އެހެނިހެން މީޑިއާތަކުގައި އެކި ގޮތްގޮތަށް ވާހަކަ ދެކެވެމުން އައި ވަގުތެއްގަ އެވެ. އެގޮތުން ސްޕެއިންގެ ބާސެލޯނާ އަށް ބަދަލުވުމަށް އޭނާ ވިސްނަމުން އައި ކަމަށް ވަނީ ބުނެފަ އެވެ. ނަމަވެސް ކިމިކް ބުނެފައި ވަނީ، ބަޔާންގައި އޭނާ ހުންނާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ. އޭނާއާ ގުޅުވައި މީޑިއާ ތަކުގައި ދެކެވެމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށް ވެސް ކިމިކް ވަނީ ބުނެފަ އެވެ. އިތުރަށް އޭނާ ބުނީ، އަންނަ ސީޒަނުގައި ކުޅޭނީ ވެސް ބަޔާނަށް ކަމަށާއި، އޭނާގެ ވިސްނުމަކަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ.

ބަޔާންގައި ޖަރުމަނު ލީގު އަދި ޔޫރަޕުގައި ވެސް ފެންވަރު ރަނގަޅު މޮޅު ޓީމެއްކަން ފާހަގަކޮށް ކިމިކް ބުނީ، މިހާރު ބޭނުންވަނީ އަންނަ ސީޒަނުގައި ރަނގަޅު ކާމިޔާބީތަކެއް ހޯދުން ކަމަށެވެ. ނިމުނު ސީޒަނުގައި ބަޔާނަށް އެންމެ އެކަށީގެންވާ ފެންވަރުގެ ނަތީޖާއެއް ނުނެރެވުނު ނަމަވެސް، ކުރިއަށް އޮތް ސީޒަނުގައި އެކަން ބަދަލު ކުރެވޭނެ ކަމަށް އޭނާ ޤަބޫލު ކުރެ އެވެ. ކިމިކް ބުނީ ޓީމުގެ ކުޅުންތެރިންނާއި ކޯޗިން އޮފިޝަލުން ވެސް މަސައްކަތް ކުރަނީ ޓީމަށް ރަނގަޅު ނަތީޖާއެއް ހޯދައިދިނުމަށް ކަމަށާއި، އެހެންކަމުން އެ އުންމީދުތައް ހާސިލް ކުރަން ބޭނުންވާ ކަމަށެވެ.

އާރްބީ ލައިޕްޒިގް ދޫކޮށް ކިމިކް ބަޔާނަށް ބަދަލުވީ 2015 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ މިހާތަނަށް އެ ކުލަބުގައި ހޭދަ ކުރި އަށް އަހަރުގެ ތެރޭގައި 347 މެޗު ކުޅެދީ، 40 ލަނޑު ޖަހައިފަ އެވެ. ބަޔާނާއެކު އޭނާ ވަނީ 20 ތައްޓެއް ކާމިޔާބުކޮށްފަ އެވެ. ބަޔާނާއެކު ކިމިކް މިހާރު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2021

ޕޮލިހާއި ފެނަކަވެސް ބުނަނީ ވަރުގަދަ ރައްދެއްދީ ތަށި ނަގާނެ ކަމަށް

25 ޑިސެމްބަރު 2021
ޕޮލިހާއި ފެނަކަވެސް ބުނަނީ ވަރުގަދަ ރައްދެއްދީ ތަށި ނަގާނެ ކަމަށް
12 ޖެނުއަރީ 2019

ބައިނަލްއަގުވާމީ ފުޓުބޯޅައިގެ ގަވައިދުތަކަށް މަހުލޫފް މިހާރު ހުންނާނީ ރޯ ފިލާފަ: ބައްސާމް

12 ޖެނުއަރީ 2019
ބައިނަލްއަގުވާމީ ފުޓުބޯޅައިގެ ގަވައިދުތަކަށް މަހުލޫފް މިހާރު ހުންނާނީ ރޯ ފިލާފަ: ބައްސާމް
07 އޮކްޓޯބަރު 2018

ވިކްޓަރީގެ ކޯޗަކަށް ދެން ހުންނާނީ ނަޒީހު

07 އޮކްޓޯބަރު 2018
ވިކްޓަރީގެ ކޯޗަކަށް ދެން ހުންނާނީ ނަޒީހު
24 ޖުލައި 2018

ފުރަތަމަ ސީޒަނާ މެދު ވަރަށް ހިތްހަމަޖެހޭ، ބަޔާންގައި މަޑުކުރަން ބޭނުން: ހަމޭސް

24 ޖުލައި 2018
ފުރަތަމަ ސީޒަނާ މެދު ވަރަށް ހިތްހަމަޖެހޭ، ބަޔާންގައި މަޑުކުރަން ބޭނުން: ހަމޭސް
04 ޖުލައި 2018

ވާރލްޑް ކަޕްއިން ކެޓި ނަމަވެސް ޖަރުމަނުގެ ކޯޗަކަށް ދެންވެސް ހުންނާނީ ލޯ

04 ޖުލައި 2018
ވާރލްޑް ކަޕްއިން ކެޓި ނަމަވެސް ޖަރުމަނުގެ ކޯޗަކަށް ދެންވެސް ހުންނާނީ ލޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު