Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަރުގެ ޙުކުމް

ކުޑަކުދިންގެ އަދުލުގެ ޤާނޫނު އައުމުން މަރުގެ ޙުކުމުން ސަލާމަތްވިޔަސް، ބަންދުން މިނިވަނެއް ނުވި

އޭނާގެ މައްޗަށް ޖުވެނައިލް ކޯޓުން 2012 ވަނަ އަހަރު ހުށައެޅި ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 24 ޖުލައި 2023 | ހޯމަ 08:10
ކްރިމިނަލް ކޯޓު

ކްރިމިނަލް ކޯޓު

ކުޑަކުދިންގެ އަދުލުގެ ޤާނޫނު އައުމުން ސ މަރަދޫ ކުރުދުމާގޭ އަލީ އަތޫފް މަރުގެ ޙުކުމުން ސަލާމަތްވިޔަސް، އޭނާ ބަންދުކޮށްފައި ހުރީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައެޅޭނެ ތަނެއް ނެތްކަމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

މި މައްސަލައަކީ ސ މަރަދޫ ކުރުދުމާގޭ އަލީ އަތޫފްގެ ފަރާތުން "ހެބިއަސް ކޯޕަސް" އަމުރަކަށް އެދި ކްރިމިނަލް ކޯޓަށް ހުށައެޅި މައްސަލައެކެވެ.

Advertisement - newsAdvertisement

އޭނާގެ މައްޗަށް ޖުވެނައިލް ކޯޓުން 2012 ވަނަ އަހަރު ހުށައެޅި ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވެ، ޤިސާސް ހިފުމަށް ވަނީ ޙުކުމްކޮށްފައެވެ. އެ ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުންވެސް ވަނީ ތާއީދުކޮށްފައެވެ.

މި ޙުކުމް ނިހާއީ ކުރުމަށްޓަކައި ދައުލަތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށައަޅާފައިވަނިކޮށް، ކުޑަކުދިންގެ އަދުލުގެ ޤާނޫނަށް ވަނީ އަމަލުކުރަން ފަށާފައެވެ.

އެ ޤާނޫނުގެ ދަށުން، ކުޑަކުއްޖަކު ކޮށްފައިވާ ކުށެއްގެ އަދަބެއްގެ ގޮތުން މަރުގެ އަދަބު ނުދެވޭނެތީ، ދައުލަތުން އެދިގެން ސުޕްރީމް ކޯޓަށް ހުށައެޅި ދައުވާ ފޯމު ބާތިލުކުރިއެވެ.

ކުޑަކުދިންގެ އަދުލުގެ ޤާނޫނުގައި ބުނެފައިވަނީ އުމުރުން 18 އަހަރު ފުރުމުގެ ކުރިން ކުއްޖަކު ކޮށްފައިވާ ކުށަކާއި ގުޅިގެން އެ ކުއްޖާއަށް 18 އަހަރު ފުރުމުންވެސް މަރުގެ އަދަބު ނުދެވޭނެ ކަމަށެވެ.

ދައުލަތުން ބުނާ ގޮތުގައި މައްސަލަ އަނބުރާ ގެންދިޔައީ ކުޑަކުދިންގެ އަދުލުގެ ޤާނޫނުގެ ދަށުން ނެރޭ ރިހެބިލިޓޭޝަން އަމުރު ނެރުމަށެވެ. ސަބަބަކީ ޤާނޫނަށް އަމަލުކުރަން ފަށާއިރު ޙުކުމް ތަންފީޒު ކުރުމުގެ ގޮތުން ބަންދުގައި ހުރި ކުއްޖެއްނަމަވެސް، އެ ކުއްޖެއްގެ މައްޗަށް ރިހެބިލިޓޭޝަން އަމުރެއް ނެރެވިދާނެކަމަށް އެ ޤާނޫނުގައި ބަޔާންކުރާތީއެވެ.  

ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ބުނެފައިވަނީ ޖުވެނައިލް ކޯޓުން އޭނާގެ މައްޗަށް އިއްވި ޙުކުމާއި، އެއަށް ތާއީދުކޮށް ހައިކޯޓުން އިއްވި ޙުކުމް އަދިވެސް ދިރި އެބައޮތް ކަމަށާއި، ނަމަވެސް އެ ޙުކުމުގައި އޮތް އަދަބު މިހާރު ޖުވެނައިލް ކޯޓުގެ ރިހެބިލިޓޭޝަން އަމުރުގެ ދަށުން ބަދަލު ކުރެވިފައިވާ ކަމަށެވެ.

އަދި އޭނާ ބަންދުގައި ހުރީ އެ ހުރީ ރިހެބިލިޓޭޝަން އަމުރު ތަންފީޒު ކުރުމަށްކަމަށް ދައުލަތުންނާއި ކަރެކްޝަނަލް ސަރވިސްއިންވެސް ބުނެއެވެ.

މި މައްސަލައިގައި ރައުޔު ތަފާތުވީ ކްރިމިނަލް ކޯޓުގެ އިސްގާޒީ އާދަމް މުޙައްމަދުއެވެ. އެގޮތުން އިސްގާޒީ އާދަމް މުޙައްމަދު ވިދާޅުވީ، އަލީ އަތޫފް ބަންދުކޮށްފައި ހުރީ ހައިކޯޓުގެ ޙުކުމުގެ ބާރުގެ ދަށުންކަމަށްވާނަމަ، އެ ޙުކުމުގެ ދަށުން އޭނާ ބަންދުގައި ހޭދަކުރަންޖެހޭ މުއްދަތެއްވެސް ނޭނގޭ ކަމަށާއި، ހަގީގީ "ވާނުވާ" ބަންދަކީ އެއީ ކަމަށެވެ.

ހަމައެއާއެކު، އަލީ އަތޫފް ބަންދުގައި ހުރީ ރިހެބިލިޓޭޝަން އަމުރުގެ ދަށުންކަމަށް ބަލާއިރު، އެ އަމުރަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމަކާއި ފުށުއަރާ އަމުރެއްކަމަށް އިސްގާޒީ ވިދާޅުވެއެވެ.

ވުމާއެކު، އޭނާ ވަގުތުން ވަގުތަށް މިނިވަން ކުރަންޖެހޭކަމަށް ދެކިލައްވާކަމަށް އިސްގާޒީގެ ރައުޔުގައި ވިދާޅުވިއެވެ.

އެހެންނަމަވެސް، ދެން ތިއްބެވި ދެ ގާޒީންގެ ރައުޔު އެކަމުގައި ތަފާތެވެ.

ގާޒީ އިބްރާހިމް ޛިހުނީއާއި، ގާޒީ އިސްމާއިލް ޝަފީއުގެ ރައުޔުގައި ވިދާޅުވެފައިވަނީ، ކުޑަކުދިންގެ އަދުލުގެ ޤާނޫނަށް އަމަލުކުރަން ފަށާއިރު ޙުކުމް ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ބާވަތެއްގެ ބަންދެއްގައި ކުއްޖަކު ހުރިނަމަ، އެ ކުދިންނާމެދު އަމަލުކުރަންވީ ގޮތް އެ ޤާނޫނާއި، ކުޑަކުދިންގެ ޖިނާއީ މައްސަލަތައް ބެލުމުގައި ޖުވެނައިލް ކޯޓުން އަމަލުުކުރާނެ ގޮތުގެ ޤަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އެގޮތުން ބަލާއިރު، އެ ޙާލަތުގައި ޙުކުމް ތަންފީޒު ކުރުމުގެ ބަދަލުގައި ޙުކުމުގެ ބާކީ އޮތް ބައި ކުޑަކުދިންގެ މަރުކަޒެއްގައި ނުވަތަ ޕްރޮބޭޝަންގައި ފުރިހަމަކުރާ ގޮތަށް ބަދަލު ކުރެވިދާނެކަމަށް ގާޒީން ވިދާޅުވިއެވެ.

އޭގެ އިތުރުން، ޖުވެނައިލް ކޯޓުން ނެރެފައިވާ ރިހެބިލިޓޭޝަން އަމުރުގައި އޭނާގެ މައްޗަށް ކަނޑައެޅުނު މަރުގެ އަދަބު ޖަލު އަދަބަކަށް ބަދަލު ކުރުމުން އަދަބު ތަންފީޒުކޮށް ނިމޭނެ ތާރީޚާއި، އޭނާ ފުރިހަމަ ކުރަންޖެހޭ އިސްލާޙީ ޕްރޮގްރާމާއި، އެ ޕްރޮގްރާމް ފުރިހަމަ ކުރަން ޖެހޭ ތަނާއި މުއްދަތު ސާފުކޮށް ބަޔާންކޮށްފައިވާކަމަށްވެސް ވިދާޅުވިއެވެ.

ވުމާއެކު، އޭނާ އެގޮތުގެ މަތިން ބަންދުކޮށްފައި ހުރީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައެޅޭނެ ތަނެއް ނެތްކަމަށް މި މައްސަލަ ބެއްލެވި ގާޒީންގެ އަޣުލަބިއްޔަތުން ވަނީ ޙުކުމް ކުރައްވާފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރައުދާގެ މަރުގެ ހަގީގަތް ހޯދުމަށް ފުރިހަމަ ތަހުގީގެއް ކުރަންޖެހޭ: ބަންގްލަދޭޝްގެ ކުރީގެ ރައީސް

ރައުދާގެ މަރުގެ ހަގީގަތް ހޯދުމަށް ފުރިހަމަ ތަހުގީގެއް ކުރަންޖެހޭ: ބަންގްލަދޭޝްގެ ކުރީގެ ރައީސް

03 އެޕްރީލު 2017
މެމްބަރު އިންތިއަށް މަރުގެ އިންޒާރުދިންތާ 15 ދުވަސް، އަދިވެސް މީހަކު ހައްޔަރެއް ނުކުރޭ!

މެމްބަރު އިންތިއަށް މަރުގެ އިންޒާރުދިންތާ 15 ދުވަސް، އަދިވެސް މީހަކު ހައްޔަރެއް ނުކުރޭ!

12 މާރިޗު 2017
އަބުރު ޤާނޫނުގެ ދަށުން ރާއްޖެޓީވީ ދެ ލައްކަ ރުފިޔާއިން، ނޫސްވެރިއަކު 50،000ރ. އިން ޖޫރިމަނާ ކުރަން ނިންމައިފި

އަބުރު ޤާނޫނުގެ ދަށުން ރާއްޖެޓީވީ ދެ ލައްކަ ރުފިޔާއިން، ނޫސްވެރިއަކު 50،000ރ. އިން ޖޫރިމަނާ ކުރަން ނިންމައިފި

07 މާރިޗު 2017
ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު

ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު

26 ފެބުރުއަރީ 2017
މެމްބަރު އިމްތިޔާޒަށް މަރުގެ އިންޒާރުދިން މައްސަލަ ބަލަނީ

މެމްބަރު އިމްތިޔާޒަށް މަރުގެ އިންޒާރުދިން މައްސަލަ ބަލަނީ

25 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު