Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޭޕީޕީޖީ ބައްދަލުވުން

ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތުގެ އޯލް ޕާޓީ ޕާލިމެންޓްރީ ގްރޫޕުން ބައްދަލުކޮށްފި!

މި ބައްދަލުވުމުގައި ސަފީރު އަހްމަދު ޝިނާނު ބައިވެރިވެފައިވޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 15 ޖުލައި 2017 | ހޮނިހިރު 12:35
އޭޕީޕީޖީ ބައްދަލުވުން

އޭޕީޕީޖީ ބައްދަލުވުން

ރާއްޖެއާއި އިނގިރޭސިވިލާތުގެ ޕާލިމެންޓް މެންބަރުންގެ އޯލް ޕާޓީ ޕާލިމެންްޓްރީ ގްރޫޕް (އޭޕީޕީޖީ) ބައްދަލުވުމެއް ބާއްވައިފި އެވެ.

މި ބައްދަލުވުމުގައި މި ގްރޫޕުގެ ބައެއް މަޤާމުތަކައް މީހުން ވަނީ އައްޔަނުކޮށްފަ އެވެ. އެގޮތުން މިގްރޫޕުގެ ދެ ވައިސް ޗެއަރ ވަނީ އިންތިހާބުކޮށްފަ އެވެ. މި ބައްދަލުވުމުގައި ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހްމަދު ޝިއާން ވަނީ ބައިވެރިވެފަ އެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.

Advertisement - newsAdvertisement

ސަފީރު ޝިއާންގެ ވާހަކައިގައިވަނީ މި ސަރުކާރުން މިހާތަނަށް ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރައްވާފަ އެވެ. އެގޮތުން 2016 ވަނަ އަހަރުގައި ހިންގުނު ބޮޑެތި އިންވެސްޓްމެންޓްތަކުގެ އިތުރަށް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖޭގައި ހިންގާ އިންވެސްޓްމެންޓްގެ އަދަދު 1.48 މިލިއަން ޑޮލަރަށް އަރައިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މި ސަރުކާރުން 64000 ވަޒީފާ އުފައްދާފައިވާ ކަން ފާހަގަކޮށް، ފިޗް އަދި މޫޑީސް އިން ރާއްޖެއަށް ލިބިފައިވާ ކްރެޑިޓް ރޭޓިންގ އަށް ލިބުނު ކުރިއެރުން ޝިއާން ފާހަގަކުރެއްވި އެވެ.

އެންމެފަހުން ފިޗް އިން ރާއްޖެއަށް ކްރެޑިޓް ރޭޓިންގް އަަކަށް ދީފައިވަނީ ބީ ޕްރަސް އެކެެވެ. މޫޑީސް އިން ދީފައިވަނީ ބީ ޓޫ އެވެ.

މީގެ އިތުރަށް ރާއްޖެއިން ފުރަތަމަ ފަހަރަށް ސޮވެރިން ބޮންޑު ވިއްކައިގެން ލިބުނު ކާމިޔާބީގެ އިތުރަށް ސިއްހީ ދާއިރާއިން ހޯދާފައިވާ ކުރިންެރުންތައް ޝިއާން ފާހަަގަކޮށްފައިވެ އެވެ.

ޝިއާންގެ ވާހަަކައިގައި ފެނައި ނަރުދަމާގެ ނިޒާމް ރަނގަޅު ކުރުމަށް އަތޮޅު ތެރޭގައި ހިންގޭ ގިނަ އަދަދެއްގެ ޕްރޮޖެކްޓްގެ ވާހަކަ ފާހަގަކޮށް، ރާއްޖޭގައި މީހުންގެ ދިރިއުޅޭ ހުރިހާ ރަށެއްގައި ފާމަސީތައް ގާއިމް ކުރެވުނު ކަން ފާހަަގަކުރެއްވި އެވެ.

އޭޕީޕީޖީގެ މެންބަރުން ވަނީ އެ ގްރޫޕުގެ މެންބަރުން ދވެހި ސަރުކާރަށް އަބަދުވެސް އެހީތެރިކަން ފޯރުކޮސްދޭނެ ކަމަށާއި ދިވެހި ރާއްޖެއާއި އިނގިރޭސިވިލާތައި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމާއި ގުޅޭ ގޮތުން ވާހަަކަދެއްކި އެވެ.

މި ގްރޫޕުގެ މެންބަރުން ވަނީ ރާއްޖޭގެ މަޖިލީހުގެ މެންބަރުންނަށް ރިޝުވަތުގެ ތުހުމަތުތަކެއް ކުރެވި ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އޭޕީޕީޖީ އަކީ ދެގައުމުގެ ޕާލިމެންޓްރީ ގްރޫޕުގެ މަސައްކަތްތައް ހަރުދަނާކޮށް، ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް އެކުލަވާލެވިފައިވާ ގްރޫޕެކެވެ.

ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގާ މައްސަލަތަކުގައި އިނގިރޭސިވިލާތުގެ އޭޕީޕީޖީން މީގެ ކުރިންވެސް ރާއްޖެއަށް ވަޑައިގެން ތަފާތު ރިޕޯޓްތައް ވަނީ ނެރެފަ އެވެ. އެގޮތުން ރައީސް މުހައްމަދު ނަޝީދު ހުންނަވާ ޖަލު ގޮޅީގެ ހާލަތު ދެނެގަތުމަށްފަހު، އެކަމަށް ރިޕޯޓެއް ނެރެފައިވާ އިރު ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ކުރިއަށް ނުގެންދާތީ އެކަމަށް ފާޑުކިޔާވެސް ވަނީ މިދިޔަ އަހަރުގެ ކުރީގައި ބަޔާނެއް ނެރެފަ އެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

20 ޖެނުއަރީ 2017
ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު