Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޑަވެއްޔާއި ހޯނޑެއްދޫ ގުޅާލުން

އަންނަ މާޗު މަހު މަޑަވެލި-ހޯނޑެއްދޫ ބްރިޖުން ދަތުރުކުރެވޭނެ: އާޒިމް

22 ޖުލައި 2023 | ހޮނިހިރު 05:13

މިއީ ގާތްގަނޑަކަށް 79 މިލިއަން ރުފިޔާގެ މަޝްރޫއެއް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 22 ޖުލައި 2023 | ހޮނިހިރު 05:13
މަޑަވެއްޔާއި ހޯނޑެއްދޫ ގުޅާލުމުގެ މަސައްކަތް ކުރިއަށްދަނީ

މަޑަވެއްޔާއި ހޯނޑެއްދޫ ގުޅާލުމުގެ މަސައްކަތް ކުރިއަށްދަނީ

ގދ. މަޑަވެއްޔާއި ހޯނޑެއްދޫ ގުޅާލުމަށް އަޅަމުން އަންނަ ބްރިޖުގެ މަސައްކަތް ނިމި، އަންނަ އަހަރުގެ މާޗު މަހު އެ ބްރިޖުން ދަތުުކުރަން ފެށޭނެ ކަމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ހުވަދު އަތޮޅުގައި އެމްޓީސީސީން ކުރިއަށްގެންދާ މަޝްރޫއުތައް ބައްލަވާލެއްވުމަށް ކުރެއްވި ދަތުރުފުޅުގައި ހޯނޑެއްދޫއަށް ވަޑައިގެން އާޒިމް ވިދާޅުވީ، މަޑަވެއްޔާއި ހޯނޑެއްދޫ ގުޅާލާ ބްރިޖުގެ މަސައްކަތަކީ ދެ ރަށުގެ ރައްޔިތުންނަށް ވެސް ވަރަށް މުހިންމު މަޝްރޫއެއް ކަމަށެވެ. މަޑަވެއްޔާއި ހޯނޑެއްދޫއަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައިގެ ސަބަބަކީ ކުރީ ސަރުކާރުން ދެ ރަށް ގުޅާލުމަށް އަޅާފައިވާ ވެލި ބެޑު ކަމަށާއި، އެ ވެލި ބެޑު ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. މި މަސައްކަތް އަންނަ ޑިސެމްބަރު މަހަށް ނިންމާލެވޭނެ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އާޒިމް ވިދާޅުވީ ވެލިބެޑު ނެގުމަށްފަހު އެއް ރަށުން އަނެއް ރަށަށް ދަތުރު ނުކުރެވޭގޮތް ހަދަން މަސައްކަތް ކުރާކަމަށް ބުނެ ވާހަކަތައް ދެކެވޭ ކަމަށާއި ނަމަވެސް އެއީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. ނަމަވެސް މުޅި މަޝްރޫއު ރާވާފައިވަނީ ދެ ރަށުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރެވޭނެ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ ގާތްގަނޑަކަށް 79 މިލިއަން ރުފިޔާގެ މަޝްރޫއެއްކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ބޭނުންފުޅުވަނީ ދެ ރަށަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ ހައްލުވެގެންދާގޮތަށް މަޝްރޫއު ކުރިއަށްގެންދިއުމަށް ކަމަށާއި، މަސައްކަތް އެއްކޮށް ނިމުމުން އެކަމަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން، އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް، މަޑަވެއްޔާއި ހޯނޑެއްދޫ ގުޅާލާ ބްރިޖުގެ މަސައްކަތް އެއްކޮށް ނިމޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މަޑަވެއްޔާއި ހޯނޑެއްދޫ ގުޅާލަނީ ދެ ރަށް ދޭތެރޭގައި އޮންނަ ފަޅުރަށާ އެކުގައެވެ. މިހާރު ކުރަމުން އަންނަނީ މަޑަވެއްޔާއި އެރަށް ގުޅާލުމުގެ މަސައްކަތެވެ. މި މަޝްރޫއުގެ މަސައްކަތް ނިމިގެންދާއިރު 1000 ފޫޓުގެ ބްރިޖަކުން ތިން ރަށް ގުޅާލާނެއެވެ.

މި ސަރުކާރުން ގަބޫލުކުރަނީ ކުރާ ކޮންމެ ކަމެއް ކުރަން ޖެހޭނީ ޒަމާނަށް ދެމިގެންދާގޮތަށް، ރައްޔިތުންނަށް ފައިދާވާގޮތަށްކަން ފާހަގަކުރައްވައި އާޒިމް ވަނީ ބްރިޖުގެ މަޝްރޫއު ވެސް ކުރިއަށްދަނީ އެގޮތަށް ކަމަށް ވިދާޅުވެފައެވެ.

މި މަޝްރޫއާ ގުޅޭގޮތުން ހޯނޑެއްދޫ ގުޅާލާ ކައުންސިލްގެ ރައީސް ހުސައިން ވާރިޝް ވިދާޅުވީ މި ބްރިޖުގެ ސަބަބުން ދެ ރަށުގެ މެދުގައި އިގްތިސާދީ ގުޅުން ގާއިމުވެގެންދާނެ ކަމަށެވެ. އަދި މިއީ ހޯނޑެއްދޫގައި މަސައްކަތްކުރާ މަޑަވެލީ ރައްޔިތުންނަށް ވެސް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޓީސީީސީން މަޑަވެއްޔާއި ހޯނޑެއްދޫ ގުޅާލާ ބްރިޖުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު، އެ ކުންފުނިން ދެ ރަށުގައި ހަރަކާތްތެރިވާއިރު، ކައުންސިލްތަކުން ބޭނުންވާ ކަންކަމުގެ ތެރެއިން ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރެވެން ހުންނަ ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް އާޒިމް ދެއްވިއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ޓްރާންސްޕޯޓްގެ ޗެއާމަނަކަށް މަހުދީ، ނާފިޒް އިކޮނޮމިކްގެ ނައިބަކަށް

01 ފެބުރުއަރީ 2017
ޓްރާންސްޕޯޓްގެ ޗެއާމަނަކަށް މަހުދީ، ނާފިޒް އިކޮނޮމިކްގެ ނައިބަކަށް
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް