Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ދިވެހި ފުލުހުންގެ ޚިދުމަތް

ޓެކްނޮލޮޖީގެ ދާއިރާއިން ފުލުހުން ހޯދާފައިވާ ކުރިއެރުންތައް ދައްކުވައިދޭ ސެންޓަރެއް ހުޅުވައިފި

އާޓިފިޝަލް އިންޓެލިޖެންސް އަދި މެޝިން ލަރނިންގ ގާބިލިއްޔަތުތައް ބޭނުންކޮށްގެން، ދިވެހި މުޖުތަމައަކީ ކުށްމަދު މުޖުތަމައަކަށް ހެދުމަށް ބޭނުންކުރެވޭނޭ ވަސީލަތްތައް ދައްކުވައިދޭނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 25 ޖުލައި 2023 | އަންގާރަ 02:05
ސެންޓަރ އޮފް އެކްސަލެންސް ފޮރ ޕަބްލިކް ސޭފްޓީ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ސެންޓަރ އޮފް އެކްސަލެންސް ފޮރ ޕަބްލިކް ސޭފްޓީ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ދިވެހި މުޖުތަމައުގެ އަމަންއަމާންކަން ކަށަވަރުކުރުމާއި ގާނޫނު ތަންފީޒު ކުރުމަށްޓަކައި ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހި ފުލުހުންގެ ޚިދުމަތުން ހޯދާފައިވާ ކުރިއެރުންތައް ދައްކުވައިދޭ "ސެންޓަރ އޮފް އެކްސަލެންސް ފޮރ ޕަބްލިކް ސޭފްޓީ" ހުޅުވައިފިއެވެ.

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގައި މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، މި ސެންޓަރ ހުޅުއްވައިދެއްވީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ހެޑް އޮފް ސައިބަރ ސެކިއުރިޓީ ކައުންސިލް ޑރ. މުޙައްމަދު އަލް ކުވައިތީ އާއި މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އަދި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއެވެ.

Advertisement - newsAdvertisement

ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ހެޑް އޮފް ސައިބަރ ސެކިއުރިޓީ ކައުންސިލް ޑރ. މުޙައްމަދު އަލް ކުވައިތީ ވިދާޅުވީ ސެންޓަރ އޮފް އެކްސަލެންސް ފޮރ ޕަބްލިކް ސޭފްޓީއަކީ ދެ ގައުމުގެ މެދުގައިއޮތް ގާތްގުޅުން ރަމްޒުކޮށްދޭ ތަނެއްކަމަށާއި، އެ ސެންޓަރުގެ ސަބަބުން މުޖުތަމައުގެ ސަލަމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އިތުރަށް މަގުފަހިވެގެން ދިއުމުގެ އިތުރުން، އިޖުތިމާއީ އަދި އިގްތިޞާދީ ރޮނގުންވެސް ކުރިއެރުންތައް ލިބިގެންދާނެކަމަށެވެ. އަދި މި އިނޮވޭޓިވް ޓެކްނޮލޮޖީގެ ސަބަބުން ރާއްޖޭގެ އެކި ދާއިރާތަކުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން އިތުރަށް ހަރުދަނާކުރެވިގެން ދާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ މިފަދަ މަސައްކަތްތަކުން ހާސިލުކުރަން ބޭނުންވާ އެންމެ މުހިންމު ކަމަކީ ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން އެންމެ އަމާން، ރައްކާތެރި ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއްކަމަށް ވެގެން ދިޔުންކަމަށެވެ. އަދި މި އަމާޒު ހާސިލުކުރެވޭނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރެވިގެންކަމަށާއި ބަވަނަވެފައިވާ މުޖުތަމައެއްގައި ޓެކްނޮލޮޖީގެ އީޖާދުތައް ބޭނުންކުރުމަކީ ހަމައެކަނި އިސްތިރާޖީ އުކުޅެއް ނޫންކަމަށާއި އެއީ ފުލުހުން ފޯރުކޮށްދޭ ޚިދުމަތްތައް ރައްޔިތުންނަށް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމުގެ ޒިންމާގެ ތެރެއިން ހިމެނިގެންދާކަމެއްކަމުގައި ދެކިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ބަވަނަވެފައިވާ ދުނިޔެ އެއްގައި އެކަށީގެންވާ އަވަސް މިނެއްގައި ރައްޔިތުންނަށް ބޭނުންވާ ޚިދުމަތް، އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމުގައި ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުމަކީ ހައްސާސްކަމަކަށްވާއިރު، ގާނޫނު ތަންފީޒުކުރުމުގައި އިސް ދައުރެއް އަދާކުރާ އިދާރާއެއްގެ ހައިސިއްޔަތުން، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާނޭ ވަސީލަތްތަކާއި ގާބިލިއްޔަތުކަން އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް އެ ސެންޓަރާއެކު ފަށާފައިވާ ކަމަށެވެ. އެގޮތުން އެ ސެންޓަރަކީ އެ މަސައްކަތައް މިހާރު ލިބިފައިވާ ކުރިއެރުންތައް ދައްކުވައިދިނުމަށް ގާއިމުކޮށްފައިވާ ސެންޓަރެއްކަން ފާހަގަކުރިއެވެ.

ސެންޓަރ އޮފް އެކްސަލެންސް ފޮރ ޕަބްލިކް ސޭފްޓީގައި ގާއިމުކޮށްފައިވާ އެކި ޕްލެޓްފޯމްތަކަކީ އާޓިފިޝަލް އިންޓެލިޖެންސް އަދި މެޝިން ލަރނިންގ ގާބިލިއްޔަތުތައް ބޭނުންކޮށްގެން، ދިވެހި މުޖުތަމައަކީ ކުށްމަދު މުޖުތަމައަކަށް ހެދުމަށް ބޭނުންކުރެވޭނޭ ވަސީލަތްތައް ދައްކުވައިދޭނެ ޕްލެޓްފޯމްތަކެކެވެ. އެގޮތުން، ކުށުގެ މާހައުލު ދިރާސާކުރުމާއި، އެފަދަ މާހައުލުތަކުގައި ހިނގާ ކުށްތަކާއި ސެކިއުރިޓީ ރިސްކުތައް އެނަލިޓިކަލް ޓޫލްތަކުގެ އެހީގައި ދުރާލައި ދެނެގަތުމާއި، ތަހުގީގީ ގާބިލިއްޔަތުކަން އިތުރުކޮށްދިނުމުގެ އިތުރުން ސައިބަރ ތްރެޓްތައް ދެނެގަނެ، އެފަދަ ކުށްތައް ހުއްޓުވުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން ބޭނުންކުރާނޭ ބައެއް ވަސީލަތްތައް އެ ސެންޓަރުން ފެންނާނެއެވެ.

ސެންޓަރ އޮފް އެކްސަލެންސް ފޮރ ޕަބްލިކް ސޭފްޓީ ވުޖޫދުކުރުމުގައި ދިވެހި ފުލުހުންގެ ޚިދުމަތަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ކުންފުންޏެއްކަމަށްވާ "ޕްރީސައިޓް" އިން ކަމަށް އެ އިދާރާއިން ބުނެއެވެ. އެ ކުންފުންޏަކީ އާޓިފިޝަލް އިންޓެލިޖެންސް އަދި ބިގް ޑާޓާ އެނަލިޓިކްސްގެ ދާއިރާގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވާ ކުންފުންޏެއް ކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު